22 އޮކްޓޯބަރ 2019
ކަރަންޓުގެ އަގު ބޮޑުވުމަކީ ކަންބޮޑުވާ ކަމަކަށްވާތީ ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ކަރަންޓުގެ އަގު ބޮޑުވުމަކީ ކަންބޮޑުވާ ކަމަކަށްވާތީ ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ ތަރައްގީއަށާއި ދިވެހިންގެ ދިރިއުޅުމުގެ ފަސޭހަތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިއުމާއި ކަރަންޓުގެ އަގު ބޮޑުކަމުން ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
ކަރަންޓުގެ އަގު، ރައްޔިތުންނަށް އުފުލޭނެ މިންވަރެއްގައި ދެމެހެއްޓުމަކީ ބޮޑު ގޮންޖެހުމަކަށްވީ އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓު އުފެއްދުމުގެ އަގު ބޮޑު ކުރަން ޖެހުމާއި އެކަމުގެ ސަބަބުން ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ގަރާރުގައިވެ އެވެ. އެހެންވެ، މި މައްސަލަ ހައްލުކުރަން އެކަށީގެންވާ ރަނގަޅު ފިޔަވަޅެއް އަޅަން ގޮވާލާފައިވެ އެވެ.
ގަރާރުގައި އެދުނު ކަންކަމުގެ ތެރޭގައި ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ހިއްސާ ވެގެން އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުން ކުރިއެރުވުމުގެ ގޮތުން ހާއްސަ ފަންޑެއް އުފައްދަން ގޮވާލި އެވެ. އަދި ޑީސަލް އާއި ޑީސަލް އިން އުފައްދާ ކަރަންޓަށް ދޭ ސަބްސިޑީ އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމަށް އަނބުރާލައި މި ފައިސާ މީހުން އުޅޭ ރަށްރަށުގެ ގޭގެއާއި ވިޔަފާރި ކުރާ ތަންތަނުގައި ސޯލާ ޕީވީ ސިސްޓަމްތައް ހަރު ކުރުމަށް ބޭނުންވާ ލޯނު ހެދުމުގައި ލުއި ގޮތްތަކެއް ހޯދުމަށް ބޭނުން ކުރުމަށް ގަރާރުގައި އެދިފައިވެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ކުންފުނިތަކާއި ލޯކަލް ކައުންސިލްތަކާއި އާންމު ފަރާތްތައް ގުޅިގެން ގައުމީ ފެންވަރުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމު ކުރުމުގެ ގައުމީ ފެންވަރުގެ މަޝްރޫއެއް ހިންގުމަށް ވެސް ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
އިއާދަ ކުރަނިވި ހަކަތަ އުފައްދާ ބޭނުންކުރުމަށް ރާއްޖޭގައި ހުރި ހުރަސްތައް ނައްތާލުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރަން ވެސް ގަރާރުގައި އެދުނެވެ.
މީގެއިތުރުން އެނާޖީ އެފިޝަންސީ މަސައްކަތްތަކާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއާއި ހަކަތައިގެ ގަވަނަންސް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓް ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުން އަވަސް ކުރުމަށާއި އެނާޖީ އެފިޝަންސީ މިންގަނޑުތައް އެކުލަވާލަން ގަރާރުގައިވެ އެވެ.
އެނާޖީ އެފިޝަންސީ މިންގަނޑުތަކަށް ފެތޭ ތަކެތިން ޑިއުޓީ މާފު ކުރުން ނުވަތަ ކުޑަ ކުރުމަށާއި، އެ މިންގަނޑުތަކަށް ނުފެތޭ ސާމާނުގެ ތެރެއިން ކޮންމެހެން އެތެރެ ކުރަން ޖެހޭ އެއްޗެހި ފިޔަވައި އެ ނޫން އެއްޗެހި ރާއްޖެއަށް އެތެރެ ކުރުން މަނާކުރަން ވެސް ގަރާރުގައިވެ އެވެ.
ގަރާރުގައި ވަނީ ހަކަތައިގެ ގަވަނަންސް ހަރުދަނާކޮށް އިސްރާފު ކުޑަކޮށް ރައްޔިތުންނަށް މިހާރަށްވުރެ ގާތުން ހަކަތައިގެ ހިދުމަތްތައް ދިނުމުގެ ގޮތުން ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެ އާއި ދެކުނުގައި ހިދުމަތް ދެވޭ ގޮތަށް ހަކަތައިގެ ހިދުމަތްތައް ދޭ ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަށް ގޮވާލައިފަ އެވެ.
އެމްޑީޕީން ކަރަންޓާ ގުޅޭ ވެރިންނާ ބައްދަލުކޮށްފި
ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި
ބިލް ނުދެއްކުނަސް، ފެނާއި ކަރަންޓް ނުކަނޑަން އެދެނީ
ކަރަންޓްގެ މައްްސަލާގައި އޮފިޝަލުން ކޮމެޓީއަށް ގެންދަނީ
ކޮމިޓީއަށް ތޯރިގާއި ކުންފުނިތަކުން ހާޒިރެއް ނުވި
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
މަޖިލީހުން ކަރަންޓު ކެނޑުމުން ޖަލްސާ ނިންމާލައިފި
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ