Roadha Mihaaru
މަޖިލީހުން ކަރަންޓު ކެނޑުމުން ޖަލްސާ ނިންމާލައިފި

މަޖިލީހުން ކަރަންޓު ކެނޑުމުން ޖަލްސާ ނިންމާލައިފި

17 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ދިއުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ދިއުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް މިއަދު 1:20 ހާއިރު މަޖިލީހުގެ އިދާރާ އިން ވަނީ ކަރަންޓު ކެނޑިފަ އެވެ. ކަރަންޓު ކެނޑުމުން ލައިވް ފީޑް ކެނޑި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ފަހުން އަލުން ކަރަންޓު ލިބުނީ ބެކަޕް ޖަނަރޭޓަރެއް ބޭނުން ކޮށްގެންނެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ޖެނަރޭޓަރުން ކަރަންޓު ލިބިފައި ވަނީ މަޖިލީހުގެ ޗެމްބަރަށް އެކަނި ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ފަންގްޝަންތަކެއް އެބަހުރި އަދި ސްޓްރީމް ވެސް ކުރެވެމުން ދަނީ. އެހެން ނަމަވެސް ބެކަޕް ޖެނަރޭޓަރުގައި އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ކިހާ ވަގުތަކަށް ކަމެއް ނޭނގޭ. އެހެންވެ އަޅުގަނޑު ގަސްތު ކުރަނީ މިއަދުގެ ޖަލްސާ ނިންމާލަން،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީތައް ބާއްވާ ކޮޓަރިތަކުން ވެސް ކަރަންޓް ކެނޑިގެން މަސައްކަތް ހުއްޓާލާފައިވާ އިރު، މިއަދު 2:00 ގައި ހިއުމަން ރައިޓްސް އެންޑް ޖެނަޑާ ކޮމިޓީގައި ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރަން އޮތީ އެޖެންޑާ ކޮށްފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތަށް ގަވައިދު ކޮމެޓީ ވެސް އޮތީ އެޖެންޑާ ކޮށްފަ އެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު، ކަރަންޓު ކެނޑުނުއިރު ކަރަންޓުގެ މައްސަލަތަކާ ބެހޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ވެސް ކުރި އެވެ.