06 އޮކްޓޯބަރ 2022
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކަރަންޓު ބިލުތަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އެބަހުރި ކަމަށާއި އެ ބިލުތައް އަވަހަށް ނުދައްކައިފި ނަމަ ހިދުމަތް ކަނޑާލާނެ ކަމުގެ އެންމެފަހުގެ އިންޒާރު ސްޓެލްކޯއިން ދީފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކަރަންޓު ބިލުތަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އެބަހުރި ކަމަށާއި އެ ބިލުތައް އަވަހަށް ނުދައްކައިފި ނަމަ ހިދުމަތް ކަނޑާލާނެ ކަމުގެ އެންމެފަހުގެ އިންޒާރު ސްޓެލްކޯއިން ދީފި އެވެ.
ރައްޔިތުން މަޖިލީހުގެ ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމެޓީގައި މިދިޔަ އަންގާރަ ދުވަހު ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ޕީއެސްއެމް އަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ކަރަންޓު ބިލަށް އެންމެ ގިނައިން ފައިސާ ނުދައްކާ އޮތް ކުންފުނި ކަމަށެވެ.
ޕީއެސްއެމުން ދައްކަން ޖެހޭ ކަރަންޓު ބިލުތަކުގެ ޖުމްލަ އަދަދު 80.9 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުދައްކާ ހުރި ބައެއް ބިލުތަކުގެ ޖުމުލަ އަދަދެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ޕީއެސްއެމުން ކަރަންޓުގެ ހިދުމަތް ކަނޑާލުމުގެ މަސައްކަތް ކުރައްވަމުން ދާ ކަމަށާއި އެކަން މިހާރު ފިނޭންސް މިނިސްޓްރީއާ ވެސް މިހާރު ހިއްސާކުރައްވާފައިވާ ކަމަށެވެ. އެކަމަކު އެކަން ފިނޭންސް މިނިސްޓްރީ އަށް އެންގުމަކީ އުސޫލެއްގެ ގޮތުން ސްޓެލްކޯ އިން ކުރަން ޖެހޭ ކަމެއް ނޫނެވެ. ބިލު ނުދައްކާ ނަމަ ކަރަންޓު ކަނޑާލުމަކީ އެ ކުންފުންޏަށް ލިބިގެންވާ ހައްގެކެވެ.
ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނުން ދެމުން އަންނަ ކަރަންޓުގެ ހިދުމަތަށް ބިލުކުރުމުގައި މާލެ އާއި ރަށްތަކުގެ ރޭޓްތައް ހަމަހަމަކުރުމަށް ގޮވާލާ ގަރާރާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، މަޖިލީހުގެ ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް
"ސަރުކާރުގެ އެކި ތަންތަނުގެ ކަރަންޓް ބިލުތަކުން ސްޓެލްކޯ އަށް 499 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި.... އެއީ ސްޓެލްކޯގެ ހިދުމަތްތައް ފުޅާކުރުމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް،" ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް ދިން މައުލޫމާތުގައިވާ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ކަރަންޓް ބިލުތައް ދެއްކުމަށް އެ ކުންފުންޏަށް އިހުތިޔާރު ދިން ނަމަވެސް، އެ އެއްބަސްވުމަށް ވެސް އިހުތިރާމުނުކޮށް، އެ ކުންފުނިން ބިލުތައް ދައްކާފައެއް ނުވެ އެވެ.
އެހެންވެ، އެ ބިލުތަކަށް ވާ ފައިސާ ހޯދުމަށް މިދިޔަ އަހަރު ފެބްރުއަރީ 2ގައި ސްޓެލްކޯ އިން ފިނޭންސް މިނިސްޓްރީ އަށް ސިޓީއެއް ވެސް ފޮނުވި އެވެ. އޭގެ ފަހުން، އެ އަހަރު އޮކްޓޯބަރު 4ގައި ކަރަންޓު ބިލުތައް ދެއްކުމަށް ފިނޭންސް މިނިސްޓްރީން ޕީއެސްއެމް އަށް 12 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ނަމަވެސް އެ 12 މިލިއަން ރުފިޔާގެ ތެރެއިން ޕީއެސްއެމުން ސްޓެލްކޯ އަށް ދައްކާފައި ވަނީ އަށް މިލިއަން ރުފިޔާ އެވެ. ބާކީ އޮތް 4 މިލިއަން ރުފިޔާ މިދިޔަ މަހުގެ ނިޔަލަށް ވެސް ދައްކައިފައެއް ނުވެ އެވެ.
ޕީއެސްއެމްއާ ގުޅޭ 100 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލާގައި އެ ކުންފުނީގެ ބޯޑު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކުންފުނީގެ ޗެއާމަން އިބްރާހިމް ހިލްމީ (ވ-2) އާއި މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު (ކ-2) އަދި ބޯޑުގެ އެހެން ބައެއް މެމްބަރުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕީއެސްއެމަށް ތުހުމަތުވާ 100 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން، އެ ކުންފުނީގެ ބޯޑު ޖަވާބުދާރީކުރުވުމަށް އިއްޔެ ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވި ގޮތުގައި، ކަރަންޓް ބިލުތައް ނުދެއްކިފައި ވަނީ ނެޓްވޯކް ހިންގުމުގެ މަސައްކަތަށް ކުރަން ޖެހޭ ހަރަދު ބޮޑުވެގެން ކަމަށެވެ.
"ކަރަންޓު ބިލުގެ ވާހަކަދައްކާއިރު ޕީއެސްއެމްގައި މި ހިނގަނީ ވަރަށް އަގުބޮޑު އޮޕަރޭޝަންތަކެއް. އޭގެ ތެެރެއިން ގާނޫނުގެ ތެރޭގައި ލިޔެފައި އޮވޭ މި އޮޕަރޭޝަންތައް ހިންގަން ދައުލަތުން ފައިސާ ދޭންވާނެ، އެއީ ރޭޑިއޯ ޗެނަލްއަކާއި ޓީވީ ޗެނަލެއް ހިންގަން،" އޭނާ ވިދާޅުވި އެވެ.
"[ޕީއެސްއެމްގެ ނެޓްވޯކް ހިންގަން] 26 ތަނެއްގައި ރާއްޖޭގައި ޓްރާސްމީޓަރުތައް ހުރޭ. އެ ތަންތަނުގައި ވެސް ޓާރްސްމީޓަރު މައްސަލަ ޖެހިދާނެތީ މީހުން ބަހައްތަން ޖެހޭ، މަރާމާތުކުރަން ވެސް ހަރަދު ހިންގާ."
ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ރަނގަޅު ކުރަން ތިލަފުށީގައި ހެދި ތަނުގެ ކަރަންޓް ބިލަށް އެކަނި ވެސް މަހަކު 126،000ރ. އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުންފުނީގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ ޕްރޮގްރާމުތައް ހެދުމަށް ނޫން ކަމަށާއި، ބޮޑު ހަރަދު ހިންގަނީ ނެޓްވޯކް ހިންގުމަށް ކަމަށެވެ.
އަލީ ހާލިދު ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުވާން އޮތީ އެ ކުންފުނިން ހިލޭ ސާބަހަށް އިވެންޓުތައް ކަވަރު ކޮށްދިނުން ހުއްޓާލައި، ވިޔަފާރީގެ އުސޫލުން އެކަން ކުރެވޭނެ ގޮތް ހަދައިގެންނެވެ. މިހާރު ވެސް އެ ކުންފުނިން ގިނަ ހިދުމަތް ދެނީ އަގު ނުނަގާ ކަމަށެވެ.
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
ޕީއެސްއެމް އިން 80 މިލިއަން ނުދައްކާ އެބައޮތް:ޝަރީފު
މަޖިލީހުން ކަރަންޓު ކެނޑުމުން ޖަލްސާ ނިންމާލައިފި
2018އިން ފެށިގެން ޕީއެސްއެމުން ކަރަންޓުބިލް ނުދައްކާ
ފްލެޓް ރޭޓުން ކަރަންޓު ބިލް 30-50 ޕަސެންޓު ކުޑަވޭ
މިމަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް
މަގު ކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ކޯޓުން ބަލައިނުގަތް
ބިލް ނުދައްކައިގެން ސަލްޓަންޕާކުން ކަރަންޓު ކަނޑާލައިފި
24 ގަޑިއިރު ކަރަންޓް ދެވެނީ ސަބްސިޑީ ދޭތީ: ޝަރީފު
ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި