03 މެއި 2020
ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދުމުގެ ގޮތުން ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓްގައި ހަށިގަނޑު ޑިސްއިންފެކްޓްކުރާ މެޝިނެއް ބަހައްޓައި އެ ޓެސްޓްކުރަން ފަށައި އެވެ.
ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދުމުގެ ގޮތުން ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓްގައި ހަށިގަނޑު ޑިސްއިންފެކްޓްކުރާ މެޝިނެއް ބަހައްޓައި އެ ޓެސްޓްކުރަން ފަށައި އެވެ.
"ކްލީން ޓެކް" ގެ ދީފައިވާ މެޝިން ބޫތުގެ ތެރެއަށް ވަދެ ސާޅީހަކަށް ސިކުންތަށް މަޑުކޮށްލުމުން ލައިގެން ހުންނަ އަންނައުނާ އެކު މުޅި ހަށިގަނޑުގެ ބޭރުފުށް، ގައިގެ ހަމާ އެކު ޑިސްއިންފެކްޓްކޮށްދޭނެ އެވެ. އޭގެ ތެރެއަށް ވަނުމުގެ ކުރިން މީހާގެ ފިނިހޫނުމިން ޗެކްކުރާނެ އެވެ. އަދި ބޫތުގެ ތެރޭގައި ހޭދަކުރާ ވަގުތުކޮޅުގެ ތެރޭގައި މީހާ އެއްކޮށް ޑިސްއިންފެކްޓްކޮށް، ސެނިޓައިޒްކޮށްލާނެ އެވެ. ނަތީޖާ އަކީ ހަންގަނޑާއި ލައިގެން ހުންނަ އަންނައުނު ވައިރަހުން ސާފުކޮށްދިނުމެވެ.
މިއީ އެއާޕޯޓެއްގައި މިފަދަ މެޝިނެއް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރެވެ.
މެޝިނާ ބެހޭ ގޮތުން ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖްމަންޓުން ބުނީ "ކްލީން ޓެކް" ތައްޔާރުކޮށްފައި ވަނީ އެތެރޭގައި އެންޓި-މައިކޮރޮބައިލް ކޯޓިންއަކާއި އެޑްވާންސް ފޮޓޯކެޓަލިސްޓްގެ އިތުރުން "ނެނޯ-ނީޑްލްސް" ބޭނުންކޮށްގެން ކަމަށްވާތީ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަށިގަނޑުގެ ބޭރުފުށް އެއްކޮށް، ވައިރަހުން ރައްކާތެރިކޮށްދޭނެ އެއްޗެއް ކަމަށެވެ.
މި ވަގުތު މެޝިން ބޭނުންކުރަނީ އެއާޕޯޓްގެ މުވައްޒަފުންނެވެ. ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި އެ އެއާޕޯޓްގެ އާންމު ތަންތަނާއި ދަތުރުފަތުރުކުރާ މީހުން ބޭނުންކުރާ ހުރިހާ ތަނެއްގައި އޮޕަރޭޓްކުރަން ފަށާނެ އެވެ.
"އަހަރެމެން އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ މުވައްޒަފުންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް. އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި ހިންކޮންގް އިންޓަނެޝަނަލް އެއާޕޯޓްގެ ހުރިހާ ތަނެއްގައި އަހަރެމެން ކްލީން ޓެކް ބޫތު ބޭނުންކުރާނަން." އެއާޕޯޓްގެ ސާވިސް ޑެލިވަރީ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ސްޓީވެން ޔިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓްގެ ސާފުތާހިރުކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިހާރު އަންނަނީ ކްލީނިން ރޮބޮޓްތަކެއް ވެސް ބޭނުންކުރަމުންނެވެ.
"އޭގެ މާނަ އަކީ ކުރިއަށް ވުރެ މާ ބޮޑަށް ވެސް އެއާޕޯޓްގެ ސާފުތާހިރުކުރެވޭ މިންވަރު އިތުރުވެގެން ދާނޭ." ސްޓީވެން ވިދާޅުވި އެވެ.
އަތް ދޮންނަން އޮޓޯގައި ފެން އިސްކުރެއް
ވިންޓަ އޮލިމްޕިކްސް ބާއްވަނީ ކުޅިބަލާ މީހުންނާ ނުލާ
ވެކްސިން ނުޖަހާ ނަމަ ޔޫއޭއީ އިން ބޭރެއް ނުވެވޭނެ
ވެކްސިން ނުޖަހާ މީހުން ގެންދާ އެއާލައިންތައް ޖޫރިމަނާ
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
ނިކޯލް ކިޑްމަން ހޮންކޮންގުގައި ކަރަންޓީނުވާކަށް ނުޖެހުނު
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
އެމްޕީއެލްގެ އެކްސިޑެންޓްތަކުގައި ބޮޑެތި އިހުމާލުތައް
ސިންގަޕޫރު އެއާލައިންސުން މުވައްޒަފުންނަށް ވެކްސިން ދެނީ
ތައިލެންޑްގެ ފްލައިޓްތަކުގައި ކާނާ އާއި ނޫސް މަނާ