ރާއްޖެއަށް އާ، ތަފާތު ބާވަތްތައް ހެއްދުމުގައި ހދ. ވައިކަރަދޫގެ ދަނޑުވެރިން ވަނީ މީގެ ކުރިން ވެސް ކާމިޔާބު ހޯދައިފަ އެވެ. އަޖުމަ ބެލުމުގެ ގޮތުން ހަނޑޫ ހައްދައި އެއިން ބަތް ކައްކައިފި އެވެ. މިފަހަރު ވެސް އެކަހަލަ އާ ކަމެކެވެ. އެ ރަށުގެ ޒުވާނަކު ވަނީ އާމަންޑު އޮށަކުން ގަހެއް ފަޅުވައިފަ އެވެ.
01 މެއި 2020
ރާއްޖެއަށް އާ، ތަފާތު ބާވަތްތައް ހެއްދުމުގައި ހދ. ވައިކަރަދޫގެ ދަނޑުވެރިން ވަނީ މީގެ ކުރިން ވެސް ކާމިޔާބު ހޯދައިފަ އެވެ. އަޖުމަ ބެލުމުގެ ގޮތުން ހަނޑޫ ހައްދައި އެއިން ބަތް ކައްކައިފި އެވެ. މިފަހަރު ވެސް އެކަހަލަ އާ ކަމެކެވެ. އެ ރަށުގެ ޒުވާނަކު ވަނީ އާމަންޑު އޮށަކުން ގަހެއް ފަޅުވައިފަ އެވެ.
ރަށު ކޯޓުގައި ވަޒީފާ އަދާކުރާ އާދަމް ނަސީމް، އޭނާގެ ގޭގެ ގޯތިތެރޭގައި އިންދި އާމަންޑް އޮށްތަކުން ގަސް ފަޅައި އެ ގަސްތައް މިހާރު ވަނީ އިންޗިއަކަށް ހެދިފަ އެވެ. އޭނާ ވަނީ ޕޮޓުގައި އޭގެ 11 ގަސް އިންދައިފަ އެވެ.
އަޖުމަ ބެލުމުގެ ގޮތުން، އާމަންޑް ގަސް ހެއްދީ އިންޓަނެޓުން މައުލޫމާތު ހޯދައިގެންނެވެ. އެ ހައްދަން އޭނާ ބޭނުންކުރީ ފިހާރަތަކުން އާއްމުކޮށް ލިބެން ހުންނަ އަލްމަންޑެވެ.
އާމަންޑު އޮށަކުން ގަސް ފަޅާފައި.-- ފޮޓޯ: އަހުމަދު ސާލިމް/ ފޭސްބުކް
އެ ގަސް ހެއްދުމަށް އެންމެ ފުރަތަމަ، ތަށްޓަކަށް ފެން އަޅައި އޭގެ ތެރޭގައި 24 ގަޑިއިރު ޖެހޭނީ ބަހައްޓާށެވެ. އޭގެ ފަހުން އާމަންޑުގައި ތޫނުކޮށް އިންނަ ތަންކޮޅު ނައްޓުވާލުމަށް ފަހު، ތައްޓެއްގައި ޓިޝޫއެއް ބޭއްވުމަށް ފަހު އާމަންޑުތައް އަޅައި އަނެއްކާ ވެސް އޭގެ މަތިން ޓިޝޫއެއް އަޅައި، އެއްކޮށް ފޮރުވާލާނީ އެވެ. ތަށީގެ މަތި ޖެހުމަށް ފަހު 45 ދުވަސްވަންދެން ބަހައްޓަން ޖެހޭނީ ފްރިޖުގަ އެވެ. ފިނިހޫނުމިން އެންމެ
"ދޭތެރެއަކުން އެގޮތަށް ބަލައިލަން. ދެން ބައި އިންޗި އަށް މޫލީމާ ޕޮޓަށް ލީ. އޭގެ ފަހުން 7-8 ދުވަސް ތެރޭގައި ގަސް ފަޅާނެ،" ނަސީމް، 28 ބުންޏެވެ.
ގަސް ފެޅި ކަމުގައި ވިއަސް، އެ ރަނގަޅަށް ފޯދި، ގަސް ބޮޑުވާން 5-12 އަހަރު ނަގާނެ އެވެ.
އާމަންޑު ގަސް އިންދަން ބޭނުންކުރި އޮށްތައް
އޭނާ މީގެ ކުރިން ފޮނިތޮއްޓާއި ޏަމްޏަމް ގަހާއި ދިވެހި ބޭސް ހައްދަން ބޭނުންކުރާ އަރޮޅި ވެސް ހެއްދި އެވެ. އޭގެ އިތުރުން ނަސީމް، އޭނާގެ 5،000 އަކަފޫޓު ދަނޑުގައި އަންނަނީ ކަރަލާއި ބަރަބޯ، ބީންސް، ޓޮމާޓޯ، ކައްޓަލަ އަދި މިރުސް ވެސް ހައްދަމުންނެވެ. ނަމަވެސް ދަތުރުފަތުރުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެ ރަށުގައި ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގެއް ނުލިބެ އެވެ.
"ދަނޑުވެރިކަމުގައި އަބަދު ވެސް އުޅެނީ. ކުރީގައި އެކަމުގައި އުޅެފައި ބްރޭކެއް ނަގާފައި އަނެއްކާ ވެސް މި ފެށީ،" ނަސީމް ބުންޏެވެ.
އާމަންޑު ގަސް ހެއްދުމަށް ތައްޔާރުވެފައި.-- ފޮޓޯ: އަހުމަދު ސާލިމް/ ފޭސްބުކް
އާމަންޑް އެންމެ ރަނގަޅަށް ހެދެނީ މެޑިޓަރޭނިއަން ސަރަަހައްދާ އެއްގޮތަށް މޫސުން އޮންނަ ތަންތަނުގަ އެވެ. އެއީ ހޫނުމޫސުމަކާއި މެދު މިނުގެ ފިނި މޫސުމުގަ އެވެ. އެފަދަ ބާވަތްތައް ހެދެން އެންމެ އެކަށިގެންވާ ފިނިހޫނުމިނަކީ 15-30 ޑިގްރީ ސެލްސިއަސްއާ ދެމެދެވެ. އާމަންޑުން ގަސް ފެޅުމަށްޓަކައި 7.2 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގައި 300-600 ގަޑިއިރާ ދެމެދުގެ މުއްދަތެއްގައި ބަހައްޓަން ޖެހެ އެވެ.
70 އަހަރާ ގާތްކުރަނީ، މަސައްކަތުގައި އަދިވެސް 100
ދަނޑުވެރިން ހައްދާ ތަކެތި ސަޕްލައިކުރަން ކާގޯ ފެރީ
ހައްދަންވީ ހަނޑުލެއް ނޫން، ފަލަމަޑީގެ ބާވަތްތައް
ވައިކަރަދޫގައި ހަނޑޫ ހައްދައި މަސައްކަތް ފުޅާކުރަނީ
"ފެންނަނީ ކެމްޕެއިންގެ ވައުދުތައް ހަގީގަތަކަށްވާތަން"
ރިސޯޓް ހަދަން ނެގި މާމަޑުއްވަރީ އަލުން ހިތާދުއަށް ދެނީ
އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ހަދައިފި
އުތުރުތިލަފަޅުން ގޯތި ނުދޭތީ ކަންބޮޑުވުންފާޅުކޮށްފި
ހުޅުމާލެއިން އާބަން ފާމިންއަށް 18 ބިމެއް ދީފި
"މިނާވަރު އަތުލަނީ ގާނޫނާ ހިލާފަށް، ކޯޓަށް ދާނަން"