29 އެޕްރީލް 2020
ކޮވިޑް-19އާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓާލާފައި އޮތުމަށް ފަހު ޓޫރިޒަމަށް އަންނަ ޖުލައި މަހުގެ ތެރޭގައި ދުބާއީ ހުޅުވާލާނެ ކަމަށް އެ ސިޓީގެ ޓޫރިޒަމާ ބެހޭ ހާއްސަ ޑިޕާޓްމެންޓުން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓާލާފައި އޮތުމަށް ފަހު ޓޫރިޒަމަށް އަންނަ ޖުލައި މަހުގެ ތެރޭގައި ދުބާއީ ހުޅުވާލާނެ ކަމަށް އެ ސިޓީގެ ޓޫރިޒަމާ ބެހޭ ހާއްސަ ޑިޕާޓްމެންޓުން ބުނެފި އެވެ.
ޔޫއޭއީގެ ވިޔަފާރީގެ އެންމެ ބޮޑު މަރުކަޒު، ދުބާއީގެ ޑިމާޓްމެންޓް އޮފް ޓޫރިޒަމް އެންޑް ކޮމާސް މާކެޓިން ހިލާލް އަލް މާރީ ބްލޫމްބާގް ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ޖުލައި މަހު ޓޫރިސްޓުންނަށް ހުޅުވާލި ނަމަވެސް، ފުޅާ ދާއިރާއެއްގައި ހުޅުވާލެވޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު ހިސާބުގައި ކަމަށެވެ.
"ވަރަށް ގިނަ ގައުމުތަކުން މިވަގުތު މިވަނީ ބޯޑަރުތައް ބަންދުކޮށްފައި. މި ކަންކަމާ ގުޅޭ ގޮތުން އެހެން ގައުމުތަކާ ވެސް އެބަ މަޝްވަރާ ކުރަން،" އޭނާ ވިދާޅުވި އެވެ.
ދުބާއީގެ އިގްތިސާދު ބަރޯސާވެފައިވަނީ ޓޫރިޒަމާއި އާންމު ވިޔަފާރިތަކަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެ ގައުމަށް 16.7 ބިލިއަން މީހުން އެ ސިޓީއަށް ޒިޔާރަތްކުރި އެވެ. ޓޫރިޒަމް ދާއިރާ އިން 40 ބިލިއަން ރުފިޔާގެ ދުބާއީގެ ލޯކަލް އިގްތިސާދަށް ލިބިފައިވެ އެވެ.
ސަރުކާރުން ދާދިފަހުން ހާމަކުރި އިގްތިސާދަށް އަންނާނެ އަސަރުތައް ދައްކުވައިދޭ ސިނާރިއޯތަކުގެ ތެރެއިން ތިން ވަނަ ސިނާރިއޯގައިވާ ގޮތުން ރާއްޖެއިން ވެސް އޮންއެރައިވަލް ވިސާ ދޫކުރަން ފަށާ ޓޫރިސްޓުން އަންނަން ފަށާނީ ޖުލައި މަހު އެވެ. އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ ދުވަސްތަކުގައި ފަތުރުވެރިން ރާއްޖެއަށް އައުން ހުއްޓިފައި އޮތުމުން އެ ދާއިރާ 50 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ފިނޭންސުން ބުނެ އެވެ.
މީގެ އިތުރުން އެންމެ ގޯސް ހާލަތު ނުވަތަ ފަސް ވަނަ ސިނާރިއޯއަށް ބަލާ ނަމަ ރާއްޖޭގެ އިގްތިސާދު މައިނަސް 29 ޕަސެންޓަށް ވެއްޓޭނެ އެވެ. މިއާ އެކު ރާއްޖޭގެ އުފެއްދުންތެރިކަމުން 34 ބިލިއަން ރުފިޔާ އުނިވާނެ އެވެ.
އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފި
ޔޫއޭއީ އަށް ދަތުރު ކުރާ މީހުންނަށް ހިލޭ ސިމް
އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ބައިވެރިވެއްޖެ
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
އިސްލާހާއެކު، ޕެސެންޖާލައިނާތައް އަނެއްކާވެސް ރާއްޖެއަށް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
90 މިލިއަން ޑޮލަރުގެ ނަސަންދުރާ ހުޅުވަނީ