އޮސްކާ އެވޯޑަށް ދެ ފަހަރެއްގެ މަތިން ނޮމިނޭޓްވެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެއިރާ ނައިޓްލީއަކީ އެކްޓްރެސްއެއް ނޫން ކަމަށާއި އެއީ "ސްޕަމޮޑެލް" އެއް ކަމަށް ބުނެ ކެއިރާއާ އެކު 2014 ގައި "ބިގިން އެގެއިން" ޑައިރެކްޓް ކުރި ޖޯން ކާނީ ފާޑު ކިޔައިފި އެވެ.
01 ޖޫން 2016
އޮސްކާ އެވޯޑަށް ދެ ފަހަރެއްގެ މަތިން ނޮމިނޭޓްވެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެއިރާ ނައިޓްލީއަކީ އެކްޓްރެސްއެއް ނޫން ކަމަށާއި އެއީ "ސްޕަމޮޑެލް" އެއް ކަމަށް ބުނެ ކެއިރާއާ އެކު 2014 ގައި "ބިގިން އެގެއިން" ޑައިރެކްޓް ކުރި ޖޯން ކާނީ ފާޑު ކިޔައިފި އެވެ.
އޭނާ ބުނީ އެ ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދުކޮށްގެން ހެދި ފިލްމެއް ކަމަށެވެ.
އެހެން ނަމަވެސް ކެއިރާ، 31، ގެ ފެންވަރު ދަށް އެކްޓިންއާ ހެދި ފިލްމަށް ލިބުނު ތަރުހީބާ ދޭތެރޭ އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭ ކަމަށް އަޔަލެންޑަށް އުފަން ޑައިރެކްޓަރު ބުންޏެވެ.
"ބިގިން އެގެއިން" އަކީ ކެއިރާ އާއި މާކް ރަފެއްލޯ ލަވަކިއުންތެރިންގެ ރޯލް ކުޅުނު ލޯބީގެ ފިލްމެކެވެ.
ކާނީ ބުނީ ފިލްމުގައި ކެއިރާ ދައްކުވައި ދިން އެކްޓިން އިން އޭނާ އަކީ ލަވަ ކިޔާ މީހެއްކަން ފިލްމް ބެލި އެއްވެސް މީހަކަށް އިހުސާސް ނުކުރެވޭ ކަމަށެވެ.
ޕްރައިޑް އެންޑް ޕްރެޖްޑައިސް (2006) އާއި މިދިޔަ އަހަރު ރިލީޒް ކުރި "ދި އިމިޓޭޝަން ގޭމް" އިން އޮސްކާ އަށް ނޮމިނޭޓްވި ބަތަލާ "ބިގިން އެގެއިން" ގައި ކުޅުނު ކެރެކްޓާގެ ފެންވަރު ދަށްވީ އެކްޓިން އަށް ދޭން ޖެހޭ ވަރަށް ސަމާލުކަން ކެއިރާ ނުދިނުމުން ކަމަށް ކާނީ ވަނީ ތުހުމަތުކޮށްފަ އެވެ.
"އޭނާގެ އެކްޓިން ލަވަކިޔާ މީހަކާ އެއްގޮތެއް ނޫން. ގިޓާ ކުޅެމުން ލަވަ ކިޔާ މީހެއްގެ ގޮތުގައި އަހަރެން އޭނާ ދައްކުވައި ދޭން ކުރި މަސައްކަތް އޮތީ ފެއިލްވެފައި،" ކާނީ ބުންޏެވެ.
އޭނާ ބުނީ އެ ފިލްމުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ދެން ދުވަހަކު ވެސް ބަތަލާއެއްގެ ބަދަލުގައި "ސްޕަމޮޑެލްއަކު" ހިމަނައިގެން ފިލްމެއް ހަދައިގެން ނުވާނެ ކަމެވެ.
ޑައިރެކްޓަރު ކާނީ: އޭނާ ބުނީ ކެއިރާއަކީ ބަތަލާއެއް ނޫން ކަމަށާއި ސްޕަމޮޑެލްއެއް ކަމަށް.
"އަހަރެން ބޭނުން ވަނީ އެކްޓަރުންނާ އެކު މަސައްކަތް ކުރަން. ސްޕަމޮޑެލުން ލައިގެން ފިލްމެއް ހެދުމުގެ ޝައުގެއް ނެތް،" ކެއިރާ އަށް އިޝާރާތްކޮށް ކާނީ ބުންޏެވެ.
ކެއިރާގެ އެކްޓިން ކާނީ އަށް ކަމުނުދިޔަ ނަމަވެސް އޭނާ ހުރީ ރަފެއްލޯ އާއި އެޑަމް ލެވިން "ބިގިން އެގެއިން" ގައި ދައްކުވައި ދިން އެކްޓިން އާ ދޭތެރޭ ހިތްހަމަޖެހިފަ އެވެ.
"އަހަރެން ބުނާނީ އެ ދެ މީހުންނަކީ ވަރަށް މޮޅު ދެ އެކްޓަރުންނޭ،" މިއުޒިކަލްއެއް ކަމަށްވާ "ވަންސް" ވެސް ޑައިރެކްޓް ކުރި ކާނީ ބުންޏެވެ.
އަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި "ބިގިން އެގެއިން" އަށް ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބުނީ 63.5 މިލިއަން ޑޮލަރެވެ.
ކާނީ އެންމެ ފަހުން ގެނެސް ދިނީ މި އަހަރުގެ މާޗްގައި ރިލީޒް ކުރި "ސިންގް ސްޓްރީޓް" އެވެ.
ފިލްމު ކުޅުން ހުއްޓާލަން އުޅުނިން: ކެއިރާ ނައިޓްލީ
"ބާލިން، އައި ލަވް ޔޫ" ގައި ހެލެން އާއި ކެއިރާ
ކެއިރާ ނައިޓްލީގެ ދިފާއުގައި ބައެއް ޑައިރެކްޓަރުން
"ފެންޓާސްޓިކް ފޯ"ގެ ޓްރެއިލާ އާންމުކޮށްފި
ސްނޭޕްގެ ރޯލަށް ކަޅު އެކްޓަރަކު ނެގުމުން ފާޑުކިޔުން
އޮސްކާއަށް ސްޓަންޓް ޑިޒައިން ކެޓަގަރީއެއް އިތުރުކޮށްފި
ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް
އަގުބޮޑު އަނގޮޓިއެއްދީ ޓިމޮތީ އާއި ކައިލީ އެންގޭޖުވަނީ
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ