Roadha Mihaaru
ޖޮބް ސެންޓަރަށް ރިޕޯޓް ކުރަން ހޮޓްލައިނެއް ގާއިމްކޮށްފި

ކޮވިޑް-19: ވަޒީފާ ގެއްލުނު މީހުން ޖޮބް ސެންޓަރަށް ރިޕޯޓް ކުރަން ޚާއްސަ ހޮޓްލައިނެއް

26 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލިފައިވާ މީހުންނާއި ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުން ރިޕޯޓް ކުރަން ޚާއްސަ ހޮޓްލައިނެއް އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލިފައިވާ މީހުންނާއި ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުން ރިޕޯޓް ކުރަން ޚާއްސަ ހޮޓްލައިނެއް އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ގިނަ ބަޔަކު ވަނީ ދިގު މުއްދަތަކަށް ޗުއްޓީއަށް ދާން ޖެހިފަ އެވެ. އެހެންވެ، އެފަދަ ކަންކަން ރިޕޯޓް ކުރަން އިކޮނޮމިކް މިނިސްޓްރީން ކުރިން އޮތީ ޖޮބް ސެންޓަރެއް ގާއިމް ކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ ޖޮބް ސެންޓަރުގައި ރިޕޯޓް ކުރުމަށް އެހީތެރިކަން ބޭނުންވާ ނަމަ އެ ސެންޓަރުގެ ހޮޓްލައިން 1475 އަށް ގުޅަން އެދޭ ކަމަށެވެ. އެ ކޯލް ސެންޓަރު ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 10 ން މެންދުރު 1 އާ ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޓްވީޓް

ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ އާއި އިނާޔަތްތައް ވަކި މިންވަރަކަށް ވުރެ ކުޑަވާ މީހުން މި މަހުން ފެށިގެން 5،000ރ. އިން ގެ އިނާޔަތެއް ކުރިއަށް އޮތް ތިން މަހު ދޭނެ ކަމަށް ސަރުކާރުން އޮތީ އިއުލާންކޮށްފަ އެވެ. އަދި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖްގެ ދަށުން އެހީ ދިނުމުގައި ވެސް ވަޒީފާތައް ހިމާޔަތް ކުރަން އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ކުރިން އޮތީ ހާމަކޮށްފަ އެވެ.