29 ޖޫން 2022
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު އަމީނަށް އަލުން އެ ފެންވަރުގެ ވަޒީފާއެއް ދޭން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު އަމީނަށް އަލުން އެ ފެންވަރުގެ ވަޒީފާއެއް ދޭން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުކަމުން އަމީން ވަކިކޮށް، އޭނާގެ މަގާމު ދަށްކުރީ 2019 ވަނަ އަހަރު އެވެ.
އަމީންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ މޯލްޑިވިއަންގެ މައްޗަށް ހުކުމްކުރީ އޭނާ ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ ކުރިން ހުރި މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަހުގެ ތެރޭގައި ދިނުމަށެވެ. އަދި މަގާމުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް އޭނާ އަށް ދޭން އެ ހުކުމުގައި އަންގާފައިވެ އެވެ.
ނަމަވެސް އެ މުއްދަތުގައި އަމީން، އެހެން ވަޒީފާއެއް އަދާކުރި ނަމަ، އެ ފައިސާއެއް އުނިކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އަމީން އެ މަގާމުން ވަކިކުރުމަށް ފަހު، އެހެން ޒިންމާއެއް ހަވާލުކުރާނެ ކަމަށް އަންގާފައި ވަނިކޮށް އޭނާ ވަޒީފާ އަށް ހާޒިރުނުވުމުން އޮކްޓޫބަރު 2019 ގައި ވަޒީފާ އިން ވަކިކުރީ ކަމަށެވެ.
އެކަމަކު ކޯޓުގެ ހުކުމުގައިވަނީ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ޖޫން 2019 ގައި އަމީން ވަކިކުރި ފަހުން އެހެން ޒިންމާއެއް އޭނާއާ ހަވާލު ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އޭނާ ވަޒީފާ އަށް ހާޒިރުނުވުމުން ވަކިކުރީ ކަމަށް މޯލްޑިވިއަން އިން ބުނާ ބުނުން ރަނގަޅު ނޫން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އަމީން އަދާކުރި މަގާމަކީ ވަކި މަގާމެއް ނޫނެވެ. އެއީ އޭނާ އަދާކުރި ވަޒީފާއާއެކު އޮތް ޒިންމާއެއް ކަމަށް މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި ބުންޏަސް އެގޮތަށް ބެލެވެން ނެތް ކަމަށް ހުކުމުގައި ބުންޏެވެ. އަދި އަމީން ވަޒީފާ އިން ވަކިކުރަންޖެހޭ ކުރަންޖެހޭ މަގްބޫލު ސަބަބެއް މޯލްޑިވިއަން އަށް ދެއްކިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އަމީނަށް އަލުން ވަޒީފާދޭން ކުރި ހުކުމް އިސްތިއުނާފަށް
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
އެމްޑީޕީން 5.6މިލިއަން ނުދީގެން މޯލްޑިވިއަނުން ކޯޓަށް
އަމީނަށް ވަޒީފާ ދިނުން މަޑުޖައްސަން ކޯޓުން އަމުރުކޮށްފި
ބަދަލަށް 1.7 މިލިއަން ދޭންޖެހޭ މައްސަލަ ބަލައިނުގަތް
ބަދަލަށް 1.7 މިލިއަން މޯލްޑިވިއަން އިން ދޭންޖެހިއްޖެ
ފްލައިޓްޑިލޭވުމުން ވަކިކުރި މީހާއަށް ހައިކޯޓުން ކާމިޔާބު
އައިލެންޑް އޭވިއޭޝަންގެ ސީނިއާ ބަޔަކު އިސްތިއުފާދީފި
މޯލްޑިވިއަންއަށް 3.8 މިލިއަން ދައްކަން ހުކުމްކޮށްފި
ކަރެކްޝަންސް އިން ވަކިކުރި އާސިފަށް އަލުން ވަޒީފާދެނީ