29 އޯގަސްޓް 2022
މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަމީނަށް އަލުން ވަޒީފާ ދިނުން މަޑުޖައްސައިލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަމީނަށް އަލުން ވަޒީފާ ދިނުން މަޑުޖައްސައިލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސްގެ ޑިރެކްޓަރުކަމުން އަމީން ވަކިކުރީ 2019 ވަނަ އަހަރު އެވެ.
އެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މިދިޔަ ޖޫން މަހު އެ ކޯޓުން ހުކުމްކުރީ އަމީން ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަހުގެ ތެރޭގައި އަލުން ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. އެއީ އަށް މިލިއަނެއްހާ ރުފިޔާ އެވެ.
ނަމަވެސް، އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި އެދުމުން، ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޔާސަތު ބެލެހެއްޓެވި ބެންޗުން ނެރުނު އަމުރުގައި ބުނީ، އެ އެ ކުންފުނިން ހުށަހެޅި ކަންތައްތަކަށް ބަލާއިރު، ގާނޫނީ ރަނގަޅު ބަހުސެއް އޮތް ކަމަށް ފެންނަ ކަމަށެވެ.
އޭގެ އިތުރުން އެ ހުކުމް ތަންފީޒުކުރުން، މި ވަގުތަށް މަޑުޖައްސާނުލައިފި ނަމަ އައިލެންޑް އޭވިއޭޝަންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ފާހަގަކުރެވޭތީ، އެ ކޯޓުން ވަކި ގޮތެއް އަންގަންދެން އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރީ ކަމަށް ބުންޏެވެ.
މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި ބުނީ، އަމީން އެ މަގާމުން ވަކިކުރުމަށް ފަހު، އެހެން ޒިންމާއެއް ހަވާލުކުރާނެ ކަމަށް އަންގާފައި ވަނިކޮށް، އޭނާ ވަޒީފާ އަށް ހާޒިރުނުވުމުން އޮކްޓޫބަރު 2019 ގައި ވަޒީފާ އިން ވަކިކުރީ ކަމަށެވެ.
އެކަމަކު ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ޖޫން 2019 ގައި އަމީން ވަކިކުރި ފަހުން އެހެން ޒިންމާއެއް އޭނާއާ ހަވާލު ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، އޭނާ ވަޒީފާ އަށް ހާޒިރުނުވުމުން ވަކިކުރީ ކަމަށް މޯލްޑިވިއަން އިން ބުނާ ބުނުން ރަނގަޅު ނޫން ކަމަށް ދަށު ކޯޓުގެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އަމީން އަދާކުރި މަގާމަކީ ވަކި މަގާމެއް ނޫނެވެ. އެއީ އޭނާ އަދާކުރި ވަޒީފާއާއެކު އޮތް ޒިންމާއެއް ކަމަށް މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި ބުންޏަސް އެގޮތަށް ބެލެވެން ނެތް ކަމަށް ހުކުމުގައި ބުންޏެވެ. އަދި އަމީން ވަޒީފާ އިން ވަކިކުރަންޖެހޭ ކުރަންޖެހޭ މަގްބޫލު ސަބަބެއް މޯލްޑިވިއަން އަށް ދެއްކިފައި ނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުންޏެވެ.
އަމީނަށް އަލުން ވަޒީފާދޭން ކުރި ހުކުމް އިސްތިއުނާފަށް
ބަދަލަށް 1.7 މިލިއަން ދޭންޖެހޭ މައްސަލަ ބަލައިނުގަތް
އެމްޑީޕީން 5.6މިލިއަން ނުދީގެން މޯލްޑިވިއަނުން ކޯޓަށް
ދެ މިލިއަންގެ ބަދަލެއްދީ އަމީންގެ މައްސަލަ ނިންމައިފި
މޯލްޑިވިއަނުން ވަކިކުރި އަމީނަށް ވަޒީފާދޭން ހުކުމްކޮށްފި
ބަދަލަށް 1.7 މިލިއަން މޯލްޑިވިއަން އިން ދޭންޖެހިއްޖެ
ފްލައިޓްޑިލޭވުމުން ވަކިކުރި މީހާއަށް ހައިކޯޓުން ކާމިޔާބު
މޯލްޑިވިއަންއަށް 3.8 މިލިއަން ދައްކަން ހުކުމްކޮށްފި
ފްލައިޓް ޑިލޭވުމުން ވަކިކުރި މީހަކަށް ބަދަލު ދެނީ
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި