05 ނޮވެމްބަރ 2021
މޯލްޑިވިއަން އިން އަމިއްލަ ކުންފުންޏަކަށް 1.7 މިލިއަން ރުފިޔާގެ ދައްކަން ކުރި ހުކުމުގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.
މޯލްޑިވިއަން އިން އަމިއްލަ ކުންފުންޏަކަށް 1.7 މިލިއަން ރުފިޔާގެ ދައްކަން ކުރި ހުކުމުގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.
ތ. ތިމަރަފުށީ އެއާޕޯޓްގައި ކެފޭ ތަރައްގީކުރަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި ސެކިއަ ގްރީން ޕްރައިވެޓް ލިމިޓެޑާ ދެމެދު 2017 ވަނަ އަހަރު ހެދި އެއްބަސްވުން އެ ކުންފުނިން އެދިގެން 2019 ވަނަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެ ކުންފުނިން ކެފޭ ހިންގަން ކުރި ޚަރަދުުގެ ބަދަލު ނުދިން މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ހުކުމްކުރީ 1.7 މިލިއަން ރުފިޔާ މޯލްޑިވިއަން އިން ދޭންޖެހޭނެ ކަމަށެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން މޯލްޑިވިއަންގެ ފަރާތުން ހުށަހެޅުމުން ހައި ކޯޓުން އެ މައްސަލަަ ބަލައިިނުގަތުމަށް ނިންމީ ދަށު ކޯޓުގެ ހުުކުމުގައި ގާނޫނާ ޚިލާފަށް ކުރި ކަމެއް ބުނެދެވިފައި ނެތުމުންނެވެ. ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި އެ ނިންމުމުގައިވަނީ އިސްތިއުނާފަށް މައްސަލަ ހުށަހަޅާއިރު، އުފެދިފައިވާ ގާނޫނީ ބަހުސެއް ބުނެދީފައި އޮންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށާއި އެކަމަކު މޯލްޑިވިއަން އިން ހުށަހެޅި އިސްތިއުނާފް މައްސަލާގައި އެފަދަ ގާނޫނީ ބަހުސެއް ދެއްކިފައިނުވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވިޔަސް، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ. އަދި ފަނޑިޔާރުންގެ މަޖިލީހުން އެ ނިންމުން ދަމަހައްޓައިފި ނަމަ، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
އަމީނަށް ވަޒީފާ ދިނުން މަޑުޖައްސަން ކޯޓުން އަމުރުކޮށްފި
އަމީނަށް އަލުން ވަޒީފާދޭން ކުރި ހުކުމް އިސްތިއުނާފަށް
ބަދަލަށް 1.7 މިލިއަން މޯލްޑިވިއަން އިން ދޭންޖެހިއްޖެ
އެމްޑީޕީން 5.6މިލިއަން ނުދީގެން މޯލްޑިވިއަނުން ކޯޓަށް
ދެ މިލިއަންގެ ބަދަލެއްދީ އަމީންގެ މައްސަލަ ނިންމައިފި
މޯލްޑިވިއަނުން ވަކިކުރި އަމީނަށް ވަޒީފާދޭން ހުކުމްކޮށްފި
ފްލައިޓްޑިލޭވުމުން ވަކިކުރި މީހާއަށް ހައިކޯޓުން ކާމިޔާބު
މޯލްޑިވިއަންއަށް 3.8 މިލިއަން ދައްކަން ހުކުމްކޮށްފި
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި
ތިމަރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުކުރަން ފަށަނީ