Roadha Mihaaru
"މިޝަން އިމްޕޮސިބަލް" ގެ ދެ ފިލްމު ފަސްކޮށްފި

"މިޝަން އިމްޕޮސިބަލް" ގެ ކުރިއަށް ދެ ފިލްމު ފަސްކޮށްފި

27 އެޕްރީލް 2020

ކޮވިޑާ-19އާ ހެދި، ކުރިން ރޭވި ގޮތަށް ޝޫޓިން ވެސް ކުރިއަށް ގެންދެވެން ނެތުމުން ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ކުރިއަށް އޮތް ދެ ފިލްމު ސިނަމާތަކަށް ގެނައުން ފަސްކޮށްފި އެވެެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑާ-19އާ ހެދި، ކުރިން ރޭވި ގޮތަށް ޝޫޓިން ވެސް ކުރިއަށް ގެންދެވެން ނެތުމުން ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ކުރިއަށް އޮތް ދެ ފިލްމު ސިނަމާތަކަށް ގެނައުން ފަސްކޮށްފި އެވެެ.

ޕެރަމައުންޓް ޕިކްޗާޒުން ބުނީ ކުރިން އަންނަ އަހަރުގެ ޖުލައި 23 އަށް ތާވަލުކޮށްފައި އޮތް "މިޝަން އިމްޕޮސިބަލް 7" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ނޮވެމްބަރު 19 ގައި ކަމަށެވެ. އަދި ކުރިން އޮގަސްޓް 5، 2022 އަށް ތާވަލުކޮށްފައި އޮތް 8 ވަނަ ބައި މިހާރު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 4، 2022 ގަ އެވެ.

ކޮރޯނާވައިރަހާ ހެދި މި އަހަރަކީ މުޅި ފިލްމު އިންޑަސްޓްރީގެ ކަލަންޑަރަށް ވަރަށް ބޮޑަށް ބަދަލެއް ގެންނަން ޖެހިފައިވާ އަހަރެކެވެ.

"މިޝަން އިމްޕޮސިބަލް" ގެ ކުރިއަށް އޮތް ދެ ބައި ރިލީޒްކުރުން ފަސްކުރި އިރު، ކުރިން އަންނަ ޖޫން މަހުގެ 24 ގައި ގެނެސްދޭން ނިންމާފައި އޮތް ކްރޫޒްގެ "ޓޮޕް ގަން" ގެ ސީކްއަލް "މެވެރިކް" ވެސް ދާދި ފަހުން ވަނީ މި އަހަރުގެ ޑިސެމްބަރު 23 އަށް ފަސްކޮށްފަ އެވެ.

"މިޝަން އިމްޕޮސިބަލް" ސީރީޒްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ފޯލްއައުޓް" އެވެ.