23 އެޕްރީލް 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅުގެން ސަރުކާރުގެ ކޭޝްފްލޯ އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯވަ ޑްރާފްޓް ހެދޭނެ ފުރުސަތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޮތަށް އެ ހުއްދަ ދިނަސް ގެއްލުން ނުޥާނެ ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވެެއްޖެ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅުގެން ސަރުކާރުގެ ކޭޝްފްލޯ އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯވަ ޑްރާފްޓް ހެދޭނެ ފުރުސަތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޮތަށް އެ ހުއްދަ ދިނަސް ގެއްލުން ނުޥާނެ ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވެެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ހުށަހެޅުއްވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރަށް ސަސްޕެންޑް ކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ އިގުތިސާދީ ހަރަކާތެއް ހިންގަން ނޫނީ ދަރަންޏަށް ފައިސާ ހޯދުން އެ ގާނޫނުގައި މަނާކޮށްފައި ވުމާ އެކު، އިސްތިސްނާ ހާލަތްތަކެއް ކަނޑައަޅައި، އެ ހާލަތުގައި މަޖިލީހުގެ ހުއްދަ ހޯދަން އޮންނާތީ އެވެ، ފިނޭންސް މިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވީ، ކޮވިޑް-19 އާ ހެދި މިހާރު ރާއްޖެ އަށް ކުރިމަތިވެފައި ވަނީ އެ ގާނޫނުގައި ބުނާ ފަދަ އިސްތިސްނާ ހާލަތެއް ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުން ވިދާޅުވީ ސަރުކާރުން އެދުނު ހުއްދަ އަވަހަށް ދޭން ޖެހޭ ކަމަށެވެ.
"ބައެއް އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވައިފި މިއީ އޯޕަން ޗެކެއްގެ ގޮތުގައި، ސަރުކާރުން އެދިފައި މި އޮތީ އޯޕަން ޗެކެއްގެ ގޮތުގައި [ކަމަށް]. އަޅުގަނޑަށް ހަމަ ހަގީގަތުގައި ވެސް އެކަން އެގޮތަށް ގަބޫލެއް ނުކުރެވޭ، ސަބަބަކީ މަޖިލިސް ތެރޭގައި އަޅުގަނޑުމެންގެ 65 މެމަބަރުން އެބަތިބި، ސުޕަ މެޖޯރިޓީ އެބަ އޮތް. ރައްޔިތުން މަޖިލީހުން ވަރަށް ފަހުން އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވެސް އެ ތިބީ ބަދަލުކޮށް އަޅުގަނޑުމެން ގަބޫލުކުރާ ނަޒާހަތްތެރި މެމްބަރުން އެތަނަށް ލާފައި އެތިބީ. އޮޑިޓާ ޖެނެރަލް އެބަހުންނެވި އަދި ރައްޔިތުން މަޖިލީހުގެ އެކިއެކި އޯވަސައިޓް ކޮމިޓީތައް އެބަހުރި،"- ޔައުގޫބް
ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، އެމްއެމްއޭ އިން އޯވަޑްރޯ ކުރެވޭ ގޮތަށް ސަރުކާރަށް ހުއްދަ ދިނަސް ސަރުކާރުން ފައިސާ ހަރަދުކުރާ ގޮތް ރަނގަޅަށް ބެލޭނެ އިންތިޒާމްތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. އެގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަން ބެލޭނެ ކޮމިޓީތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
"ބައެއް އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވައިފި މިއީ އޯޕަން ޗެކެއްގެ ގޮތުގައި، ސަރުކާރުން އެދިފައި މިއޮތީ އޯޕަން ޗެކެއްގެ ގޮތުގައި [ކަމަށް]. އަޅުގަނޑަށް ހަމަ ހަގީގަތުގައި ވެސް އެކަން އެގޮތަށް ގަބޫލެއް ނުކުރެވޭ،" ސަރުކާރުގެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ޔައުގޫބު ވިދާޅުވި އެވެ.
"ސަބަބަކީ މަޖިލިސް ތެރޭގައި އަޅުގަނޑުމެންގެ 65 މެމަބަރުން އެބަތިބި، ސުޕަ މެޖޯރިޓީ އެބައޮތް. ރައްޔިތުން މަޖިލީހުން ވަރަށް ފަހުން އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވެސް އެ ތިބީ ބަދަލުކޮށް އަޅުގަނޑުމެން ގަބޫލުކުރާ ނަޒާހަތްތެރި މެމްބަރުން އެ ތަނަށް ލާފައި. އޮޑިޓާ ޖެނެރަލް އެބަހުންނެވި އަދި ރައްޔިތުން މަޖިލީހުގެ އެކިއެކި އޯވަސައިޓް ކޮމިޓީތައް އެބަހުރި."
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދޮންބިލެއް އަހުމަދު ހަލީމް ވާހަކަ ދައްކަވަނީ.
ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް( ދޮންބިލެތް) ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ސަރުކާރުން މިހާރު ކުރަން ޖެހިފައި ވަނީ ކުރިން އަންދާޒާ ވެސް ކުރެވިފައިވާ މިންވަރަކަށް ނޫން ކަމަށެވެ. އެގޮތުން ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ވެސް ހާހަކަށް ވުރެ ގިނަ މީހުން ތިބި އިރު އެ މީހުންގެ ކަންތައްތައް ހަމަޖައްސަން ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުކަން އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ.
"މީހަކު ޕޮޒިޓިވް ވާއިރަށް އޭނާާ އެ ދިމާވާ އަނެއް 100 މީހުން ވެސް އަޅުގަނޑުމެން ތަނަކަށް ލައިގެން ހަރަދުކުރަން ޖެހޭ،" ހަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގައި އުޅޭ އެތައް ހާސް ބިދޭސީންނެއް ހާލުގައި ޖެހިފައި ވާއިރު އެ މީހުންގެ ހާލު ވެސް ސަރުކާރުން ބަލައި އެހީތެރިވާން ޖެހިފައިވާ ކަމަށާއި އެއީ ވެސް ކުރަން ޖެހިފައިވާ ބޮޑު ހަރަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިއަދު މިވަނީ ލާރި ވަންނަން ހުރި ހުރިހާ މަގެއް ބަންދުވެ، އެހެން ނަމަވެސް ކުރަން ޖެހުނު ހަރަދު ދެގުނަަ އަށް ތިން ގުނައަަށް އިތުރު ވެގެން ގޮސްފައި،"
އެހެންވީމާ ވީހާ ވެސް އަވަހަކަށް، ސަރުކާރުން އެދޭ ހުއްދަ ދޭން ޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ.
ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން ވިދާޅުވި ގޮތުގައި، މި ނާޒުކު ވަގުތުގައި ރާއްޖޭގެ އިގުތިސާދު ނަގައި ކޮޅަށް ޖަހަން މަސްވެރިން ވަނީ އަނެއްކާވެސް ތެދުވެފައި ކަމަށާއި ކޮވިޑް-19 ގެ ނުރައްކަލުން މަސްވެރިން ސަލާމަތް ކުރުމަށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. ސަރުކާރުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން ހޯދަން އުޅޭ ހުއްދަ އަކީ އެ މަސްވެެރިންގެ ވެސް ހައްގުގައި ކުރާ މަސައްކަތެއް ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
"މި ނާޒުކު ވަގުތުގައި ރައްކާތެރިކަމަށް ބަލައިގެން ރާއްޖޭގެ މަސްވެރިން، މާކަނޑަށް ނުކުމެ މި ހިންގާ އިގުތިސާދީ ހަރަކާތުން ރާއްޖޭގެ އިގުތިސާދު އަނެއްކާވެސް ކޮޅަށް ޖެހޭނެ ކަމުގެ އުއްމީދު މި ވަނީ އާވެފައި، އޭނާ ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ މުދާ އެބަހުރި ކަމަށާއި އެކަމަކު ރައްޔިތުންގެ އަތުގައި ފައިސާ ނެތި އެ މުދާތައް ހުރީ ބަންދުވެފައި ކަމަށެވެ. އެހެންވީމާ ސަރުކާރުން ރައްޔިތުންނަށް ފައިސާގެ އެހީތެރިކަން ދީ އެތެރޭގެ އިގުތިސާދު ހިންގަންޖެހޭ ކަމަށެވެ.
"މިއީ ދިގު ބަހުސް ކުރެވެން އޮތް ކަމެއް ނޫން. މިއީ ރޮކެޓް ސައެންސެއް ނޫން. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މި ހާލަތުގައި މި ފިޔަވަޅު އަޅަމުން މިދަނީ،" ޝަަރީފް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި
3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި
ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަނީ