23 އެޕްރީލް 2020
ކޮވިޑް-19 މާލެ އަށް ފެތުރިފައިވާ މިވަގުތު އެކި ސަަބަބުތަކާ ގުޅިގެން ވަންނާނެ ތަނެއް ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް ރޯދަ މަހު އެހީތެރިވާން ތިން ފަރާތެއް ގުޅިގެން ނިންމައިފި އެވެ.
ކޮވިޑް-19 މާލެ އަށް ފެތުރިފައިވާ މިވަގުތު އެކި ސަަބަބުތަކާ ގުޅިގެން ވަންނާނެ ތަނެއް ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް ރޯދަ މަހު އެހީތެރިވާން ތިން ފަރާތެއް ގުޅިގެން ނިންމައިފި އެވެ.
ހާލުގައި ޖެހިފައިވާ 500 މީހަކަށް އެހީވާން ނިންމީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި ކޮކާކޯލާ މޯލްޑިވްސް އިންނެވެ.
މަޓާޓޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މާލެ އާއި ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާފައިވާ ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ބޭނުންވާ ކާބޯތަކެތި މާދަމާ ފަށާ ރޯދަ މަހު ފޯރުކޮށްދޭނެ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބިއްޖެ ނަމަ އިތުރަށް ހާލަތު ގޯސްވާނެ ކަމަށެވެ.
އެކި ސަބަބުތަކާ ހެދި ވަގުތީ ހިޔާތަކުގައި މި ވަގުތު ބިދޭސީން ވެސް ތިބުމާ އެކު، މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަނުން ނިންމާފައި ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނަށް ވެސް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. އެގޮތުން 500 މީހުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށް މަޓާޓޯ އިން ބުނެ އެވެ. މި ކަމުގައި މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަނަށް އެހީތެރިވަނީ ކޮކާކޯލާ މޯލްޑިވްސް އެވެ.
"ސަލްސާ ކޭޓަރިންގެ އެހީތެރިކަމާ އެކު އަޅުގަނޑުމެން ވަނީ މާލެ އިން މި ކަމަށް ޚާއްސަ ބަދިގެއެއް ކަނޑައަޅާފައި. އަދި ހުޅުމާލެ އިން ބަދިގެއެއް ހޯދުމުގެ ކަންކަން ކުރިއަށް އެބަދޭ،" މަޓާޓޯގެ ބަޔާނުގައި ވެ އެވެ.
މަޓާޓޯ އިން ބުނިގޮތުގައި ކޮވިޑް-19 ގެ މި ބަލިމަޑުކަމުގައި ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭނީ އެ އިދާރާތަކުގެ އެހީތެރިކަމާ އެކު ކަމަށް މަޓާޓޯ އިން ބުންޏެވެ.
"އެހީތެރިވާން ބޭނުންވާ އެހެން ފަރާތްތަކުން ވެސް މިކަމުގައި ބައިވެރިވާނެ ކަމަށް ދެކެން،" މަޓާޓޯ އިން ބުންޏެވެ.
މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަނަކީ މީގެ 10 އަހަރު ކުރިން އުފައްދާފައިވާ އަމިއްލަ ދެ ޖަމިއްޔާ އެވެ. އެ ދެ ފަރާތުން ވެސް އަންނަނީ މިދިޔަ މުއްދަތުގައި ޓޫރިޒަމް ދާއިރާގައި ދިވެހިންގެ ހިއްސާ ބޮޑުކުރެވޭ ކަންކަންމަށް މަގުފަހި ކުރަމުންނެވެެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު، ހާލުގައި ޖެހި މަގުމަތިވި 80 އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ހަމަޖައްސަމުން ގެންދާ ކަމަށް މިދިޔަ އަންގާރަ ދުވަހު ޖެންޑާ މިނިސްޓްރީން ބުނެފައި ވެ އެވެ.
އަދި 400 އަށް ވުރެ ގިނަ މީހުންނަށް އެފަދަ އިންތިޒާމު ހަމަޖައްސައިދޭން އެދި މާލޭ ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައިވާތީ އެ މީހުންނަށް އެހީވުމަށް އެ ކައުންސިލާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ. މީގެ އިތުރުން ކުލި ނުދެއްކިގެން ތަންތަނުން ނެރޭ މީހުންނަށް ވެސް ޖެންޑާ މިނިސްޓްރީން އަންނަނީ ވަގުތީ ހިޔާތަކުން ފުރުސަތު ދެމުންނެވެ.
ވަގުތީ ހިޔަލުގައި ތިބ މީހުންނަށް ދިރާގުން އެހީވަނީ
މަޓާޓޯ،އެންބީއޭއެމް،ކޮކާކޯލާއިން ކާބޯތަކެތި ފޯރުކޮށްދެނީ
ލޮކްޑައުންގައި ތިބެ ޖަމާއަތުގައި ތަރާވީހް ކުރަނީ
ރޯދައަށް ބޭނުންވާ ވަރަށް ސްޓޮކް އެބަހުރި:ވިޔަފާރިވެރިން
މަޓާޓޯގެ ތާއީދު އޮތީ އިޒްރޭލް ވެރިން އައުން މަނާކުރަން
ޑޮލަރުން ޓެކްސް ނަގަން މަޓާޓޯއިން ތާއީދު
"ޓޫރިޒަމްގައި އަންހެނުންނަށް އޮތް ހުރަހަކީ ދެކޭ ގޮތް"
މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ ޕާޓްނަރަކަށް ދިރާގު
ރާއްޖެ ޕްރޮމޯޓު ކުރަން މިނިސްޓަރު ފައިސަލް އިންޑިއާއަށް
އެމްއެމްޕީއާރްސީގެ ޗެއާޕާސަން ކަމަށް ގިޔާސް