Roadha Mihaaru
ރާއްޖެ ޕްރޮމޯޓު ކުރަން މިނިސްޓަރު ފައިސަލް އިންޑިއާއަށް

ރާއްޖެ ޕްރޮމޯޓް ކުރަން މިނިސްޓަރު ފައިސަލް އިންޑިއާއަށް

29 ޖުލައި 2024

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާއަށް ހާއްސަ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާއަށް ހާއްސަ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަޑައިގެންނެވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ރޯޑް ޝޯއަކަށެވެ. އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަމުން ދާތީ އެ ގައުމުގައި ރާއްޖެ ޕްރޮމޯޓް ކުރަން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

މިދިޔަ އަހަރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން އައިސްފައިވަނީ 71،000 ޓޫރިސްޓުންނެވެ. މިވަގުތު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ހަ ވަނައިގަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެމްއެމްޕީއާރްސީއާ ގުޅިގެން މުހިންމު ތިން ރޯޑްޝޯއެއް އިންޑިއާގައި ބާއްވާނެ ކަން އިއުލާނު ކުރީ މިދިޔަ މަހު އެވެ.

މި ރޯޑްޝޯތައް ބާއްވަނީ އިންޑިޔާގެ ބެންގަލޫރާއި މުމްބާއީ އާއި ނިއުދިއްލީގަ އެވެ.

މިފަދަ ހަކާރާތްތަކެއް ބާއްވަނީ އިންޑިއާ ޓޫރިސްޓުން އިތުރުކުރުމުގެ ބޭނުމުގަ އެވެ. އެ ރޯޑް ޝޯގައި ރާއްޖޭގައި ހުރި ޓްރެވަލް ޕެކޭޖުތަކާއި ދާއިރާގެ މުހިއްމު މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ. މި ހަރަކާތްތަކުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީ އާއި ޓުއާ އޮޕަރޭޓަރުން ވެސް ބައިވެރިވާނެ އެވެ.

މި ރޯޑް ޝޯތަކުގައި އިންޑިއާގެ ޓުއާ އޮޕަރޭޓަރުން ވެސް ބައިވެރިވާނެ އެވެ.