Roadha Mihaaru
މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

18 އޯގަސްޓް 2024

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މާދަމާ ފަށާ މި ކޮންފަރެންސަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އިން ޓޫރިޒަމް އިންޑަސްޓްރީގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސެކެވެ. ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ އަންހެނުންގެ ޕެނަލްއަކާއެކު ބާއްވާ މި ކޮންފަރެންސްގެ މަގްސަދަކީ މި ދާއިރާގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ މިހާރަށް ވުރެ އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމެވެ.

ދިރާގުގެ މެނޭޖާ، ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފު ވިދާޅުވީ މި ކޮންފަރެންސަކީ ޓޫރިޒަމް އިންޑަސްޓްރީއަށް މުހިންމު ކޮންފަރެންސެއް ކަމަށެވެ. އަދި މި އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ގޮތުގައި މިފަދަ ކޮންފަރެންސްތަކަށް އެއްބާރުލުން ދީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވިދާޅުވީ އެ ކޮންފަރެންސަކީ އަންހެނުން ބާރުވެރިކުރުމަށް މަޓާޓޯއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބާއްވާ މުހިންމު ކޮންފަރެންސެއް ކަމަށެވެ. އަދި މި ކޮންފަރެންސް ބޭއްވުމަށް ދިރާގުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.

މި ކޮންފަރެންސް އޮންނާނީ ހޮޓެލް ޖެންގަ އެވެ.

ދިރާގަކީ އަންހެނުން ބާރުވެރިކުރުމަށް ކުރާ މިފަދަ މަސައްކަތްތަކުގައި އެއްބާރުލުން ދޭ ކުންފުންޏެކެވެ.