Roadha Mihaaru
ހދ. އަތޮޅު ތައުލީމީ މަރުކަޒަށް ދިރާގުގެ އެހީ

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެން ޔުނިޓަށް ދިރާގުގެ އެހީ

16 ޑިސެމްބަރ 2024

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ޔުނިޓް، ސަންޝައިން ކްލާހަށް ދިރާގުން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ޔުނިޓް، ސަންޝައިން ކްލާހަށް ދިރާގުން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.

އެ ސްކޫލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ދިރާގުން ވަނީ ސަންޝައިން ކްލާހަށް ހަދިޔާ ކުރި އޮޓޮމެޓިކް ގޮނޑި އާއި ލޮކިން ގޮނޑި އަދި ކްލާހުގެ ސެންސަރީ އެންޑް އެކްޓިވިޓީ ޔުނިޓަށް ބޭނުންވާ ވަސީލަތް ހަދިޔާކޮށްފަ އެވެ. ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މި ތަކެއްޗަކީ އެ ކްލާހުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މުހިންމު އަދި ބޭނުންތެރި ވަސީލަތްތަކެކެވެ.

މި ތަކެތި ހަވާލުކޮށް، ދިރާގުގެ ކުޅުދުއްފުށި އޮޕަރޭޝަންސް ސެންޓަރުގެ އެސިސްޓަންޓް މެނޭޖަރު އޮޕަރޭޝަންސް، މުހައްމަދު އަލީ ވިދާޅުވީ ދިރާގުން މަސައްކަތް ކުރަމުން އަންނަނީ އެއްވެސް ކުއްޖަކު ބާކީ ނުވާނެހެން މުޖުތަމައުގައި ޝާމިލުކުރުމަށް އެއްބާރުލުންދޭން ކަމަށެވެ. އަދި އުއްމީދަކީ މި ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބި، ހުރިހާ ކުދިންނަށް ވެސް ކުރިއެރުމާއި އުނގެނުމުގެ ފުރުސަތުތައް ތަނަވަސްވުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް، މުހައްމަދު މަތީން ވަނީ ސަންޝައިން ކުލާހަށް ދިރާގުން ހަދިޔާކުރި ވަސީލްތްތަކުގެ ސަބަބުން އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ދިރާގަކީ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން މިފަދަ އެކި އެހީތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.