23 އެޕްރީލް 2020
ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި ބޭނުންކުރާ ބޭހެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ގެ 50،000 ގުޅަ އިންޑިއާ އިން ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި އެވެ.
ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި ބޭނުންކުރާ ބޭހެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ގެ 50،000 ގުޅަ އިންޑިއާ އިން ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި އެވެ.
މި ބޭސް އިންޑިއާ އިން ރާއްޖެ ގެނައީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ޗެންނާއީ އިން ރާއްޖެއަށް މިއަދު ކުރި ދަތުރެއްގަ އެވެ. މި ތަކެތި އެ ގައުމުން ރާއްޖެ އަށް ހަދިޔާކުރީ ދިވެހި ސަރުކާރުން އެދިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19ގެ އިތުރުން އާތުރައިޓިސް އަދި ލޫޕަސް ފަދަ ބަލިތަކަށް ވެސް އެޗްސީކިއު ބޭނުންކޮށްގެން ފަރުވާ ދެ އެވެ. އެޗްސީކިއުގެ ސަޕްލައިގެ 70 ޕަސެންޓް އުފައްދަނީ އިންޑިއާ އިން ނެވެ. އަދި މި ދުވަސްވަރު މި ބޭސް އެކްސްޕޯޓުކުރުން އެ ގައުމުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ރާއްޖެ އަށް މި ބޭސް ހަދިޔާ ކުރީ، އިންޑިއާ އާއި ރާއްޖެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވެ އެވެ.
މި ބޭސް ބޭނުން ކުރާނީ، ސިއްހީ ތަޖުރިބާކާރުންގެ ލަފައާ އެއްގޮތަށް ކަމަށް ސަރުކާރުން ބުންޏެވެ.
އިންޑިއާ އިން ވަނީ މީގެ ކުރިން ވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީވެފަ އެވެ. ކޮންޓްރޯލްކުރެވިފައިވާ ބޭސްތަކެއް ހަދިޔާ ކުރުމުގެ އިތުރުން، އެސްޓީއޯ އިން އޯޑަރުކޮށްފައި ހުރި ބޭސްތަކެއް، އިންޑިއާ އިން ވަނީ ރާއްޖެ ގެނެސްދީފަ އެވެ.
މަޝްރޫއުތައް އަވަސްކުރަން 100މިލިއަން ޑޮލަރުގެ ލޯނެއް
މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގެންފި
ރައީސް ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަނީ
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
އިންޑިއާއަކީ ދުނިޔެއަށް އުއްމީދެއް: ރައީސް