17 އެޕްރީލް 2020
ކޮވިޑް-19 އާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް މިއަދުން ފެށިގެން އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް މިއަދުން ފެށިގެން އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) އިން ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ދަރުބާރުގޭގަ އެވެ.
އެންއޯއީސީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައި، އެކަމަށް ތައްޔާރުވާން މީޑިއާތަކަށް އަންގައިފަ އެވެ. އެހެންވެ، މިއީ އޮންލައިންކޮށް ރާއްޖޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ބައްދަުވުން މިއަދު ދޭއް ޖަހާއިރަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް ޓާސްކް ފޯހުގެ ބައްދަލުވުންތައް ވެސް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ބައްދަލުވުންތައް ވެސް އޮންލައިންކޮށް މިހާރު ކުރިއަށް ގެންދެ އެވެ.
ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި މިހާތަނަށް މާލެއިން ވަނީ ހަތް މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ލޮކްޑައުންގެ މުއްދަތު ވެސް މިހާރު ވަނީ 14 ދުވަހަށް އިތުރުކޮށްފަ އެވެ.
ކޮވިޑުގެ ރާއްޖޭގެ މަންޒަރު ކިޔައިދޭން އެބަޖެހޭ: ރައީސް
އާންމު ސިއްހަތުގެ ބިލުން، މައުލޫމާތު ހޯދަން ހުރަސްއެޅޭ
"މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން އަންގައިފި
ކޮވިޑް-19: ދޮގު ޚަބަރު ފަތުރާ ނަމަ ފިޔަވަޅު އަޅަނީ
ދޮޅު ގަޑިއިރު ކުރީ އެންމެ ސުވާލެއް: ތައްޔާރުތޯ؟
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"