08 މާޗް 2020
ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނޫސްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ފާސްކޮށްފި އެވެ.
ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނޫސްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ފާސްކޮށްފި އެވެ.
އެމްއެމްސީން މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައި މި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގައި ވެސް ދެ މީހަކު ޕޮޒިޓިވްވެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ. ކަމާބެހޭ އިދާރާތަކުން ގެންދަނީ އާންމުންގެ މެދުގައި ހާސްކަން އިތުރުވާ ގޮތަށް، ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.
އެމްއެމްސީން ބުނީ ބައްޔާ ބެހޭ ގޮތުން މައުލޫމާތު ފެތުރުމާ ގުޅޭ ގޮތުން މީޑިއާތަކުގެ އިސް ވެރިންނާ މަޝްވަރާކުރުމަށް ވެސް މިއަދު ނިންމާފައިވާ ކަމަށެވެ.
އެ ކައުންސިލްގެ ނިންމުމަށް ފަހު މިއަދު ވަނީ އެކަމާ ބެހޭ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އޭގައި ވެސް، ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ގެނެސްދިނުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައިވެ އެވެ.
"މި ވައިރަހާ ގުޅޭ ގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި ސިއްހީ މައުލޫމާތު ހަވާލާދޭ މަސްދަރުތަކަކީ ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިއުކޮށްފައިވާ މައުލޫމާތުކަން ކަށަވަރު ކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަން ވެސް މި ކައުންސިލުން ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ އިސް ވެރިންނަށް ހަނދާންކޮށްދެމެވެ." ބަޔާނުގައިވެ އެވެ.
މި ދަނޑިވަޅުގައި އެކަށީގެން ނުވާ މައުލޫމާތު ފަތުރާ ނަމަ އެ މައުލޫމާތެއް ފަތުރާ މީޑިއާއަކަށް އެކަން އަންގައި އަދި އެންގުންތަކާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ "ގާނޫނީ ފިޔަވަޅު އަޅާނެ" ކަމަށް ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފެތުރިފައި ވާއިރު އެންމެ ބޮޑު އެއް މައްސަލަ އަކީ ބައްޔާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރުން ކަމަށް ސިއްހީ ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ. އެހެން ގައުމުތަކުގައި ވެސް އަންނަނީ ބައްޔާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފެތުރުމާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.
މިހާތަނަށް އަދި ފަރުވާއެއް އަދި ވެކްސިނެއް އުފެއްދިފައި ނެތް މި ބަލި ރަނގަޅުވާނެ ފަރުވާތައް ކަމަށް ބުނެ އެކި ވާހަކަތައް ވެސް މީޑިއާގެ އެކި ވަސީލަތްތަކުގައި ގެންދަނީ ފަތުރަމުންނެވެ.
ކޮވިޑުގެ ރާއްޖޭގެ މަންޒަރު ކިޔައިދޭން އެބަޖެހޭ: ރައީސް
ދޮޅު ގަޑިއިރު ކުރީ އެންމެ ސުވާލެއް: ތައްޔާރުތޯ؟
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
"މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައި ދޭންޖެހޭ"