15 އެޕްރީލް 2020
ކޮރޯނާވައިރަސް މާލެތެރެއަށް ފެތުރި ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ، އެންމެން ކަރަންޓީން ފެސިލިޓީތަކުގައި ބޭތިއްބުމަކީ ދަތި ކަމަކަށް ވާނެތީ، އެއް ބަޔަކު ހޯމް ކަރަންޓީންކުރާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގު)ން މިދިޔަ ހަފުތާގައި ބުނެފި އެވެ.
ކޮރޯނާވައިރަސް މާލެތެރެއަށް ފެތުރި ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ، އެންމެން ކަރަންޓީން ފެސިލިޓީތަކުގައި ބޭތިއްބުމަކީ ދަތި ކަމަކަށް ވާނެތީ، އެއް ބަޔަކު ހޯމް ކަރަންޓީންކުރާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގު)ން މިދިޔަ ހަފުތާގައި ބުނެފި އެވެ.
މާލެތެރެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ވަނީ ފެނިފަ އެވެ. ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު ލަފާކުރެވެނީ، ވަރަށް ބޮޑަށް ވައިރަސް ފެތުރިފައިވުން އެކަށީގެންވާ ކަމަށެވެ.
އާއްމުންގެ ތެރެއަށް ވައިރަސް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން "މިހާރު"އަށް ދެއްވި އިންޓަވިއުގައި، ޑރ. އަލީ ލަތީފް ވިދާޅުވީ ގިނަ ބަޔަަކަށް ބަލި ޖެހި ކަރަންޓީން ފެސިލިޓީތަކަށް ބާރުބޮޑުވެއްޖެ ނަމަ ގެތަކުގައި ކަރަންޓީންކުރާނެ ކަމަށެވެ. މިފަދަ ހާލަތެއް މެދުވެރިވެ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، ޓެގުން އެދިވަޑައިގަތީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް އެންމެން އަމަލުކުރުމަށެވެ.
"މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެން ގަސްތެއް ނުކުރަން ހައިރިސްކް ޕޭޝަންޓެއް މާލޭގައި ހޯމް އައިސޮލޭޝަންގައި ބަހައްޓަން. އަދަދު މާބޮޑުވެގެން ހިނގައްޖިއްޔާ، ގޭގައި ވެސް ކަރަންޓީން ޖެހިދާނެ. މި މީހުން ވަރަށް ފަރުވާތެރިކަމާ އެކު އިރުޝާދަށް ތަބާވުމަކީ ވަރަށް މުހިއްމު ކަމެއް،" އަލީ ލަތީފް ވިދާޅުވި އެވެ.
ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ މީހުން އިރުޝާދުތަކަށް އަމަލުނުކޮށްފި ނަމަ، ވަރަށް ދެރަ ހިތާމަވެރި ގޮތްތަކެއް މެދުވެރިވެދާނެ ކަން ޑރ. އަލީ ލަތީފް ހަނދާންކޮށްދެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، "އެއީ އެންމެން ހަލާކުވެގޮސްދާނެ ފަދަ" ކަމެކެވެ.
ލޮކްޑައުން ނިމޭ ވަގުތަކީ "އީދެއް" ނޫން!
ލުއިދެނީ ތައްޔާރު ވެވުނީމަ, ނުރައްކާ ކުޑައެއް ނުވޭ
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ
ބަލި ފެތުރުނީ ތައްޔާރު ނުވެ ތިބީމައެއް ނޫން
ބާޒާރުމަތި: ވައިރަހުގެ ނުރައްކާ ބޮޑު ސަރަހައްދެއް!
ބަލި ކޮންޓްރޯލްވާނެކަމުގެ އުއްމީދު އެބައޮތް: އެންއީއޯސީ
މާލެ އިން އެކަކު ފެނުނަސް ބަލާނީ ފެތުރިއްޖެ ކަމަށް: ޓެގު
ޓެގުގެ ބަސް: "ހޯދީ ތައްޔާރުވާން ވަގުތުކޮޅެއް"
މާލޭގެ ހާލަތު އަދި ރަނގަޅު، އެކަމަކު ކަންބޮޑުވޭ:ޓެގު
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ