14 އެޕްރީލް 2020
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ އިން ވާދަކުރަން ނިންމައިފި އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ އިން ވާދަކުރަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުމަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ އިން ޝައުގުވެރިކަން ފާޅުކޮށް، އެ ކަމަށް ގައުމުތަކުގެ ތާއީދު ހޯދުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް އަދި އިއުލާނު ކޮށްފައި ނުވިއަސް، އެ ބޭފުޅަކީ އެހެން ގައުމުތަކުން ބަލައިގަންނާނެ ބޭފުޅަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ވެސް މަސައްކަތް ކުރައްވަނީ އެ ޖަމާއަތުގެ ރައީސްގެ ދަށުންނެވެ. އދ. ގެ އާންމު މަޖިލީހުގެ މިހާރުގެ ރައީސަކީ ނައިޖީރިއާގެ ބޭފުޅެއް ކަމަށްވާ ތިޖާނީ މުހައްމަދު ބަނދޭ އެވެ.
ރާއްޖެ އިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވާދަކުރާނެ ކަން ވެސް އިއުލާނުކޮށްފަ އެވެ. ރާއްޖެ އިން ކުރިމަތިިލާން ނިންމީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިޚާބު އޮންނާނީ 2022 ގަ އެވެ. އދ. ގެ އެންމެ ބާރު ގަދަ ކައުންސިލް ކަމަށްވާ، ސެކިއުރިޓީ ކައުންސިލަށް ވެސް ރާއްޖެ އިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު ވާދަކުރި އެވެ. ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން ރާއްޖެ އަށް ލިބުނީ 46 ގައުމެއްގެ ވޯޓެވެ.
ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާގެ ޑިޕްލޮމެޓެއް
ސާވިސް އޮފިސަރުކަމުން އާންމު މަޖިލީހުގެ ރައީސްކަމަށް
އާއްމު މަޖިލިހުގެ ރައީސްކަން ލިބުމަކީ ފަޚުރެއް: ރައީސް
ރާއްޖެ،އަނެއްކާވެސް އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް
ވޯޓު ނުދިނީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ
އދ. މަޖިލީހަށް ފޮރިން މިނިސްޓަރު ފުރާވަޑައިގެންފި
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
ޒަމީރު، ގުޓެރޭސްއާ ބައްދަލުކުރައްވައިފި
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި