Roadha Mihaaru

ސާވޭއިން ދައްްކާ ގޮތުގައި ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވާނީ 8،000 މީހުން: ނަަޝީދު

މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް ރާއްޖެއިން ގާތްގަނޑަކަށް 8،000 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުން އެކަށީގެންވާ ކަމަށް ސާވޭތަކާ ހަވާލާދެއްވައި ރައްޔިތުންގެ މަަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ރާއްޖޭން 8000 މީހުން ކޮވިޑަށް ޕޮޒިޓިވް ވެދާނެ"
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

14 އެޕްރީލް 2020

މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް ރާއްޖެއިން ގާތްގަނޑަކަށް 8،000 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުން އެކަށީގެންވާ ކަމަށް ސާވޭތަކާ ހަވާލާދެއްވައި ރައްޔިތުންގެ މަަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވަން ފަށަން ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް މަޖިލީހުގެ ޗެމްބަރުގައި އޮތް ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެޗްޕީއޭއިން އެންމެ ފަހުން ކުރި އެޕިޑެމިއޮލޮޖިކަލް ސާވޭގެ މައުލޫމާތު އެމަނިކުފާނު ހޯއްދަވާފައިވާ ކަަމަށެވެ. އެ މައުލޫމާތު ހޯއްދެވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޖަލްސާތައް ކުރިއަށް ގެންދަވަން އެދިވަޑައިގަންނަވާތީ ކަމަށް ވެސްް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮވިޑްް-19 ފެތުރުން ކޮންޓްރޯލް ކުރަން ދެ ގޮތަކަށް މަސައްކަތް ކޮށްފި ނަމަ ނުކުންނާނެ ދެ ނަތީޖާއެއް ސާވޭއިން ފާހަގަކޮށްފައި ވެ އެވެ. އެ ގޮތުން އެއް ނަތީޖާ އަކީ ރާއްޖޭން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކުގައި ނެރެވޭނެ ނަތީޖާ އާއި ފިޔަވަޅުތައް ދޫކޮށްލުމުން ނުކުންނާނެ ނަތީޖާ އެވެ.

އެމަނިކުފާނު ވިދާޅުވީ ފިޔަވަޅުތައް ނާޅައިފި ނަމަ ގާތްގަނޑަކަށް 8،000 މީހުން އެ ބައްޔަށް ޕޮޒިޓިވް ވާނީ 80 ދުވަހުގެ ތެރޭގަ އެވެ. އަދި ފިޔަވަޅުތައް އެޅިޔަސް، ހަމަ އެ އަދަދަށް މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާނެ ކަަމަށް ލަފާކޮށްފައިވާ އިރު، އެކަމަކު އެ ހިސާބަށް ދާން 210 ދުވަސް ނަގާނެ ކަމަށް، ސާވޭތަކާ ހަވާލާ ދެއްވައި، އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު މިއަޅާ ފިޔަވަޅުތައް އެޅީމާ، މިކަމުން އަޅުގަނޑުމެެންނަށް ލުޔެއް ލިބެން އަންނަނީ 210 ދުވަހުން. މީގައި މި ފާހަގަކުރަން ޖެހޭ އެއްޗަކީ ފިޔަވަޅުތައް އެޅީމާ ވެސް ހަމަ އެއް އަަދަދެއްގެ މީހުންނަށް ޖެހެނީ. އެކަމަކު އެއީ ދިގު މުއްދަތެއްގެ ތެރޭގައި. މިގޮތަށް މި ހަދާ ސަބަބަކީ އެއް ދުވަހު އެހާ ގިނަ މީހުން ހޮސްޕިޓަލަށް ވަންނަން ނުޖެހުން،" މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުން ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ފިޔަވަޅު ތަކާ އެކު ގިނަ ދުަވަސްްތަކެއް ހޭދަކުރަން ޖެހޭނެ ކަމަށް ސާވޭއިން ދައްކާ ކަމަށް.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ފިޔަވަޅު ތަކާ އެކު ގިނަ ދުަވަސްްތަކެއް ހޭދަކުރަން ޖެހޭނެ ކަމަށް ސާވޭއިން ދައްކާ ކަމަށް.

އެމަނިކުފާނު ވިދާޅުވީ ދިގު މުއްދަތެއް ހޯދަން ރާއްޖޭން މަސައްކަތް ކުރަނީ އެއް ދުވަހާ ހޮސްޕިޓަލަށް ވަންނަން ޖެހޭ މީހުންގެ އަދަދު ގިނަވުމުން ފަރުވާ ނުދެވި، މީހުންގެ ފުރާނަަ ގެއްލޭ އަދަދު އިތުރުވާނެތީ ކަމަށެވެ.

"މުއްދަތު މި ހޯދަނީ ހޮސްޕިޓަލާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް. ދެން އަޅުގަނޑުމެން ހަދަން މި ޖެހޭ ގޮތަކީ ސިއްހީ ހިދުމަތް އައިސީޔޫ އާއި އިންޓެންސިވް ކެއާ ދެވޭނެ ގޮތް މި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ހޯދަންވީ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްް-19 ފެތުރޭ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ހާލަތަށް ތައްޔާރުވާން އިތުރަށް ހޯދަން ޖެހެނީ 247 އެނދު އަދި ޖުމްލަ 700 ހޮސްޕިޓަލް އެނދު ކަމަށް ވެސް ސަވޭއާ ހަވާލާ ދެއްވައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތުގައި އެއަށް ވުރެ ގިނަ އައިސީޔޫ އެނދު އެބަހުރި،" އެމަނިކުފާނު ވިދާޅުވި އެވެ.

އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެެތުރޭ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން ބަލަން ސާވޭއެއް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފަ އެވެ. ނަޝީދު މިއަދު ވިދާޅުވެ ދެއްވީ އެ ސާވޭގެ ހޯދުންތައް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ. އެޕިޑެމިއޮލޮޖިކަލް ސާވޭގެ ނަތީޖާ އެޗްޕީއޭއިން އަދި ހާމައެއް ނުކުރެ އެވެ.