Roadha Mihaaru

މަޖިލީހުގެ ރައީސް ނަޝީދު މާލެ ވަޑައިގެން ކަރަންޓީނުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމައިލެއްވުމަށް ފަހު މިއަދު ހެނދުނު މާލެއަށް ވަޑައިގެންފި އެވެ.

ނަޝީދު މާލެ ވަޑައިގެން ކަރަންޓީނުގައި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

22 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމައިލެއްވުމަށް ފަހު މިއަދު ހެނދުނު މާލެއަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ކޮވިޑް-19 ފެތުރޭ މި ހާލަތުގައި، ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭތީ، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންގައި އޮންނަ ގޮތުގެ މަތިން ނަޝީދު މިހާރު ހުންނެވީ ކަރަންޓީނުގައި ކަމަށެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ޕާލިމެންޓްގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ ސްޕީކަރު ލިންޑްސޭ ހޮއިލްއާ ނަޝީދު ބައްދަލުކުރެއްވި އެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބޭއްވި އީޔޫ- ޑިމޮކްރަސީ ވީކްގެ ހައިލެވެލް ސެޝަންގައި އެ މަނިކުފާނު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިއުމުންނެވެ. މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީ އަށް ދިޔައީ ދެ ފަހަރެއްގެ މަތިން ޗުއްޓީ ފަސްކުރުމަށް ފަހުގަ އެވެ. މަޖިލިސް ޗުއްޓީއަށް ދިޔައީ މިއަހަރުގެ ދެވަނަ ދައުރުގައި ރެކޯޑް އަދަދަކަށް ޖަލްސާތައް ބާއްވައި، 68 ޕަސެންޓް މަސައްކަތް ނިންމައިފަ އެވެ.