Roadha Mihaaru
ރޯދަމަސް ފެށެނީ، ހުރިހާ އަޅުކަމެއް ގޭގައި ބާ؟

ރޯދަމަސް ފެށެނީ، ހުރިހާ އަޅުކަމެއް ގޭގައި ބާ؟

13 އެޕްރީލް 2020

މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުނުކުރެވޭ ވަރަށް ބަލިމަޑުކަމެއް ދިމާވެދާނެތޯ މީގެ ކުރިއަކުން އެއްވެސް މީހަކު ހިތަކަށްނާރަ އެވެ. އެކަމަކު ކޮރޯނާވައިރަސް ފެތުރޭލެއް އަވަސްވެފައި، އޭގެ ނުރައްކާ ބޮޑުކަމުން، ރާއްޖޭގެ އިތުރުން އިސްލާމީ ބޮޑު އެތައް ގައުމެއްގައި މިހާރު ވަނީ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މެދުކަނޑާލައިފަ އެެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުނުކުރެވޭ ވަރަށް ބަލިމަޑުކަމެއް ދިމާވެދާނެތޯ މީގެ ކުރިއަކުން އެއްވެސް މީހަކު ހިތަކަށްނާރަ އެވެ. އެކަމަކު ކޮރޯނާވައިރަސް ފެތުރޭލެއް އަވަސްވެފައި، އޭގެ ނުރައްކާ ބޮޑުކަމުން، ރާއްޖޭގެ އިތުރުން އިސްލާމީ ބޮޑު އެތައް ގައުމެއްގައި މިހާރު ވަނީ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މެދުކަނޑާލައިފަ އެެވެ.

މިހާރު އޮތް ސުވާލަކީ މި މަހު ފެށޭ ރޯދަމަހު ވެސް މި ހުސްކަން ތަޖުރިބާކުރަން ޖެހިދާނެތޯ ނުވަތަ ނޫންތޯ އެވެ. މި އަހަރުގެ ރޯދަ ފެށެން ދެން އޮތީ އެންމެ 11 ދުވަހެވެ. އެކަމަކު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި މެދުކަނޑާލުން ކޮންމެ ހަފުތާއަކު ދަނީ އިތުރުކުރަމުންނެވެ. އަދި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވެސް ގެންދަނީ ކުރިއަށެވެ.

ރޯދަމަހު ފަރުޟު ފަސް ނަމާދުގެ އިތުރުން ތަރާވީހާއި ދަމުނަމާދު ވެސް ބޮޑެތި ޖަމާއަތްތަކުގައި ކުރެ އެވެ.

އެހެން މަސްމަހާ ހިލާފަށް ކޮންމެ ޖަމާއަތެއްގައި ވެސް މާލޭގެ މިސްކިތްތައް ފުރި، ބޭރުގައި ނަމާދުކުރަން ޖެހޭ ވަރަށް ރޯދަމަހު މީހުން މިސްކިތްތަކަށް ދެ އެވެ. ތަރާވީހު ނަމާދާއި ދަމުނަމާދުގެ ޖަމާއަތުގައި ވެސް އެތައް ހާސް ބަޔަކު ބައިވެރިވެ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮންނަތާ މަހެއް ވާން ކައިރިވި އިރު އެކަން ރޯދަމަހު ވެސް ދެމިގެން ހިނގައިދާނެތޯ، ކުރެވޭ ސުވާލު ގިނަ އެވެ.

މާލެ ސަރަހައްދާއި ރިސޯޓްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިއަ މަހު 18 ގަ އެވެ.

Jamaa'athugai namaadhu nukurun mi mahuge 18 aa hama ah dhammaifi

Jamaa'athugai namaadhu nukurun mi mahuge 18 aa hama ah dhammaifi

The most trusted news source in the Maldives

Mihaaru

ޖަމާއަތުގައި ނަމާދު ނުކުރުން އަންނަ ހޮނިހިރާ ހަމައަށް ދެއްމުން

ރޯދަމަހު ޖަމާއަތުގައި ނަމާދުކުރަން މިސްކިތްތައް އަލުން ހުޅުވާލާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލަށް މިވަގުތު ސީދާ ޖަވާބެއް ނެތެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް "މިހާރު" އަށް ވިދާޅުވީ ރޯދަ މަހު ޖަމާއަތުގައި ނަމާދު ކުރަން ފެށުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމީ ބޮޑެތި ގައުމުތަކުގެ ތެރެއިން ސައޫދީ އަރަބިއްޔާއިން މިހާރު ނިންމާފައި ވަނީ ތާރާވީސް ނަމާދު ގޭގޭގައި ކުރާ ގޮތަށެވެ. ސައުދީގައި ކޮވިޑް-19 މިހާރު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.

ގޭގައި ވެސް ޖަމާއަތް ހެދިދާނެ، އެކަމަކު ރައްކާތެރިކަމާ އެކު

އިސްލާމިކް މިނިސްޓްރީގެ ވާއިޒް، އަހްމަދު ފަހުމީދީދީ ވިދާޅުވީ ރޯދަ މަސް ވިޔަސް ނުވަތަ އެ ނޫން މަހެއްގައި ވިޔަސް ސަވާބު އިތުރުވަނީ ޖަމާއަތުގައި ނަމާދުކޮށްގެން ކަމަށެވެ. އެކަމަކު އޭރަކު އޮންނަ ހާލަތަކާ ގުޅިގެން މުސްލިމުންނަށް ކޮންމެ ތާކު ވެސް ނަމާދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާލަތެއް އޮވެއްޖެއްޔާ އިސްކަން ދޭންވާނީ ފުރާނަ ސަލާމަތް ކުރުމަށް. އަޅުކަންވެސް ކުރެވޭނީ ފުރާނަ ސަލާމަތް ކުރެވިގެން،" ޝެއިހް ވިދާޅުވި އެވެ.

ފަހުމީ ދީދީ ވިދާޅުވި ގޮތުގައި މިސްކިތުގައި ނޫނަސް ގޭގައި ވެސް ޖަމާއަތް ހަދައިގެން ނަމާދުކުރެވޭނެ އެވެ. އެކަމަކު އެގޮތަށް ޖަމާއަތް ހަދާއިރު ވެސް ކޮރޯނާވައިރަސް އިން ރައްކާތެރިވާން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން އޭނާ އިލްތިމާސްކުރެއްވި އެވެ.

"އެގޮތަށް ނަމާދު ކުރާއިރު ވެސް ސޯޝަލް ޑިސްޓެންސިން ބަހައްޓަން އަންގާ އެންގުމަށް ރިއާޔަތް ކުރަން ޖެހޭނެ. ކެއްސާ ކިނބިހި އެޅޭ ނަމަ މާސްކް ފަދަ ތަކެތި ބޭނުން ކުރަން ވެސް ވާނެ،" ފަހުމީ ދީދީ ވިދާޅުވި އެވެ.

އިސްލާމިކް މަރުކަޒުގައި ޖަމާއަތުގައި ނަމާދުކުރަނީ: މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ރޯދަމަހު ފެށިދާނެކަމާ މެދު އަދި އޮތީ ސުވާލު -- ފޮޓޯ: ނިޝާން އަލީ/މިހާރު

އިސްލާމިކް މަރުކަޒުގައި ޖަމާއަތުގައި ނަމާދުކުރަނީ: މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ރޯދަމަހު ފެށިދާނެކަމާ މެދު އަދި އޮތީ ސުވާލު -- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ތަރާވީހާއި ދަމުނަމާދަކީ ސުންނަތް ދެ ނަމާދަށް ވާތީ ޖަމާއަތުގައި ކުރުން ކޮންމެެހެން ލާޒިމެއް ނޫނެވެ.

"ތަރާވީސް ނަމާދަކީ ފަރުޟެއް ކަމަށް މީހުން ގަބޫލުކޮށްފާނެތީ އޭރު ވެސް [ރަސޫލާ] އަބަދު ޖަމާއަތުގައި ނުކުރެއްވީ. ހުކުރު ނަމާދާއި އީދު ނަމާދުކުރާ ގޮތަށް ކޮންމެހެން ޖަމާއަތުގައި ކުރަން ޖެހޭ ނަމާދެއް ނޫން އެއީ،" ފަހުމީ ދީދީ ވިދާޅުވި އެވެ.

ގޭގައި ގިނަގިނައިން ޤުރުއާން ކިޔަވަންވީ

ދީނީ އިލްމުން ޕީއެޗް.ޑީ ނަންގަވާފައިވާ ބޭފުޅަކު، ނަން ނުޖަހަން އެދިވަޑައިގަންނަވަމުން، ވިދާޅުވީ ރޯދަ މަހު ޖަމާއަތުގައި ނަމާދުނުކުރެވޭ ނަމަ، ގޭގައި ވަކިން ނަމާދުކޮށްފައި، އެންމެ އިސްކަންދޭންވީ ގިނަގިނައިން ގުރުއާން ކިޔެވުމަށެވެ. އެގޮތަށް އޭނާ ވިދާޅުވީ ތަރާވީސް އައި ޖަމާއަތުގައި ދަމުނަމާދުކުރާ އިރު ދިގުކޮށް ޤުރުއާން ކިޔަވާތީ އެކަމުން މަހުރޫމްނުވުމުގެ މައްޗަށް އިޝާރަތްކުރައްވަ އެވެ.

"ތަރާވީސް ނަމާދުގައި ވެސް ކިޔަވަނީ ޤުރުއާން. އެހެންވީމަ ﷲ ހަނދުމަކޮށް ދުއާކޮށް ހެދޭނެ. ނަމާދުގައި ކިޔާ ތަކެތީގެ މާނާގައި އޮންނަނީ ހަނދުމަކުރުމާއި ޒިކުރު ކުރުމާ. އެހެންވީމަ ގިނަގިނައިން ޤުރުއާން ކިޔަވަންވީ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ވަގުތު ވެސް އޮންނާނެތާ ގޭގައި ތިބޭތީ. އެހެންވީމަ ގޭގައި ހަމަ އަޅުކަން ކުރަންވީ."

މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މިހާރު މެދުކަނޑާލާފައި އޮތް މުއްދަތު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ. އެކަމަކު އެ މުއްދަތު އަނެއްކާވެސް އިތުރުކުރުން އެކަށީގެންވެ އެވެ.