13 އެޕްރީލް 2020
ދުނިޔޭގައި ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް ދަށްކުރުމަށް ރަޝިޔާ ހިމެނޭގޮތަށް އޯޕެކްގެ ގައުމުތަކުން އެއްބަސްވެއްޖެ އެވެ.
ދުނިޔޭގައި ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް ދަށްކުރުމަށް ރަޝިޔާ ހިމެނޭގޮތަށް އޯޕެކްގެ ގައުމުތަކުން އެއްބަސްވެއްޖެ އެވެ.
ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން އިއްޔެ އޯޕެކްގެ ގައުމުތަކުގެ މެދުގައި ބޭއްވި ބައްދަލުވުމުގައި މި ނިންމުމާ ހަމައަށް އައިސްފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެންނެވެ. މިއީ މިހާތަނަށް ތެޔޮ އުފައްދާ މިންވަރު އެހާ ބޮޑުތަނުން ކުޑަ ކުރަން ނިންމި ފުރުތަމަ ފަހަރެވެ.
މި އެއްބަސްވުމާ އެކު އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް އުފައްދާނީ 9.7 މިލިއަން ފީފާގެ ތެލެވެ. މި ނިންމުމަށް ޖޫން 30 ގެ ނިޔަލަށް އަމަލު ކުރުމަށް ނިންމައިފައިވާއިރު ޖުލައި 1 އިން ފެށިގެން ޑިސެމްބަރުގެ ނިޔަަލަށް 7.7 މިލިއަން ފީފާ އަށް ދަށް ކުރާނެ އެވެ. އަދި އަންނަ އަހަރު ވެސް އެކި އަދަދުތަކުން ތެޔޮ އުފެއްދުން ދަށް ކުރުމަށް ވަނީ ނިންމައިފަ އެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ފަހު ވެސް ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް އޯޕެކްގެ ގައުމުތަކުން ވަނީ މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް އެއްބަސްވުން އިތުރު ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޯޕެކުން ވަަނީ ބުނެފަ އެވެ.
އޯޕެކްގެ މި ނިންމުމާ އެކު މިހާރު ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ. އަދި މި ނިންމުމަށް އަމަލު ކުރަން ފެށުމާ އެކު ބާޒާރުގައި ތެލުގެ އަގު އެއް މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް އޯޕެކްގެ ގައުމުުތަކުން ގަބޫލު ކުރެ އެވެ.
ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް
ތެޔޮ އުފައްދާ މިންވަރު ސައޫދީން އިތުރުކޮށްފި
ސައޫދީއާ އޮންނަ ގުޅުން އެމެރިކާ އިން މުރާޖައާ ކުރަނީ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 98ޑޮލަރަށް ވެއްޓިއްޖެ
ރަޝިޔާގެ ތެލުގެ ބޮޑު ބައި އިންޑިއާ އާއި ޗައިނާއަށް
ޔޫކްރޭންގެ ސުލްހައިގެ ޕްލޭނަށް ސައޫދީގައި މަޝްވަރާކުރަނީ
ޔޫކްރޭންގެ ސުލްހައިގެ މަހާސިންތާއެއް ސައޫދީގައި
އަގު ކޮންޓްރޯލްކުރާ ގައުމަކަށް ތެލެއް ނުވިއްކާނަން
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
އޯޕެކްގެ ނިންމުންތައް ސިޔާސީ ކަންކަމާ ދުރުވާނެ: ސައޫދީ