Roadha Mihaaru
ސެމްސަންގް "އެސް ވޮއިސް" ހުއްޓާލަނީ

ސެމްސަންގް ވޮއިސް އެސިސްޓެންޓް "އެސް ވޮއިސް" ހުއްޓާލަނީ

14 އެޕްރީލް 2020

ސެމްސަންގް "އެސް ވޮއިސް" މިހާރު އެއްވެސް ފޯނެއްގައި ބޭނުންކުރެވޭ ނަމަ، ބޭނުންކުރެވޭނެ އެންމެ ފަހު ތާރީޚަކީ ޖޫން 31، 2020 އެވެ. ސެމްސަންގުން "އެސް ވޮއިސް" ހުއްޓާލަނީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމްސަންގް "އެސް ވޮއިސް" މިހާރު އެއްވެސް ފޯނެއްގައި ބޭނުންކުރެވޭ ނަމަ، ބޭނުންކުރެވޭނެ އެންމެ ފަހު ތާރީޚަކީ ޖޫން 31، 2020 އެވެ. ސެމްސަންގުން "އެސް ވޮއިސް" ހުއްޓާލަނީ އެވެ.

ސެމްސަންގް އެސް ވޮއިސް އަކީ ކޮން އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. އެއީ އައިފޯނުގައި ބޭނުންކުރާ "ސިރީ"، ގޫގުލް އެސިސްޓެންޓް އަދި އެމެޒޯން އެލެކްސާ ކަހަލަ ޑިޖިޓަލް އެސިސްޓޭންޓެކެވެ. އެކަމަކު މި ބުނެދިން ޑިޖިޓަލް އެސިސްޓެންޓުންތަކާ އަލާ ބަލާއިރު، "އެސް ވޮއިސް" އަކީ މުއްސަނދިކަމެއް ނެތް ޓެކްނޮލޮޖީއެވެ.

ގެލަކްސީ ސްމާޓްފޯނުތަކަށް ޚާއްސަ ވޮއިސް އެސިސްޓެންޓެއް އުފައްދަން ސެމްސަންގުން ކުރި މަސައްކަތުން، "އެސް ވޮއިސް"އާ ހަމަ އަށް އާދެވުނީ ލައްކަ ދިރާސާއިންނެވެ. ނަމަވެސް، ފޯނު ކޯލެއްކޮށްދިނުން، އެޕްލިކޭޝަނެއް ހިންގައިދިނުން އަދި ގޫގުލުން އެއްޗެއް ހޯދައިދިނުން ފަދަ ވަރަށް އާދައިގެ ކަމެއް ފިޔަވައި އިތުރު ކަމެއް "އެސް ވޮއިސް" ނުދަނެ އެވެ. ޒަމާނީ ޑިޖިޓަލް އެސިސްޓެންޓަކަށް ލިބިފައި ހުރި ގާބިލުކަމަށް ބަލާއިރު، އަމިއްލަ އިސްނަގައި މީހުން މުއާމަލާތްކޮށް ހީވެސް ހަދަ އެވެ.

ސެމްސަންގް ސްމާޓްފޯނުތަކުގައި މިހާރު ބޭނުންކުރަނީ "ބިކްސްބީ" އެވެ. މިއީ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީއެކެވެ. މި މަސްރަހުގައި ސެމްސަންގަށް "ބިކްސްބީ"އާ ހަމަ އަށް އާދެވުމުން، އެސް ވޮއިސް ހުއްޓާލަނީ އެވެ.

އެސް ވޮއިސް ތައާރުފުކުރީ ގެލަކްސީ އެސް 3އާ އެކު އެވެ. އެސް ވޮއިސްގެ ސަބަބުން ގެލަކްސީ އެސް 3، އެއިރު ސިފަކުރެވުނީ މީހުންނާ މުއާމަލާތްކުރެވޭ ފެންވަރަށް ބުއްދި ތަނަވަސް ފޯނެއް ގޮތުގަ އެވެ.

ސެމްސަންގް އެސް ވޮއިސް މިހާރު ބޭނުންކުރެވޭ މޮޑެލްތަކުގެ ތެރޭގައި، ގެލަކްސީ އެސް4، ނޯޓް 2، ނޯޓް3، ގެލަކްސީ އޭ3، އޭ5، އޭ8 ފަދަ ފޯނުތައް ހިމެނެ އެވެ. އަދި މި ދުވަސްވަަރުގެ ބައެއް ޓެބްލެޓްތަކުގައި ވެސް ބޭނުންކުރެވޭ ކަމަށް ބެލެވެ އެވެ.