12 އެޕްރީލް 2020
ރާއްޖެ ބަނޑަށް ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ކެއުންބުއިމުގެ ކަންތައްތައް ސަރުކާރުން ހަމަޖައްސާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ބަނޑަށް ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ކެއުންބުއިމުގެ ކަންތައްތައް ސަރުކާރުން ހަމަޖައްސާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ދުނިޔެ ބަނޑަށް ޖެހިއްޖެ ނަމަ ރާއްޖެ ވެސް ބަނޑަށް ޖެހޭނެ ކަމަށެވެ. އެކަމަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި ނަމަވެސް އެ ހާލަތަކަށް ދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގުތިސޯދަށް ބޮޑެތި އަސަރުތަކެއް ކުރިޔަސް ދަނޑުވެރިކަމާއި މެނިފެކްޗަރިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހުރިހާ ގައުމަކުން ވެސް ލޮކްޑައުންގެ ހާލަތު ބަލަނީ ވަގުތީ ކަމެއްގެ ގޮތުގައި ކަމަށާއި ކޮންޓްރޯލް ކުރެވޭ އިރަށް ހުޅުވައިލާ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، އަސާސީ ކާބޯތަކެތި ވެސް ކުރިއަށް އޮތް އަހަރަށްވާ ވަރަށް ސަޕްލައި ކޮށްދޭނެ އެވެ.
އެންއީއޯސީގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ފައްޔާޒު ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
"އަޅުގަނޑުމެން ތި ބޭފުޅުންނާ ބައްދަލުކޮށް ތަކުރާރުކޮށް ދެންނެވިން ކާޑަކަށް ނުޖެހޭނެއޭ ބައްލަވައި ނުގަންނާށޭ، ސިޓިން ރޫމަށް އެތެރެ ނުކުރާށޭ ބަސްތާ ބަސްތާ އިން. އެހެން ނަމަވެސް ބައިވަރު ބޭފުޅުން ބައްލަވައިގަތީ،" ކޮރޯނާވައިރަހުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ކާޑުގެ ބާވަތްތައް އެއްފަހަރާ ބައެއް މީހުން ގަނެ، ރައްކާކުރި މައްސަލައިގައި ފައްޔާޒު ވިދާޅުވި އެވެ.
"ގޭގައި ފަސް ބަސްތާ، 10 ބަސްތާ ދެ މީހުން އުޅޭ ގޭގައި 10 ބަސްތާ ހަނޑޫ ވައްދާފައި އެބަހުރި."
ދިވެހިން ބަނޑަށް ޖެހިޔަ ނުދޭނެ ކަމަށް ސަރުކާރުން ބުނަނީ ފައްޔާޒު ވިދާޅުވި ގޮތުގައި ޔަގީންކަން އޮތުމުންނެވެ.
"އެހެން ނަމަވެސް ސްޓޯބެރީ ނުހުރެ ދާނެ. އެއީ އަޅުގަނޑު ބަލާނެ އެއްޗެއް ވެސް ނޫން. މި ބަލަނީ އެންމެ އަސާސީކޮށް ކައިގެން ބޮއިގެން ތިބެވޭނެ ވަރު ގެރެންޓީ ކުރުން. ދައުލަތުން އެކަން ގެރެންޓީ ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، ކައިބޮއެ އުޅޭނެ ގޮތެއް ނެތިއްޖެ ނަމަ ދައުލަތުން އެކަން ވެސް ހަމަޖައްސައިދޭނެ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ބޭރު ގައުމުތަކުގައި ކައްކައިފައި ކާންދޭކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ދިވެހިން ބަނޑަށް ނުޖެހޭނެކަން ތަކުރާރު ކުރައްވައިފަ އެވެ.
ކުއްޔާނުލައި 3 އަހަރަށް ދަނޑުވެރިކަމަށް ބިންދޫކުރަނީ
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު
އަންނަ އަހަރު މެދުތެރޭގައި ބްރިޖުގެ މަސައްކަތް ފަށަނީ
ކުދި ވިޔަފާރި ކުރިއަރުވަން އެޗްޑީސީއާއެކު އެއްބަސްވުމެއް
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
ކުރިއަށް އޮތް 8 މަސް ވަރަށް ދަތިވާނެ: ފައްޔާޒު
ނުރައްކާ މިސްރާބެއް: މުސާރަ ހޯދައިދެވޭކަށް ނެތް؟
ބިދޭސީންގެ މުސާރަ މައްސަލަ ހައްލުކުރާނެ ގޮތެއް ހޯދަނީ
ރިހޭ ފައިމައްޗަށް ފޮއި: ދެން ހަދާނީ ކިހިނެއް؟
ބިދޭސީން އެތެރެކުރުމުގެ "ވައްކަން" މާ ބޮޑު: ފައްޔާޒް