Roadha Mihaaru
އެންޑްރޮއިޑަށް ބްރެއިލް ކީބޯޑެއް

ގޫގުލް އިން އެންޑްރޮއިޑަށް ބްރެއިލް ކީބޯޑެއް

11 އެޕްރީލް 2020

އެންޑްރޮއިޑް ސްމާޓްފޯނުތަކަށް ބްރެއިލް ކީބޯޑެއް ގޫގުލުން ހަމަޖައްސައިފި އެވެ. އެންޑްރޮއިޑް 5.0 އަދި މަތީ އަދަދުތަކަށް މި "އަޕްޑޭޓް" ލިބޭނެ ކަމަށް ގޫގުލުން ބުނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެންޑްރޮއިޑް ސްމާޓްފޯނުތަކަށް ބްރެއިލް ކީބޯޑެއް ގޫގުލުން ހަމަޖައްސައިފި އެވެ. އެންޑްރޮއިޑް 5.0 އަދި މަތީ އަދަދުތަކަށް މި "އަޕްޑޭޓް" ލިބޭނެ ކަމަށް ގޫގުލުން ބުނެ އެވެ.

ގޫގުލުން މި ކީބޯޑަށް ކިޔަނީ "ޓޯކްބެކް ބްރެއިލް ކީބޯޑް" އެވެ. ގޫގުލުން ބުނާ ގޮތުގައި މި ކީބޯޑަކީ އެންޑްރޮއިޑްގެ ތަބީއީ ބައެކެވެ. މާނަ އަކީ މި ކީބޯޑް ބޭނުންކުރުމަށް "ތާޑްޕާޓީ" އެޕްލިކޭޝަނެއް އަދި އެފަދަ ވަސީލަތަށް ބޭނުންނުވުމެވެ. އަދި އެންޑްރޮއިޑް ސްމާޓްފޯނުތައް ފެކްޓަރީން ނެރޭއިރު ވެސް، މި ކީބޯޑް ހިމެނިފައި ވުމެވެ.

ޓޯކްބެކް ބްރެއިލް ކީބޯޑަކީ "ފެނުމަށް ދަތި" މީހުންނަށް ޚާއްސް އެޕްލިކޭޝަނެކެވެ. މި ކީބޯޑް ކޮންމެ އެޕްލިކޭޝަނެއްގައި ވެސް ބޭނުންކުރެވެ އެވެ. ގޫގުލް ޕްލޭ ސްޓޯރުގައި، މި ފަދަ އެޕްލިކޭޝަންތައް ހުރި ނަމަވެސް، ބޭނުންކުރުން އެހައި ފަސޭހައެއް ނޫން ކަމަށް ވެ އެވެ. ބްރެއިލް އަށް ދަރަޖަކޮށްފައި ހުންނަ ބައެއް އެޕްލިކޭޝަންތައް އަގުބޮޑުވުމަކީ ވެސް، މި މައުލޫ އަށް ގޫގުލް އަށް މަޖުބޫރުވި ކަމެއް ކަމަށް ވެ އެވެ.

ގޫގުލުން ބުނެދިން ގޮތުގައި، ޓޯކްބެކް ބްރެއިލް ކީބޯޑް އުފައްދާފައި ވަނީ، މި މަސްރަހުގައި ބޭނުންކުރެވޭ މި ފަދަ އެހެން ކީބޯޑްތައް އަދި އެޕްލިކޭޝަންތަކުން ދިރާސާކުރުމަށް ފަހު އެވެ. މަގުސަދަކީ މުޅިން އާ ޓެކްނޮލޮޖީއެއް ތައާރުރުކުރުމަށް ވުރެ، މިހާރު ވެސް ބޭނުންކޮށް ފަރިތަ ޓެކްނޮލޮޖީއެއް ފަސޭހަކޮށް ދިނުމެވެ.

ޓޯކްބެކް ބްރެއިލް ކީބޯޑުން ލިޔަމުން ދާއިރު، އަކުރުތައް ފުހުން އަދި އާ ފޮޅުވަތަކުން ފަށައިގަތުން ފަދަ ބޭނުންތައް ފަސޭހަކުރެވިފައި ވާނެ ކަމަށް ގޫގުލުން ބުނެ އެވެ.