03 އެޕްރީލް 2020
ބްރުސެލްސް (އޭޕްރީލް 3) – ކޮރޯނާވައިރަސް ފެތުރޭތީ މެދުކަނޑާލާފައި އޮތް ބެލްޖިއަމްގެ ޕްރޯ ލީގު މި ހިސާބުން ކެންސަލްކުރުމަށް ފަހު ލީގުގެ އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ތަށި ދޭން އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ބޯޑުން ނިންމައިފި އެވެ.
ބްރުސެލްސް (އޭޕްރީލް 3) – ކޮރޯނާވައިރަސް ފެތުރޭތީ މެދުކަނޑާލާފައި އޮތް ބެލްޖިއަމްގެ ޕްރޯ ލީގު މި ހިސާބުން ކެންސަލްކުރުމަށް ފަހު ލީގުގެ އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ތަށި ދޭން އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ބޯޑުން ނިންމައިފި އެވެ.
ބްރޫޖް މި ވަގުތު އޮތީ ލީގުގެ އެއް ވަނައިގައި 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތީ ގެންޓް އެވެ. ލީގު ހުއްޓާލީ 30 މެޗު ކުޅޭ ފުރަތަމަ ބުރުގެ ބާކީ އެއް މެޗު އޮއްވަ އެވެ. ލީގު ރޭވިފައިވާ ގޮތުން ފުރަތަމަ ބުރުގައި 16 ޓީމު ކުޅޭނެ އެވެ. އަދި ދެ ވަނަ ބުރަށް ހޮވޭނީ ގަދަ ހަ ޓީމެވެ. ޗެމްޕިއަންކަން ލިބޭނީ އެ ބުރުން އެއް ވަނަ ދާ ޓީމެކެވެ.
ލީގު މި ހިސާބުން ހުއްޓާލުމަށް ފަހު ބޯޑުން ވަނީ އެ ހުށަހެޅުން ޖެނެރަލް އެސެމްބްލީ އަށް ހުށަހަޅައިފަ އެވެ. ރަސްމީ ސިފައެއްގައި މި ނިންމުން އިއުލާނުކުރާނީ މި މަހުގެ 15 ވަަނަ ދުވަހު އެވެ. ރަސްމީކޮށް ކަންކަން ނިންމުމުގައި ލަސްވަނީ ޔޫރަޕްގެ މަގާމުތަކަށް ހޮވޭ ޓީމުތަކާއި ރެލިގޭޓްވާ ޓީމުތައް ކަނޑައެޅުމުގަ އެވެ.
ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ އިން އެއްވެސް ގައުމެއްގެ ފުޓްބޯޅަ ސީޒަން ކެންސަލް ނުކުރަން އެދިފައިވަނިކޮށް ބެލްޖިއަމުން ލީގު ހުއްޓާލަން ނިންމުމާ އެކު ބްރޫޖް ވެފައިމިވަނީ ޔޫރަޕްގައި މި ގޮތަށް ނިންމި ފުރަތަމަ ގައުމަށެވެ. ބެލްޖިއަމް އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ އުނދަގޫ ނިންމުމެއް ނަމަވެސް މި ވަގުތު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު މި ނޫން ގޮތެއް ނެތް ކަަމަށެވެ.
"ވަރަށް އުނދަގޫ ކަމެއް ޖޫން 30 ގެ ކުރިން ސަޕޯޓަރުންގެ ކުރިމަތީގައި މެޗުތައް ކުޅުމަކީ. ސަޕޯޓަރުން ނުވައްދައި ކުޅުމަކީ ވެސް ކުރެވެން އޮތް ކަމެއް. އެކަމަކު އަހަރެމެން ބޭނުމެއް ނޫން ސިއްހީ މަސައްކަތްކުރާ ފަރާތްތަކާއި ފުލުހުންނަށް އިތުރު ކަންތައްތަކެއް ކުރިމަތިކުރުވައިގެން އަހަރެމެންގެ ކަންތައްތަކެއް ކުރާކަށް. އެގޮތަށް ބަލާފައި މި ނިންމީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނީ މިހާރު އޮތް ސީޒަން ނިންމާލާފައި ފުރުސަތު ލިބުމުން އަންނަ ސީޒަން ފެށުމަށް،" ބެލްޖިއަމް އެފްއޭގެ ބަޔާނުގައިވެ އެވެ.
ޔުއެފާގެ ލަފައެއް ނެތި ބެލްޖިއަމުން ލީގު ނިންމާލުމާ އެކު އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުން އެ ޓީމަށް ފުރުސަތު ނުދިނުމުގެ ބިރު އެބައޮތެވެ. ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ސީޒަން ފުރިހަމަނުކުރާ ގައުމުތަކުގެ ކްލަބްތަކަށް އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ނުދިނުމަށް ޔުއެފާ އިން ވަނީ ގައުމުތަކާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސްތަކުގައި މަޝްވަރާކޮށްފަ އެވެ. ޔުއެފާ އިން ވަނީ އަންނަ ސީޒަން ފެށުން ލަސްކޮށްފައި ވިޔަސް މި ފަހަރުގެ ފުޓްބޯޅަ ސީޒަން ނިންމުމަށް ލަފާދީފަ އެވެ.
ބެލްޖިއަމް ސަރުކާރުން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 1000 އަށް އަރައިފަ އެވެ. އަދި އެ ގައުމުން މި ވައިރަހަށް މިހާތަނަށް ވަނީ 15،500 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
ބެލްޖިއަމްގެ ޗެމްޕިއަންކަން ބްރޫޖަށް ދޭން ފާސްކޮށްފި
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް
ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއްނުޖެހި މާޔޫސްކަން
ކޯޓުއާ ނުލައި ޔޫރޯ އަށް، ބެލްޖިއަމް އެ ހަދަނީ ގޯހެއް
ބަޑީގެ ހަމަލާއަކާހެދި ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ބެލްޖިއަމްގެ ކޯޗު ދެކެ ކޯޓްއާ ހިތްހަމަނުޖެހިއްޖެ