01 އެޕްރީލް 2020
ކޮވިޑް19 އާ ގުޅޭ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމުގައި ސަރުކާރާއި މީޑިއާތަކާއި ޖަމިއްޔާތައް ގުޅިގެން ރާއްޖޭގައި ކުރާ މަސައްކަތަށް އެމެރިކާގެ ސަފީރު، އެލައިނާ ޓެޕްލީޒް މިއަދު ތައުރީފް ކުރައްވައިފި އެވެ.
ކޮވިޑް19 އާ ގުޅޭ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމުގައި ސަރުކާރާއި މީޑިއާތަކާއި ޖަމިއްޔާތައް ގުޅިގެން ރާއްޖޭގައި ކުރާ މަސައްކަތަށް އެމެރިކާގެ ސަފީރު، އެލައިނާ ޓެޕްލީޒް މިއަދު ތައުރީފް ކުރައްވައިފި އެވެ.
ސަފީރު ކުރެއްވި ޓުވީޓެއްގައި ވަނީ ކޮރޯނާ ވައިރަހާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުން ހުއްޓުވައި އަވަހަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ، ރާއްޖެ އިން އަމަލުކުރަމުން އަންނަ ގޮތަކީ ނަމޫނާއެއް ކަމަށެވެ. އެކަމުގައި، ކަމާބެހޭ އިދާރާތަކުން އަދާކުރާ ދައުރު އޭނާގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
The timely & accurate #COVID19 myth busting material circulating in #Maldives is preventing an #infodemic. The coordinated effort by the govt, media & #civilsociety to manage #misconceptions is a model! @HPA_MV @maldivianrc @NDMAmv @mmc_mv @broadcomMV @MNDF_Official
— Ambassador Teplitz (@USAmbSLM) April 1, 2020
ކޮރޯނާވައިރަހާ ގުޅޭ ގޮތުން ރައީސް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން އަންނަނީ ކޮންމެ ދުވަހަކު ދެ ފަހަރަށް ޕްރެސް ކޮންފަރެންސް ބާއްވަމުންނެވެ. މި ބައްދަލުވުންތަކުގައި، ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިން އަހާ ސުވާލުތަކާއި، ސަރުކާރުން އަޅާ ފިޔަވަޅުތަކާއި ރައްކާތެރިކަމުގެ މައުލޫމާތު އަންނަނީ ފޯރުކޮށްދެމުންނެވެ.
މީގެއިތުރުން އެޗްޕީއޭ އިން ވަނީ މި ވައިރަހަށް އާއްމުން ހޭލުންތެރިކުރުވައި ރައްކާތެރިވެ ތިބުމުގެ ގިނަ މައުލޫމާތުތަކެއް ނޫސް ބަޔާނުންނާއި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި ޑޮކްޓަރުންނާއި ދާއިރާގެ އެހެނިހެން ވެސް ބޭފުޅުން މެދުވެރިކޮށް ގެނެސްދެމުންނެވެ.
އާއްމުންގެ ސުވާލުތަކަށް ސޯޝަލް މީޑިއާގައި ޑޮކްޓަރުން ސީދާ ޖަވާބު ދެއްވުމަކީ ވެސް ކަންކަން އޮޅުންފިލައި ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އެކުލަވާލި ޓާސްކް ފޯހާއި މި ވައިރަސް ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ސިދާ ހަރަކާތްތެރިވެވަޑައިގަންނަވާ ޑޮކްޓަރުން ވެސް އެކި ގޮތްގޮތުން އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަ އެވެ.
މީގެއިތުރުން، އެކި ޖަމިއްޔާތަކާއި ވިޔަފާރިތަކުން ވެސް އަންނަނީ ބައްޔަށް ހޭލުންތެރިކުރުވަން ވީޑިއޯތައް ވެސް އާއްމުކުރަމުންނެވެ.
ކޮރޯނާ ވައިރަހަށް ރާއްޖެ އިން މިހާތަނަށް ވަނީ 19 މީހަކު ޕޮޒިޓިވްވެފަ އެވެ. މީގެތެރޭގައި ހަތަރު ދިވެއްސަކު ހިމެނެ އެވެ. މި އެންމެންނަކީ ވެސް ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރޭ އިނގިރޭސިވިލާތުން އައިސް ކަރަންޓީނު ފެސިލިޓީސްގައި ތިބި މީހުންނެވެ.
ޗައިނާގެ ވޫހާންގައި މިދިޔަ ޑިސެމްބަރު، 31، ގައި މި ވައިރަސް ފެތުރި ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަން އިއުލާންކުރި އިރު ރާއްޖެ އިން ވަނީ ދުރާލައި ތައްޔާރުވާން ފަށައިފަ އެވެ. މި ބައްޔާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބައްދަލުވުންތައް ބާއްވައި، ކަމާގުޅޭ އިދާރާތަކާ އެކު އަޅަން ޖެހޭ ފިޔަވަޅުތަކާއި ވަސީލަތްތައް ވެސް ދިޔައީ ހޯދަމުންނެވެ. އާއްމުންގެ ތެރޭގައި މި ބަލި ނުފެތުރި، މިހާތަނަށް އޮތީ ވެސް މި ފިޔަވަޅުތަކުގެ ސަބަބުން ކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ ތަންތަނުން އަންނަނީ ފާހަގަކުރަމުންނެވެ.
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ހިޔާލު ފާޅުކުރުމަށް ސަރުކާރުން ހުރަހެއް ނާޅާނެ: ރައީސް
ނޫސްވެރިންގެ ހޫނު ސުވާލުތަކާއި ރައީސްގެ ދިފާއު
ކޮވިޑުގެ ރާއްޖޭގެ މަންޒަރު ކިޔައިދޭން އެބަޖެހޭ: ރައީސް
ބަންގާޅީންނޭ ބުނުމުން ޑރ. ނަޒްލާއަށް ކެތެއް ނުކުރެއްވުނު!
ސަރުކާރަށް އެއް އަހަރު، 100 ދޭން ޖެހޭ ތިން ކަމެއް
20،000ރ.ގެ މަގާމް އިއުލާންކުރީ ވަކި މީހަކަށް؟
ނޫސްވެރިން އިހުމާލުވެއްޖެ ނަމަ ފިތުނަ އުފެދޭނެ: ރައީސް
ޕްރެސް ފްރީޑަމްގައި ރާއްޖެ 22 ދަރަޖަ ކުރިއަށް