26 މެއި 2021
ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ބޮޑަށް ގޯސްވެ، ސަރުކާރުގެ ކަމާ ބެހޭ އެންމެ އިސް ބޭފުޅުން ރައްޔިތުންނަށް ނުފެންނަ ޝަކުވާތަކަށް ރޭ ވަނީ ނިމުމެއް އައިސްފަ އެވެ! ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ އެކު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޓެގް ޓީމްގައި މި ވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިިވެ ވަޑައިގަންނަވާ އެއް ޑޮކްޓަރު ނަޒްލާ މުސްތަފާ އެކުއެކީ ރޭ ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ! މިއީ، ކޮވިޑްގެ ހާލަތުގައި ރައީސް މިގޮތަށް ޓީމަކާ އެކު ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ބޮޑަށް ގޯސްވެ، ސަރުކާރުގެ ކަމާ ބެހޭ އެންމެ އިސް ބޭފުޅުން ރައްޔިތުންނަށް ނުފެންނަ ޝަކުވާތަކަށް ރޭ ވަނީ ނިމުމެއް އައިސްފަ އެވެ! ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ އެކު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޓެގް ޓީމްގައި މި ވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިިވެ ވަޑައިގަންނަވާ އެއް ޑޮކްޓަރު ނަޒްލާ މުސްތަފާ އެކުއެކީ ރޭ ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ! މިއީ، ކޮވިޑްގެ ހާލަތުގައި ރައީސް މިގޮތަށް ޓީމަކާ އެކު ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ގޯސްތަކެއް ހެއްދެވިއްޖެ ކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވިޔަސް، ރައީސަށް ރޭ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ފަސޭހަ ސުވާލުތަކަކާ ނޫނެވެ. ޕްރެސް ކޮންފަރެންސެއްގައި މީގެ ކުރިން ރައީސާ ނުކުރާ ވަރަށް ސީދާކޮށް، އަދި އެމަނިކުފާނުގެ ގާބިލް ކަމާ ދޭތެރޭ ބައެއް ނޫސްވެރިން ރޭ ވަނީ ސުވާލު ކޮށްފަ އެވެ. އަދި، ބައެއް ސުވާލުތަކަށް ރައީސް ދެއްވި ޖަވާބުތަކާ ގުޅިގެން، "ތި ހައްދަވަނީ ހަމަ ތެދުފުޅުތޯ" ވެސް ނޫސްވެރިއަކު ސުވާލު ކުރި އެވެ.
ނޫސްވެރިން ވެސް އަދި އާންމުންގެ ހިތުގައި ވެސް ވަރަށް ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އެ ސުވާލުތައް ރޭ ނޫސްވެރިން ބަރިބަރި އަށް އަތުރައިލި އެވެ! އެއް ކަމަކީ، ކޮވިޑްގެ ކޮންޓްރޯލް ސަރުކާރުގެ އަތުން ދޫވީ ކީއްވެ ހެއްޔެވެ؟ ދެވަނަ ކަމަކީ، ގަނެގެން އޯޑަރު ދޭ އެއްވެސް އެއްޗެއް [ވެންޓިލޭރާއި ވެކްސިން] ދުވަހަކު ވެސް ލިބޭތަން ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ތިން ވަނަ ކަމަކީ، މިހެން ވާނެކަން އެނގޭ އިރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި އެހާ ބޮޑެތި ދޫތަކެއް ދިނީ ކީއްވެ ހެއްޔެވެ؟ އަނެއްކަމަކީ، އެންމެ ނުރައްކާތެރި ހާލަތަކަށް ސަރުކާރުން ތައްޔާރު ކަމަށް އެތައް ފަހަރަކު ބުނެފައިވާއިރު، ހާލަތް ކުރިމަތިވި އިރު އެ ތައްޔާރީތައް ނުފެނުނީ ކީއްވެ ހެއްޔޭ އެވެ؟
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެ ހުރިހާ މައްސަލަތަކެއް ހުރެ، އަދި 70 އަށް ވުރެ ގިނަ ރަށް "ބަންދުކޮށް"، ހާހަކަށް ވުރެ ގިނަ މީހުން ދުވާލަކު ޕޮޒިޓިވްވެ، ވެކްސިން ހުސްވެ، އެއް ދުވަހުން 13 މީހުން މަރުވުން ބައެއް ނޫސްވެރިން ސިފަ ކުރީ އެއީ ސަރުކާރު ފެއިލްވުން ކަމަށެވެ. އެކަމަކު ރައީސް އެކަން ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި ސަރުކާރު ފެއިލްވެއްޖެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ދެ ފަހަރެއްގެ މަތިން ރައީސް ރޭ ތަކުރާރު ކުރެއްވި އެވެ.
"ކޮވިޑް މެނޭޖް ކުރުމުގައި ސަރުކާރު ފެއިލް ވެއްޖެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަންް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރު ފެއިލް ވެފައި ނުވާ ކަމަށް ރައީސް ދައްކަވާ ހެކިތަކަކީ މި އެވެ؛ ރާއްޖެ ކަހަލަ ގައުމެއްގެ ދައުލަތް ހިންގުމަށް ބޭނުންވާ ފައިސާ މި ހާލަތުގައި ވެސް ސަރުކާރުން އެއްކޮށްފައި ހުރި ކަމެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހާފައި އޮތް އޮތުމެވެ. އަދި ކޮވިޑް ފެސިލިޓީތައް ހުރީ ރަނގަޅަށް ކަމެވެ.
އެކަމަކު ރައީސް ވެސް އެއްބަސްވެ ވަޑައިގެންނެވި އެއް ކަމަކީ، ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރަށް ގޯސްތަކެއް ހެދިފައިވާ ކަމެވެ.
"ދުނިޔޭގެ އެކި ހިސާބުގައި ވެސް އެކި ގައުމުތަކުގައި ތަފާތު އެކި މިސްޓޭކްސް ހަދަމުން އައި. މި ކަންކަން އައީ ދަސްކުރަމުން، ބަދަލުތައް ގެންނަމުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އިކޮނޮމީ އަކީ، ވަރަށް ކުޑަކުޑަ އިކޮނޮމީއެއް. އެޅޭ ފިޔަވަޅަކުން މުޅި އިކޮނޮމީ އަށް އޭގެ ނޭދެވޭ ނަތީޖާ ފޯރައިފާނެ. އަޅުގަނޑުމެން އެކަމަށް ބެލިން. މިދިޔަ އަހަރުގެ އެޕްރީލް އާ ހަމައަށް އައިއިރު ވަރަށް ރަނގަޅަށް މިކަން ކޮންޓްރޯލް ކުރެވުނު،" ރައީސް ވިދާޅުވި އެވެ.
"އެޕްރީލް މަހުގެ ކުރީކޮޅު ދެވުނު ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ކަންތައްތައް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. [އެކަމަކު] އެ ޒިންމާ ކޮންމެހެން ވަކި ބައެއްގެ ބޮލުގައި އަޅުވާކަށް ނެތިން. އެކަން ރަނގަޅު ކުރެވޭތޯ އަޅުގަނޑު މި ބަލަނީ."
ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ އެކު އެޕްރީލްގެ ކުރީކޮޅު ލުއިތައް ދިން ދުވަސްވަރަކީ ތަފާތު ވޭރިއަންޓްތަކެއް ދުނިޔޭގައި ފެތުރިގެން ދިޔަ ދުވަސްވަރަކަށް ވާތީ، ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވުމުގައި އެއީ ވެސް އެއް ސަބަބު ކަމަށް ވެދާނެ ކަމަށެވެ. އެކަމަކު ރައީސް ވިދާޅުވީ، ލުއިތައް ދިނުމުގައި ވިސްނެވީ، ކަންކަން ވަރަށް ބެލެންސްކޮށް ގެންދިއުމުގެ ސިޔާސަތަކަށް ކަމަށެވެ. ލޮކްޑައުންއެއްގައި ތިބުމަކީ ރައްޔިތުންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ދައްޗެއް ކަމަށާއި އޭރު ދިން ލުއިތަކަކީ އޭރުގެ ހާލަތަށް ބަލާފައި އެޅި ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރަށް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފަ އެވެ. އަދި އެކަމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި މިނިސްޓަރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
"މިދިޔަ އަހަރު ވެސް އެހީގެ ގޮތުގައި 1.34 ބިލިއަން ޑޮލަރުގެ އެހީ އާއި ލޯނު އެބައޮތް ހޯދާފައި. މިއީ ރާއްޖޭގެ މިފަހުގެ ތާރީހެއްގައި ނުކުރެވޭ ވަރުގެ ކަމެއް. އެހީގެ ގޮތުގައި 872 މިލިއަން ޑޮލަރު އެކި ގޮތްގޮތުން ލިބިފައި. ލޯނުގެ ގޮތުގައި 465 މިލިއަން ލިބިފައި،" ރައީސް ވިދާޅުވި އެވެ. "ހަމަ އެގޮތަށް މި އަހަރު ވެސް މިހާތަނަށް އައިއިރު މާކެޓަށް ނުކުމެ މި ހާލަތުގައި 300 މިލިއަން ޑޯލަރުގެ ސުކޫކު މިވަނީ ވިއްކާފައި. އޭގެ ތެރެއިން މި އަންނަ އަހަރު ދައްކަން ޖެހޭ 275 މިލިއަން ޑޮލަރުގެ 75 ޕަސެންޓް މިވަނީ ދައްކާފައި."
އެކަމަކު ސަރުކާރުން އަނެއްކާ ވެސް ބަރޯސާ މި ވަނީ ލޯނަށްތޯ ނޫސްވެރިން ސުވާލު ކުރުމުން ރައީސް އެއަށް ވެސް ޖަވާބު ދެއްވި އެވެ. އަދި ފައިސާ ޗާޕްކޮށް، އޭގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ ރޭޓް 18-19ރ. އަށް އުޅޭއިރު ސަރުކާރުގެ ޕްލޭނަކީ ކޮބައިތޯ އާއި މި ހާލަތުން ސަލާމަތްވާން ހެދި ޕްލޭންތަކުގެ އަސަރު ނުކުރަނީ ކީއްވެގެންތޯ ވެސް ނޫސްވެރިން ސުވާލުކުރި އެވެ.
"މި އަހަރު އަޅުގަނޑުމެން އަންދާޒާކޮށްގެން މި ތިބީ އިކޮނޮމީ ރިކަވަރީއެއް އަންނާނެ ކަމަށް. އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބުނެފައި އޮތީ 17-18 ޕަސެންޓްގެ ރިކަވަރީއެއް ރާއްޖެ އަށް އަންނާނެ ކަމަށް. އެހެންނަމަވެސް މިހާރު އަންދާޒާ ކުރެވޭ ގޮތުން ރާއްޖެ އަށް މި އަހަރު އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖިއްޔާ 21-28 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް އަންނާނެ. މިހާރު ވެސް ރާއްޖެ އަށް 444885 މީހުން ފަސް މަސްތެރޭގައި. އަޅުގަނޑު ގަބޫލުކުރަނީ ޖުލައިގައި މިކަން ރަނގަޅުވެ ހަމައަކަށް އެޅޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ކޮވިޑްގެ މިހާރުގެ ހާލަތަކީ، ގަބޫލު ކުރަން އުނދަގޫ އަދި ސަރުކާރަށް އެކަން މެނޭޖްނުކުރެވިގެން ދިމާވި ހާލަތެއް ކަމަށް ނޫސްވެރިން ދެކެ އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތަށް، ހޮސްޕިޓަލްތަކުގައި އެނދު ނެތް ކަމާއި ބަލި މީހުންނަށް އަޅާނުލެވި، މަރުވާ ރޭޓް މައްޗަށް ގޮސް އާންމުންްގެ ޝަކުވާތައް ރޭ ރައީސްގެ ކުރިފުޅު މައްޗަށް އޮއްސާލި އެވެ. އެ ވާހަކަތަކާ ވިދިގެން، އެއް ނޫސްވެރިޔަކު ސުވާލު ކުރަމުން، "މިކަންކަމުގެ ޒިންމާ ރައީސަށް އަދާނުކުރެވޭ ނަމަ އިސްތިއުފާ ދެއްވާނަންތޯ" ވެސް އެހި އެވެ.
"އަޅުގަނޑުމެންގެ ފެސިލިޓީ ވެސް، އައިސީޔޫ ވެސް އަދި ވެންޓިލޭޓަރު ވެސް އަދި އޮކްސިޖަން ވެސް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
"ކޮވިޑަށް އަޅުގަނޑުމެން ތައްޔާރުވަމުން އައީ އަންދާޒާތަކެއްގެ މައްޗަށް ބަަލައިގެން. އެއާ ގުޅިގެން މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެސިލިޓީތައް ގާއިމްކުރީ. އެ ފެސިލިޓީތައް ފުރިގެން އެ ފެސިލިޓީތަކަށް ނުތަކާ ވަރެއް ނުވޭ. އަޅުގަނޑުމެންނަށް މި ދަތިވަނީ ހިއުމަން ރިސޯސް. މޭން ޕަވާ."
އެ ފެސިލިޓީތައް ފުރިގެން އެ ފެސިލިޓީތަކަށް ނުތަކާ ވަރެއް ނުވޭ. އަޅުގަނޑުމެންނަށް މި ދަތިވަނީ ހިއުމަން ރިސޯސް. މޭން ޕަވާ
ރައީސް ވިދާޅުވި ގޮތުގައި، އެންމެ މައްސަލަ ބޮޑު ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި އެތާނގައި 276 އެނދާއި 11 އެނދު އެބަހުއްްޓެވެ. އަދި ވެންޓިލޭޓަރާ އެކު 18 އެނދު ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
"އެތަނުގައި 116 ނަރުހުން އެބަ ހިދުމަތް ކުރޭ. [އަޅުގަނޑުމެންނަށް] ލަފާ ދެއްވާފައި އޮތީ ކޮންމެ ބަލި 10 މީހަކަށް ނަރުހެއް ހުންނަ ގޮތަށް ހަމަޖައްސައިދޭން. އަދި ކޮންމެ 20 ބަލި މީހަކަށް ޑޮކްޓަރެއް ބަހައްޓަން ޖެހޭނެ ކަމަށް. އެގޮތަށް އެ ނިސްބަތުން އަޅުގަނޑުމެން އެ ފެސިލިޓީ ގާއިމްކޮށްފައި އެ ވަނީ. އެކަމަކު އަޅުގަނޑު ވެސް ގަބޫލުކުރަން އެތާނގައި ދަތިތަކެއް އެބަހުރި."
ދެން އެންމެ ހޫނުވި އެއް މައްސަލައަކީ ވެކްސިންގެ މައްސަލަ އެވެ. ވެކްސިން ލިބޭނެ ކަމުގެ އުންމީދުގައި އެތައް ބަޔަކު ތިއްބާ ވެކްސިން ލިބޭނެ ކަމަށް ބުނި ތާރީހުތައް ފަހަނައެޅީ ކީއްވެގެންތޯ ނޫސްވެރިން އެހުމުން ރައީސް ވިދާޅުވީ، އޭގައި ތަފާތު މައްސަލަތައް ދިމާވެގެން އުޅޭ ކަމަށެވެ. އަނެއްކޮޅުން ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވި އެންމެ މައިގަނޑު ޕޮއިންޓަކީ، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އެއްވެސް މީހަކަށް އެންމެ ޑޯޒެއް ވެސް ނުދެނިކޮށް އުޅެނިކޮށް ވެކްސިންގައި ރާއްޖެ ހޯދި ކާމިޔާބީ އެވެ.
"ވެކްސިން ޖެހުމުގައި ވެސް އަޅުގަނޑުމެން މިތިބީ ދުނިޔޭގެ ކުރީ ސަފުގައި. އެއީ ވެސް ސަރުކާރުން ކުރި ވަރަށް ބޮޑު މަސައްކަތެއް. އަޅުގަނޑުމެންގެ ރާއްޖޭގައި [އާބާދީގެ] 69 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް 35 ޕަސެންޓް ޖަހައިފި."
ކޮވިޑުގެ ރާއްޖޭގެ މަންޒަރު ކިޔައިދޭން އެބަޖެހޭ: ރައީސް
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
މާލެ ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް ބަންދު
ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ: ރައީސް
ނަޝީދު މާސްކު ނާޅުއްވާ މައްސަލާގައި ފުލުހުން ހިމޭނުން
ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފި
ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ، ފިޔަވަޅުތައް ކާމިޔާބު
ރައީސް، މިރޭ ގައުމާ މުޚާތަބު ކުރައްވަނީ
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ
ފިޔަވަޅުތަކާ މެދު ވަޒީރުން މަޝްވަރާކުރައްވައިފި