ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޗެލެންޖް ކާމިޔާބުވެ، އިންސްޓަގްރާމާއި ޓްވިޓާ އަދި ފޭސްބުކްގައި އެތައް ދިވެހިންނެއްގެ އަޑުން ގުރުއާންގެ އާޔަތްތައް އިއްވާލައިފި އެވެ.
01 އެޕްރީލް 2020
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޗެލެންޖް ކާމިޔާބުވެ، އިންސްޓަގްރާމާއި ޓްވިޓާ އަދި ފޭސްބުކްގައި އެތައް ދިވެހިންނެއްގެ އަޑުން ގުރުއާންގެ އާޔަތްތައް އިއްވާލައިފި އެވެ.
ކޮރޯނާވައިރަސްގެ ބިރުގައި މުޅި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅުގައި މާތް ﷲއަށް ކުއްތަންވުމުގެ ގޮތުން ޝަހީމް ފެއްޓެވި ޗެލެންޖްގައި ކުޑަކުދިން ފެށިގެން، ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ފޯރީގައި ބައިވެރިވެވަޑައިގަންނަމުންނެވެ.
މި ޗެލެންޖް އައީ ސޯޝަލް މީޑިއާގައި ތަފާތު އެހެން ޗެލެންޖްތައް ވެސް ކުރިއަށް ދަނިކޮށެވެ. އޭގެ ތެރެއިން އެއް ޗެލެންޖަކީ ޓޮއިލެޓް ޕޭޕާ ރޯލެއް ވައްޓާނުލައި ދެތިން ފަހަރު ފައިން ޖެހުމެވެ. އެ ޗެލެންޖްގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Journalism student @Ahmed_Zaamil reciting Quran in one of our classes, before the closure.
— Sham'aan Shakir (@Shammaan) March 30, 2020
Maa Sha Allah#QuranChallengeMV#Covid19#StayAtHome pic.twitter.com/THrQa04C18
ނަމަވެސް ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި މިހާރު އެންމެ ގަދައީ އެންމެ ބާރަށް ހިނގަނީ ގުރުއާންގެ ކިޔެވުމުގެ ޗެލެންޖެވެ..
މިދިޔަ އާދިއްތަ ދުވަހު ޝަހީމް އެ ޗެލެންޖް ފެއްޓެވީ މިއީ ދުނިޔެ އާއި އިސްލާމީ އުއްމަތަށް ވެސް ހިތާމަވެރި ވަގުތަކަށް ވާތީ ﷲ އަށް ކުއްތަންވުމުގެ މަގުސަދުގަ އެވެ.
މި ޗެލެންޖްގައި ގުރުއާނުން ވަކި މިންވަރެއް ކިޔެވުމަށް ފަހު އެހެން މީހަކަށް ދައުވަތު ދެ އެވެ. އޭރުން އެ މީހަކު އެކަން ގަބޫލުކޮށް، އޭނާ ވެސް ގުރުއާންގެ އާޔަތްތަކެއް ކިޔަވައި، ސޯޝަލް މީޑިއާގައި އެ ހިއްސާކުރެ އެވެ.
ޝަހީމް "މިހާރު" އަށް ވިދާޅުވީ ގުރުއާން ޚަތިމްކުރުމުގެ ހަރަކާތެއް ފެއްޓެވީ ދިވެހިންނަށް ވެސް ދަތި މި ދުވަސްތައް ގުރުއާނާ އެކު ހޭދަކުރަން ކަމަށެވެ. ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ ސޯޝަލްމީޑިއާގައި ގިނަ ވަގުތު ހޭދަވާނެ ކަމަކަށް ވާތީ، އެއް ބޭނުމަކީ ގުރުއާނުން ފޭސްބުކާއި ޓުވިޓާ އަދި އިންސްޓަގްރާމް ފުރާލުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. "މީހުންގެ ކިޔެވުން އަޑު އިވޭނެ. އަދި މި ޗެލެންޖުން އެންމެންނަށް ސަވާބު ލިބޭނެ،" ޝަހީމް ވިދާޅުވި އެވެ.
ފޮއްދޫގެ ފުރަތަމަ ހާފިޒަކަށް އިޔާން
ނައިފަރު ގުރުއާން ސެންޓަރަށް ވަގުފު ފަންޑުން އެހީވަނީ
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ދަރިފުޅު, ދެވަނަ ޝަހީމްގެ ގޮތުގައި އުފެދެނީ!
ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގައި 600 ބައިވެރިން
ޝަމީމްގެ ކިޔެވުން، އެންމެންގެ ހިތް އަތުލައިފި
ގުރުއާނުން ސޯޝަލްމީޑިއާ ފުރާލުމުގެ ޗެލެންޖެއް
އޯއައިސީގެ ޖަލްސާގައި ޝަހީމްގެ ގުރުއާން ކިޔެވުން
ގުރުއާން މުބާރާތްތައް ނުބާއްވާތީ ޝަހީމްގެ ކަންބޮޑުވުން
ގުރުއާން މުބާރާތުން ވަނަހޯދި އަޝްރަގަށް ސްކޮލަޝިޕެއް