ޒުވާނުންނަށް އަމާޒުކޮށްގެން، 100 ހާފިޒުން އުފެއްދުމަށް އިލްމު އިންސްޓިޓުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން އަންނަ ހަފްތާ ބަންދުގައި ފަށާ ޕްރޮގްރާމްގައި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށާއި އަދިވެސް ބައިވެރިވާން ބޭނުންވާ މީހުން ތިބުމުން އަލުން ފުރުސަތު ހުޅުވާލާނެ ކަމަށް އެ އިންސްޓްޓިއުޓުން ބުނެފި އެވެ.
05 ޑިސެމްބަރ 2021

އިލްމު އިންސްޓްޓިއުޓްގެ ފަރާތުން ހާފިޒުން އުފެއްދުމުގެ ޕްރޮގުރާމްގައި ބައިވެރިވާން ހުޅުވާލީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
އެ އިންސްޓިޓިއުޓްގެ ވެރިއެއްގެ ގޮތުގައި މިހާރު ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އިލްމު އިންސްޓިޓިއުޓްގެ ފަރާތުން އިއުލާނުކުރި ހާފިޒުން އުފެއްދުމުގެ މަޝްރޫއުގެ 600 ދަރިވަރުންނާ އެކު މި ހަފްތާ ބަންދުގައި ފަށަން ނިންމާފައިވާ ކަމަށެވެ.
ކްލާސްތަކުން ޖާގަ ހޯދަން ގިނަ ފަރާތްތަކަކުން އަދިވެސް އެދެމުންދާތީ، ހެނދުނު ދަންފަޅިއަށް ހާއްސަކޮށް ރަޖިސްޓްރީވާން އަލުން ހުޅުވާލާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ކުލާސްތައް ބޭއްވިގެންދާނީ ފުރިހަމަ މާހައުލެއްގައި. އޭސީ ކުރެވިފައިވާ ކުލާސްރޫމްތައް. އެއިން ކޮންމެ ކުލާސްރޫމެއްގައި ސްމާޓް ބޯޑު ބެހެއްޓިފައިވާނެ. އަދި ރާގު ދަސްކޮށް ގާރީންގެ ކިޔެވުން އަޑު އެހުމަށް ހާއްސަ ލެބެއް ގާއިމުކުރެވިފައިވާނެ. ހާއްސަ ލައިބްރަރީއެއް ވެސް ގާއިމުކުރެވިފައިވާނެ،" ޝަހީމް ވިދާޅުވި އެވެ.
މިއީ ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއްގައި މިހާ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ ފުރަތަމަކަން އޭނާ ފާހަގަކުރެއްވި އެވެ.
ފޮއްދޫގެ ފުރަތަމަ ހާފިޒަކަށް އިޔާން
ނައިފަރު ގުރުއާން ސެންޓަރަށް ވަގުފު ފަންޑުން އެހީވަނީ
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ދަރިފުޅު, ދެވަނަ ޝަހީމްގެ ގޮތުގައި އުފެދެނީ!
ޝަމީމްގެ ކިޔެވުން، އެންމެންގެ ހިތް އަތުލައިފި
ގުރުއާން ޗެލެންޖުން ސޯޝަލް މީޑިއާ ފުރާލައިފި
ގުރުއާނުން ސޯޝަލްމީޑިއާ ފުރާލުމުގެ ޗެލެންޖެއް
އޯއައިސީގެ ޖަލްސާގައި ޝަހީމްގެ ގުރުއާން ކިޔެވުން
ގުރުއާން މުބާރާތްތައް ނުބާއްވާތީ ޝަހީމްގެ ކަންބޮޑުވުން
ގުރުއާން މުބާރާތުން ވަނަހޯދި އަޝްރަގަށް ސްކޮލަޝިޕެއް