Roadha Mihaaru
ފުލުހުންގެ މަގްސަދަކީ އިތުބާރުކުރެވޭ ބަޔަކަށްވުން: ސީޕީ

ފުލުހުންގެ މަގްސަދަކީ އިތުބާރުކުރެވޭ ބަޔަކަށްވުން: ސީޕީ ހަމީދު

29 މާޗް 2020

ފުލުހުންގެ މަގްސަދަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރާ އިތުބާރު ކުރެވޭ ބަޔަކަށް ވުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ފުލުހުންގެ މަގްސަދަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރާ އިތުބާރު ކުރެވޭ ބަޔަކަށް ވުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުން ފާހަގަކޮށް ސީޕީ ހަމީދު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ފުލުހުންނާ މެދު އޮތުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ފަސޭހަވެގެން ދާނީ ވެސް ރައްޔިތުންގެ އެއްބާރުލުމާއި އިތުބާރާ އެކު ކަމަށް ހަމީދު ވިދާޅުވި އެވެ.

އަދި ފުލުހުންނާ ގުޅުން ބަދަހިވުމުން، މުޖުތަމައުއަކީ ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އެދުންތަކަށް ރިއާޔަތްކޮށް ފުލުހުންގެ ހިދުމަތްތައް ބައްޓަން ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ފާއިތުވެގެންދިޔަ އަހަރު ފުލުހުން ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކޮށް، އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކޮށްފައިވަނީ ފާއިތުވި އަހަރު އިފްތިތާހުކުރި ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި، ޖުމްލަ 73 ޕްރޮޖެކްޓެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން މި އަހަރު ހާއްސަ އަހަންމިއްޔަތު ކަމެއް ދޭން ޖެހޭ 15 ކަމެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ފުލުހުން ކުރަމުން އަންނަ ގިނަ މަސައްކަތްތަކަކީ ބޭރު ގައުމުތަކުގެ އެހީތެރިކަމާ ފަންނީ އެހީތެރިކަން ލިބިގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެެވެ. އަދި އެ މަސައްކަތްތައް ވަރަށް ކާމިޔާބުކަން ވެސް ސީޕީ ހަމީދު ފާހަގަކުރައްވާފައިވެ އެވެ.

ސީޕީ ވިދާޅުވީ މިދިޔަ އަހަރު ފުލުހުން ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކޮށް، އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކޮށްފައިވަނީ އެ އަހަރު އިފްތިތާހުކުރި ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި، ޖުމްލަ 73 ޕްރޮޖެކްޓެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން މި އަހަރު ހާއްސަ އަހަންމިއްޔަތު ކަމެއް ދޭން ޖެހޭ 15 ކަމެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން 2018 ވަނަ އަހަރު ފެށުނު ނެއިބާހުޑް ޕޮލިސްގެ ޚިދުމަތް ފުޅާކޮށް، މާލޭގެ އިތުރަށް އައްޑޫ އަދި ފުވައްމުލަށް ސިޓީގައިވެސް މި ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ހާލަތު ބަދަލުވިހާ އަވަހަކަށް އިތުރު ހަ އަތޮޅެއްގައި، ޚިދުމަތް ތައާރަފްކުރާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރަށް އަތޮޅު ތެރޭގައި ދެމުން އަންނަ ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތްތަކުގެ ތެރެއިން އާންމުން އެންމެ ބޭނުންވާ އެއް ކަމަކީ ކުށުގެ މައްސަލަތައް ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރާ އަޅާބަލާ 2019 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތައް ގިނަކަން ފާހަގަކުރައްވައި ވިދާޅުވީ އެ މައްސަލަތައް ގިނަވި ނަމަވެސް، ޕްރޮސެކިއުޓްކުރަން ފޮނުވި މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށެވެ. މިއީ ވެސް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ހަމީދުގެ ހިތާބު

ފާއިތުވެގެން ދިޔަ އަހަރުތައް ތެރޭގައި ފުލުހުންގެ ކަންކަން ހުރި ގޮތަށް ބަލައި އާންމުންގެ މެދުގައި ފުލުހުންނަށް އޮތް އިތުބާރު ވަރަށް ބޮޑަށް ވަނީ ގެއްލިފަ އެވެ. އަދި މިކަން ހައްލުކޮށް ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އެކުވެރި އަދި އިތުބާރު ކުރެވޭ ބަޔަކަށް ހައްދަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.