21 މާޗް 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ދުުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި، އެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭން ހަމަޖެއްސި ދަރުވަންތަ ހޮސްޕިޓަލުން ހަ މީހަކަށް ފަރުވާދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ނުވިއަސް ބަލީގެ އަލާމާތްތައް ފެނުނު މީހުން ހިމެނެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ މިރޭ ބުނެފަ އެވެ.
އެކަން އިއުލާނުކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ، ރަނގަޅު މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދިން ދެމަފިރިން ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދިން މީހާ ވެސް ހިމެނެ އެވެ.
ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި، އެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް އެންމެ ފުރަތަމަ މީހަކު ގެންދިޔައީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އެއީ ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނެވެ.
އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހު އިތުރު ކުރެއްދޫ ރިސޯޓުން ދެ ބިދޭސީއަކު ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނު ނަމަވެސް ކޮވިޑަކަށް ޕޮޒިޓިވެއް ނުވެ އެވެ. އެ ދެ މީހުން ދަރުމަވަންތަ އަށް ބަދަލުކުރީ އުމުރުގެ ގޮތުން ގާތުން މޮނީޓާކުރަން ޖެހޭތީ އެވެ.
މިދިޔަ ހޯމަ ދުވަހު ބަނޑޮސް ރިސޯޓުން ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބިދޭސީއެއް ގެންދިޔަ އެވެ. މާބަނޑު މީހަކަށް ވެ، ކޮވިޑް-19ގެ އަލާމާތްތަކެއް ހުރުމުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިދިޔަ ބުދަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އެ އަންހެން މީހާ ވެސް ކޮވިޑަށް ނެގެޓިވް އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ކުރެއްދޫ ރިސޯޓުން މިދިޔަ އާދިއްތަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ޓެސްޓު ދެ ފަހަރަށް ހަދައި، ކޮވިޑް-19 އަށް ނެގެޓިވްވި ކަމުގެ ނަތީޖާ މިދިޔަ އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ. އެ މީހުންގެ ޓެސްޓު ހެދުމުން އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާތީ އައިޖީއެމްއެޗްގެ އިންފްލުއެންޒާ ޔުނިޓަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އައިލެންޑު ސަފާރިން ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކަކަށެވެ. މަބްރޫކް ވިދާޅުވީ އެ މީހާ ދަރުމަވަންތައަށް ބަދަލުކުރީ އޭނާގެ ހާލު ދެރަވެ، ޑޮކްޓަރުން ގާތުން މޮނިޓާކުރަން ބޭނުންވާތީ ކަމަށެވެ.
އައިޖީއެމްއެޗްގެ ފުއްމާޕޭގެ ޑޮކްޓަރު، ޑރ. މޫސާ ހުސެއިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ފްލޯގައި ފަރުވާ ދިނީ، އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ތަނަކުން ގެންނަ މީހުންނަށް ކަމަށެވެ. އެ މީހުން ކޮވިޑް-19 އަށް ތިން ފަހަރަށް ޓެސްޓު ހަދާނެކަމަށް ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ދަރުމަވަންތަ ހޮސްޕިޓަލުން އެ މީހުން އެހެން ތަނަކަށް ބަދަލުކުރަނީ ކޮވިޑް ނެތްކަން ވަރަށް ރަނގަޅަށް ބެލުމަށްފަހުގަ އެވެ.
ހާމަކުރީ މިނިސްޓްރީން ދިން މައުލޫމާތު: މަބްރޫކް
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
ކޮވިޑްގެ ސީރިއަސް ހާލަތަކަށް ޓްރީޓޮޕް އޮތީ ތައްޔާރަށް
ކޮވިޑް 19: ކާމިޔާބާ ގުޅިގެން ތައުރީފާއި ޝުކުރު
ކޮވިޑަށް ފަރުވާ ދިން ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ
ކޮވިޑް ވެކްސިންގައި ރާއްޖެ އަށް ބޮޑު ކުރިއެރުމެއް!
ކޮވިޑް ވެކްސިންގެ އިތުރު 5،000 ޑޯޒް ލިބިއްޖެ
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން