Roadha Mihaaru
ކްރޯމް ބްރައުޒާ އަޕްޑޭޓްތައް މަޑުޖައްސުވާލައިފި

ގޫގުލް އިން ކްރޯމް ބްރައުޒާ އަޕްޑޭޓްތައް މަޑުޖައްސުވާލައިފި

21 މާޗް 2020

ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރިގެންފައި ވާއިރު އަދި މި ވައިރަހުން ޖައްސާ ކޮވިޑް-19ގައި އެތައް ބަޔަކު މަރުވަމުން ދާއިރު، "ކްރޯމް ބްރައުޒާ" އަދި "ކްރޯމް އޯއެސް" އަޕްޑޭޓްނުކުރާނެ ކަމަށް ގޫގުލުން ބުނެފި އެވެ. އެއީ އެ އަޕްޑޭޓަކީ ކްރޯމް އަދި ކްރޯމް އޯއެސް ބޭނުންކުރާ މީހުންނަށް ތަކުލީފަކަށް ވެދާނެތީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރިގެންފައި ވާއިރު އަދި މި ވައިރަހުން ޖައްސާ ކޮވިޑް-19ގައި އެތައް ބަޔަކު މަރުވަމުން ދާއިރު، "ކްރޯމް ބްރައުޒާ" އަދި "ކްރޯމް އޯއެސް" އަޕްޑޭޓްނުކުރާނެ ކަމަށް ގޫގުލުން ބުނެފި އެވެ. އެއީ އެ އަޕްޑޭޓަކީ ކްރޯމް އަދި ކްރޯމް އޯއެސް ބޭނުންކުރާ މީހުންނަށް ތަކުލީފަކަށް ވެދާނެތީ އެވެ.

ގޫގުލުން ބުނި ގޮތުގައި ކްރޯމް ބްރައުޒާ އަދި ކްރޯމް އޯއެސް މި ވަތުގު އޮތީ ވަރަށް ހަރުދަނާ މަރުހަލާއެއްގަ އެވެ. މި ޕްލެޓްފޯމްތަކަށް ބޭނުންޖެހިފައި ހުރި އަޕްޑޭޓްތަކެއް ތައްޔާރަށް ހުރި ހުރި ކަމަށް ބުނަމުން ގޫގުލުން ބުނީ، މިއީ އަޕްޑޭޓްކުރަން ރަނގަޅު ދަނޑިވަޅު ނޫން ކަމަށެވެ.

ދުނިޔެ އަށް ދިމާވެފައި އޮތް މިހާލަތުގައި، ގޫގުލުން ބޭނުންވަނީ ގިނަ ބަޔަކު ބޭނުންކުރާ ސޮފްޓްވެއާ ޕްލެޓްފޯމްތައް، އޮމާންކޮށް އަދި ހަލުއިކޮށް ހިނގަ ހިނގާ ހުރުން ކަމަށް ވަނީ ބުނެފަ އެވެ.

ކްރޯމް ބްރައުޒާ އަދި ކްރޯމް އޯއެސް އަށް ހުރި އަޕްޑޭޓްތަކުގައި، ބޭނުންކުރާ މީހުންނަކަށް ކަމުދާ ޒާތުގެ ފީޗާތަކެއް ހުރި ނަމަވެސް އަދި އެ އަޕްޑޭޓްތަކަކީ މެޝިންތަކަށް ލުޔަކަށް ވި ނަމަވެސް، ވަކި ތާރީޚެއް ކަނޑަނާޅައި ވަނީ ފަސްކޮށްފަ އެވެ.