18 މާޗް 2020
ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑުވާ ހާލަތަށް ދިޔަސް، ސަރުކާރު ހުއްޓުމަކަށް ނައިސް ޚިދުމަތްތައް ދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން މިިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑުވާ ހާލަތަށް ދިޔަސް، ސަރުކާރު ހުއްޓުމަކަށް ނައިސް ޚިދުމަތްތައް ދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން މިިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މާދަމާ އިން ފެށިގެން އެއް ހަފުތާއަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެވޭނެ އިންތިޒާމް ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގަވައިފަ އެވެ.
އެކަމާ ގުޅިގެން ވީޑިއޯ މެދުވެރިކުރައްވައިި، ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ މާދަމާ އިން ފެށިގެން ސަރުކާރު ބަންދު ވިޔަސް، ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ދޭން ޓާސްކް ފޯހެއް އެކުލަވާލައި، ގޭގައި ތިބެގެން ވެސް ޚިދުމަތްތައް ދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
"އެޗްޕީއޭ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އަދިި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ އެކިއެކި ތްރެޓް ލެވެލްއަށް ނުވަތަ އެލާޓް ލެވެލްއަށް އަމާޒު ކުރެވިގެން އަޅުގަނޑުމެން މި ވަނީ އެތެރޭގެ އެސްއޯޕީތަކެއް ގާއިމް ކުރެވިފައި،" މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ސަރުކާރު ޑޭޓާތައް ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައި، ހުރިހާ އޮފީސްތަކެއްގައިވާ މައުލޫމާތުތަކުގެ ބެކަޕް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި އެކަމުގައި ނޭޝަނަލް ޑޭޓާ ސެންޓަރުގެ އެހީތެރިކަން ބޭނުންވާ ނަމަ، އެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހުއްޓުމަކަށް ނައިސް ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް މިނިސްޓްރީ އާއި އެން.ސީ.އައި.ޓީ ގުޅިގެން އައި.ޓީ ޓާސްކްފޯސް މެދުވެރިކޮށް ހަމަޖެއްސުންhttps://t.co/CLtC5uOSVt
— Ministry of Communication, Science and Technology (@MoCSTmv) March 18, 2020
އޭނާ ވިދާޅުވި ގޮތުގައި އެންމެން ގޭގައި ތިބެން އިލްތިމާސް ކުރަމުންދާތީ ގޭގައި ތިބޭއިރު، ފޯނާއި އިންޓަނެޓް ފަދަ ވަސީލަތްތައް ވީހާ ވެސް ބަލައިގެން ބޭނުންކުރުން މުހިންމެވެ. އަދި އެންމެ ކުރިއަރާފައި ހުރިި ގައުމުތަކުގައި ވެސް އެންމެން އެއްފަހަރާ އިންޓަނެޓް ބޭނުން ކުރަން ފެށުމުން ނެޓްވޯކްތައް ބިޒީވެގެން ދިޔަ ކަމަށާއި އެހެންވެ، އެކަން ގަބޫލުކުރަން ޖެހޭ ކަމަށް މަލީހް ވިދާޅުވި އެވެ.
"ކިތަންމެ ވަރަކަށް ތައްޔާރުވި ކަމުގައި ވީ ނަމަވެސް މާލޭގައި ގިނަ ރައްޔިތުންތަކެއް ގޭގައި ތިއްބަވައިގެން މި ޚިދުމަތަށް އެދޭ ކަމަށްވާ ނަމަ، އޭގެ ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. އެހެންވީމަ ކެތްތެރިކަމާ އެކު މިކަމުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަަތް ކުރުމަކީ އަޅުގަނޑު އެދޭ އެދުމެއް،" މަހީލް ވިދާޅުވި އެވެ.
"އެޗްޕީއޭ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އަދިި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ އެކިއެކި ތްރެޓް ލެވެލްއަށް ނުވަތަ އެލާޓް ލެވެލްއަށް އަމާޒު ކުރެވިގެން އަޅުގަނޑުމެން މި ވަނީ އެތެރޭގެ އެސްއޯޕީތަކެއް ގާއިމް ކުރެވިފައި،" މަލީހް
ކޮރޯނާވައިރަސް ހުރި 13 މީހަކު މިހާތަނަށް ރާއްޖެއިން ފެނުނަސް، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށް، އަދި ފަތުރުވެރިން ވެސް ރަށްރަށަށް އެރުން މަނާކުރުމުގެ އިތުރުން ބައެއް ގައުމުތަކުން އަންނަ މީހުން ވެސް ވަކި މުއްދަތަކަށް ކަރަންޓީން ކުރަން ވަނީ ފަށައިފަ އެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
ޖަމާއަތުގެ ނަމާދު ހުއްޓައިލަން އިލްމުވެރިން ދެކޮޅު
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކުރާ ނަމަ އަންގަން އެދެފި
ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހު ހުޅުވާނެ
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
ހަވާލުކުރި ކަންކަން ރަނުންރަނަށް ފުއްދައިފިން: މަލީހު
އިންޓަނެޓުގެ އަގު ހެޔޮވާނެ މުއްދަތެއް އެބައޮތް: މަލީހް
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!