Roadha Mihaaru
"ލާމަރުކަޒީ ނިޒާމު އައުމުން މާލޭގެ ހާލަތު ވީ ގޯސް"

ލާމަރުކަޒީ ގާނޫނު އައިފަހުން މާލޭގެ ހާލަތު ދިޔައީ ދަށަށް: ޝަރީފް

17 މާޗް 2020

ލާމަރުކަޒީ ގާނޫނު އައިފަހުން މާލޭގެ ހާލަތު އޭގެ ކުރިއަށް ވުރެ ދަށް ވެފައިވާ ކަމަށާއި އައްޑޫގައި ވެސް ބައެއް ކަންތައްތައް ގޯސްކޮށް ހިނގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލާމަރުކަޒީ ގާނޫނު އައިފަހުން މާލޭގެ ހާލަތު އޭގެ ކުރިއަށް ވުރެ ދަށް ވެފައިވާ ކަމަށާއި އައްޑޫގައި ވެސް ބައެއް ކަންތައްތައް ގޯސްކޮށް ހިނގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ބައެއް ރަށްރަށުގެ ކައުންސިލަރުންގެ ރަށްޓެހިންނަށާއި ތިމާގެ މީހުންނަށް ބިން އަގުހެޔޮކޮށް ބިން ދޫކުރުން ފަދަ ކަންތައްތައް ވެސް ހިނގާ ކަމަށާއި އައްޑޫގައި ވެސް އެހެން އެކަން ހިނގާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި ވެސް ކުދިކުދި ގޯޅިތަކާ މެދު އެއްދުވަހު އެއްގޮތަށް އަނެއް ދުވަހު އަނެއް ގޮތަށް ކަންތައްތައް ކުރާތީ ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.

"މިއީ ރެއާ ދުވާލު އަޅުގަނޑުމެންނަށް ފެންނަން އޮންނަ ކަމެއް. ލާމަރުކަޒީ ގާނޫނު އައުމުގެ ކުރިން އޮތް ހާލަތަށް ވުރެ މާ ބޮޑުތަން ދަށަށް، މާލޭ ސިޓީގައި ވެސް މިދެންނެވި ގޮތަށް، ރައްޔިތުންނަށް ދޭން ޖެހޭ އެންމެ އަސާސީ ހިދުމަތުގެ ފެންވަރުގައި ވެސް ކަންތައް ދަށްވެފައިވާކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަކުރަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެފަދަ މައްސަލަތައް ހައްލުވާނެ ކަމަށް އުއްމީދުކުރައްްވާ ކަމަށެވެ. ގާނޫނު ވަރުގަދަ ނުކުރެވިއްޖެ ނަމަ ކޮންމެ މީހަކު ގާނޫނުން ބޭރުން އަަމަލުކުރަން ފަށައިފާނެ ކަަމަށާއި ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން އޮންނާނީ ގާނޫނުތައް ފުރިހަމަވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

މިހާރު ހުރި ގާނޫނުތައް ވެސް އެންމެ އެދެވޭ ގޮތަށް ތަންްފީޒުނުކުރެވޭ ކަަމަށާއި މީހުން ގިނަ ސަރަހައްދުތައް ކަމަށްވާ އައްޑު އާއި މާލޭގައި ޖެހޭ މައްސަލަތައް ބޮޑެތިވަމުން ފުޅާވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އަދި ހާއްސަކޮށް ސިޓީތަކުގައި، އައްޑޫ ސިޓީ މާލޭސިޓީ ކަހަަލަ ބައިބޯ، މީހުން ގިނަ ތަންތަނުގައި ޖެހޭ މިފަދަ މަސްލަަހަތު ގެއްލޭ ކަހަލަ މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން، ފުޅާވަމުން ބޮޑުވަމުންދާ ދިއުމަކީ އަޅުގަނޑުމެން އެންމެން ކަންބޮޑުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.