07 ޑިސެމްބަރ 2020
ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ ކުލި ނެގުމުގައި ރާއްޖޭގެ އުތުރާއި ދެކުނު ތަފާތުކުރަން ޖެހޭ ރަނގަޅު ސަބަބެއް ދެއްކިފައި ނުވާ ކަމަށާއި ޓޫރިޒަމާ ބެހޭ ގާނޫނުން ރާއްޖޭގެ ދެކޮޅުގެ ދެމެދުގައި ބޮޑު ތަފާތުކުރުމެއް ގެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ ކުލި ނެގުމުގައި ރާއްޖޭގެ އުތުރާއި ދެކުނު ތަފާތުކުރަން ޖެހޭ ރަނގަޅު ސަބަބެއް ދެއްކިފައި ނުވާ ކަމަށާއި ޓޫރިޒަމާ ބެހޭ ގާނޫނުން ރާއްޖޭގެ ދެކޮޅުގެ ދެމެދުގައި ބޮޑު ތަފާތުކުރުމެއް ގެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ބިލުގެ ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ކުރި ބަހުސްގައި ސައީދު ވިދާޅުވީ އެގޮތަށް ތަފާތު ކުރުމުން އައްޑުއަށް ވެސް ފައިދާއެއް ނުވާ ކަމަށެވެ. ޓޫރިޒަަމްގެ ގާނޫނަށް ގެންނަ ބަދަލަށާއި އިމިގްރޭޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ ވިޔަފާރިވެރިން އެ ބަދަލުތައް މާ ޕޮޒިޓިވްކޮށް ބަލައިނުގަންނާނެ ކަމަށެވެ.
"ތިލަދުންމައްޗާއި ރާއްޖޭގެ ދެކޮޅާއި ރެންޓްގެ ތަފާތުކުރުން އެ ގެނައީ ކޮން ލޮޖިކަކުން ކޮން ގޮތަކަށް ވިސްނައިގެންކަން ބުނެދޭނެ އެކްސްޕާޓެއް ނުގެނޭ، މި ބިލު ތަހުގީގު ކުރެވިގެން، އިންވެސްޓްކުރެވިގެން ނުވަތަ އެސެސްކުރެވިގެން ރިސާޗްކުރެވިގެން ދިޔަ އިރަކު، އެހެންވީމާ އެކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން،" ސައީދު ވިދާޅުވި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މެދު އެމްޑީޕީގެ ބައެެއް މެމްބަރުން ވެސް ކުރިން ފާޑުވިދާޅުވި އެވެ. އޭގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ބިލު ހުށަހެޅުއްވުމަށް ފަހު އާޒިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވިޔަސް ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން ކަންބޮޑުވުން އެބަހުރި ކަމަށެވެ. އޭނާގެ އެއް ކަންބޮޑުވުމަކީ ޓޫރިޒަމް އިންޑަސްޓްރީގަައި ހަރަކާތްތެރިވާން ސަރުކާރުން އިތުރު ކުންފުންޏެއް އުފައްދާ ގޮތަށް ބިލުގައި އޮތުމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އާޒިމް ވިދާޅުވީ އޭނާގެ ކަންބޮޑުވުންތައް އަދިވެސް އެބަހުރިކަމަށާއި ބިލު ދިރާސާކޮށް ރިޕޯޓް އެކުލަވައިލާފައި އޮތީ އޭނާގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކަމަށެވެ.
މާލެއާ ދުރު ރިސޯޓުތަކުގެ ކުލި ކުޑަކުރަނީ
ޝަންގްރިއްލާ ހުޅުވާ ދުވަހަކީ މިނިސްޓަރަށް ބޮޑު ދުވަހެއް
ގެއްލުންވާތީ ޝަންގްރިއްލާގެ ސަރުކާރުގެ ހިއްސާ ދޫކޮށްލަނީ
ޝަންގްރިއްލާ ނުހުޅުވި އޮތީ ސަރުކާރުގެ ފަރުވާކުޑަކަމުން
ޓޫރިޒަމް ގާނޫނުގެ ބަދަލުން އާމްދަނީ ވާނީ މަދު: ސައީދު
އައްޑު އަށް އަސްތަކެއް ގެންނަން އެބަ އުޅޭ: ނަޝީދު
"ސޭފް ޓޫރިޒަމް ގެންނަނީ އެ ދާއިރާއާ މަޝްވަރާ ނުކޮށް"
"ލާމަރުކަޒީ ނިޒާމު އައުމުން މާލޭގެ ހާލަތު ވީ ގޯސް"
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"
ސަރުކާރާ ދެކޮޅުވީ ގާނޫނީ އިމުން ބޭރުވުމުން: ފަޒާދު