14 މާޗް 2020
ވަންޕްލަސް މަރުކާގައި ދެން އޮތީ "ވަންޕްލަސް 8" އެވެ. ވަންޕްލަސް 8ގެ ހުރިހާ ފޯނެއްގައި 5ޖީ ފެންވަރު ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަނެއްކޮޅުން މިހާރު ދެކެވެނީ، 5ޖީ މޮބައިލް ނެޓްވޯލް ވަރުގަދަކޮށް، މި ޓެކްނޮލޮޖީ ހަރުދަނާކުރުމަށް، ވަންޕްލަސް އިން 30 މިލިއަން ޑޮލަރު ހޭދަކުރަން ނިންމި ވާހަކަ އެވެ.

ވަންޕްލަސް އަކީ ޗައިނާ ކުންފުންޏެކެވެ. ސްމާޓްފޯން އުފެއްދުމަށް މަޝްހޫރު ކުންފުންޏެކެވެ. މި ސިނާއަތުގައި އަދި ޅަ ކުންފުންޏެއް ނަމަވެސް، މުއްސަނދި ކުންފުންޏެކެވެ. އެހެންވެ، އާ ދިރާސާތަކަށް އަދި އާ އުފެއްދުންތަކަށް 30 މިލިއަން ޑޮލަރު ހޭދަކުރުމަކީ އެ މީހުންނަށް ބޮޑު ކަމަކަށް ވާނެހެން ހިއެއްނުވެ އެވެ.
ވަންޕްލަސް އިން ޚަރަދުކުރާނެ ކަމަށް ބެލެވެނީ "ކްލައުޑް ގޭމިން"، "ކްލައުޑް ވީޑިއޯ" އަދި "ކްލައުޑް ސްޓޯރޭޖް" ފަދަ ޓެކްނޮލޮޖީތައް ބާރުގަދަކުރުމަށެވެ. އެ މީހުންގެ މައިގަނޑު މަގުސަދަކީ، މި ޚިދުމަތްތައް ބޭނުންކުރާ މީހުން ކުރާ ތަޖުރިބާ އަށް ކުދިނުކިޔާ ވަރުކުރުމެވެ. ބެލެވޭ ގޮތުގައި، ވަންޕްލަސް އިން ކުރާ ހޭދައިގެ ބޮޑުބައި، ވަންޕްލަސް މަރުކާގެ ޑިވައިސްތައް ހަރުދަނާކުރުމަށް ކަނޑައަޅާނެ އެވެ.
ސްމާޓްފޯނުން ބްލޯޓްވެއާ ފޮހެލެވެންޖެހޭ: އީޔޫ
ވަންޕްލަސް ނޯޑް: ގޫގުލްގެ އެޕްލިކޭޝަންތައް ގިނަވާނެ
އައިފޯން 12 އަގުބޮޑުވާނެ ކަމަށް ބިރުން
ވަންޕްލަސް 8 ޗައިނާގައި ވިކި ހުސްވެއްޖެ
"ވަންޕްލަސް އެކްސް" އަލުން މާކެޓަށް
ވަންޕްލަސް 8 މަރުކާގެ ހުރިހާ ފޯނެއް 5ޖީ
ވަންޕްލަސް ފޯނުތަކަށް ވަޔަލެސް ޗާޖިން
ވަންޕްލަސް ފޯނުތަކުގެ ކެމެރާ ނުފެންނަ ގޮތް ހަދަނީ
2020 ގައި 200 މިލިއަން 5ޖީ ފޯނު ވިކޭނެ
"ކޮންސެޕްޓް ވަން" އަކީ ވަންޕްލަސްގެ ފަތްޖެހި ފޯނު؟