Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

13 މާޗް 2020

ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ވިއްކާ ޕެޓްރޯލުން 53 ލާރި ހެޔޮކޮށްފައިވާ އިރު ޑީސަލުން ވަނީ 50 ލާރި ހެޔޮކޮށްފަ އެވެ. ޕެޓްރޯލް ލީޓަރެއް މިހާރު ލިބެނީ 9.60ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 10.39 ލާރި އަށެވެ.

އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވަނިކޮށެވެ.

އެސްޓީއޯ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ޑީސަލްގެ އަގު ހެޔޮކޮށްފައިވެ އެވެ. މިއީ މި އަހަރުގެ ތެރޭ ޑީސަލްގެ އަގު ހެޔޮކުރި ދެ ވަނަ ފަހަރެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު އެންމެ ފަހުން ހެޔޮކުރީ މިދިޔަ އަހަރުގެ ޖުލައި 15ގަ އެވެ. މިއީ މި އަހަރުގެ ތެރޭ ޕެޓްރޯލުގެ އަގަށް ބަދަލު ގެންނަ ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ތެލުގެ މާކެޓަށް އަސަރު ވަނީ ބޮޑަށް ކޮށްފަ އެވެ. ގައުމުތަކުގައި ތެލަށް އޮތް ޑިމާންޑް ކުޑަވުމުން، ތެޔޮ އުފައްދާ ކުންފުނިތަކަށް ވަނީ އަގު ދަށްކުރަން މަޖްބޫރުވެފަ އެވެ.