04 މާޗް 2020
ކޮވިޑް-19 ފެތުރޭތީ އަޅާ ފިޔަވަޅެއްގެ ގޮތުން، ބައެއް ބޭސްތައް އެކްސްޕޯޓު ކުރުން އިންޑިއާ އިން ލިމިޓް ކޮށްފި އެވެ.
ކޮވިޑް-19 ފެތުރޭތީ އަޅާ ފިޔަވަޅެއްގެ ގޮތުން، ބައެއް ބޭސްތައް އެކްސްޕޯޓު ކުރުން އިންޑިއާ އިން ލިމިޓް ކޮށްފި އެވެ.
ދުނިޔޭގައި ވެސް އެންމެ ގިނައިން ޖެނެރިކް ބޭސްތައް ސަޕްލައިކުރާ އިންޑިއާ އިން ވަނީ 26 ބޭހެއް އެކްސްޕޯޓުކުރުން ލިމިޓް ކޮށްފަ އެވެ. އެގޮތުން، ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ބޭނުންކުރާ އާންމު ބޭހެއް ކަމަށްވާ "ޕެރަސެޓަމޯލް" ވެސް އެކްސްޕޯޓުކުރުން ވަނީ ލިމިޓްކޮށްފަ އެވެ.
އިންޑިއާ އިން ގިނަ ބޭސްތަކެއް އެކްސްޕޯޓު ކުރުން ލިމިޓްކުރީ، އެ ބޭސްތަކަށް ބޭނުންވާ އިންގްރީޑިއެންޓްތައް ޗައިނާއިން ލިބުމުގައި ދަތިތައް ކުރިމަތިވުމުންނެވެ. އިންޑިއާ އިން އުފައްދާ 70 ޕަސެންޓް ބޭހުގެ އިންގްރީޑިއެންޑް ގެންނަނީ ޗައިނާއިންނެވެ. މިއާ އެކު ބޭސް ލިބުމުގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ދަތިތަކާ ކުރިމަތިވާނެ އެވެ.
"ވަރަށް ގިނަ ބޭސްތަކަކަށް ބޭނުންވާ އިންގްރީޑިއެންޓްސް ހޯދަނީ ޗައިނާ އިން. މި ބަލި ޗައިނާގެ އިތުރުން އިންޑިއާގައި ފެތުރިއްޖެ ނަމަ މުހިއްމު ގިނަ ބޭސްތަކެއް ހޯދުން މުޅި ދުނިޔެ އަށް ދަތިވާނެ،" ޗައިނާ މާކެޓް ރިސާޗް ގްރޫޕްގެ އެނަލިސްޓް ޝޯން ރެއިން ވިދާޅުވި އެވެ.
އޮކްސްފޯޑްގެ އިކޮނޮމިކްސްގެ ލީޑް އިކޮނޮމިސްޓް، ސްޓީވަން ފޯމަން ވިދާޅުވީ، ބޭސްތަކަށް ބޭނުންވާ އިންގްރީޑިއެންޓްތައް ނުލިބޭތީ މިހާރު ވެސް ބޭހުގެ އަގުތަށް އުފުލެމުންދާ ކަމަށެވެ.
އިންޑިއާ އަކީ ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމުތަކަށް ވެސް ބޭސް އެކްސްޕޯޓުކުރާ އެއް ގައުމެވެ. އެގޮތުން 2018 ވަނަ އަހަރު އެމެރިކާ އަށް އެތެރެކުރި ބޭހުގެ ހަތަރު ބައި ކުޅަ އެއް ބަޔަކީ އިންޑިއާގެ ބޭހެވެ. މީގެ އިތުރުން އެ ގައުމުން އުފައްދާ ބޭހަށް ބޭނުންވާ 30 ޕަސެންޓް އިންގްރީޑިއެންޓް ވެސް ހޯދީ އިންޑިއާ އިންނެވެ.
ނޭވާލާ ނިޒާމަށް ޖެހޭ ކޮވިޑް-19 އާ ހެދި، އެކި ކަންކަމުގައި ގައުމުތަކުން އެކި ފިޔަވަޅުތައް އަޅަމުން އަންނަ އިރު މިހާތަނަށް މިބަލި 93،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ލެބެން ލެބްރެޓޮރީސްގެ ހުރިހާ ބޭހެއް ރާއްޖޭގައި މަނާ
ރާއްޖެއަށް އަސާސީ މުދާ ގެންނަން އިތުރު ދެ ޕޯޓެއް
އިންޑިއާއިން ފިޔާ އެތެރެ ކުރަނީ ވަކި އެއްބަސްވުމަކުން
އިންޑިއާގެ ފިޔާ އެކްސްޕޯޓު ލިސްޓުގައި ރާއްޖެ ނުހިމެނޭ
އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުން ދަތިވެއްޖެ
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި
ދިވެހި ކުއްޖަކަށް އިންޑިއާގައި އާ ފަރުވާއެއް
ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
ތައިރޮޑްގެ ފޭކް ބޭސްތަކެއް އުޅޭތީ ސަމާލުކަމަށް ގެނެސްފި
އިންޑިއާ އިން ގޮދަން ފުށް އެކްސްޕޯޓްކުރުން މަނާކޮށްފި