Roadha Mihaaru
އުރީދޫން ސެމްސަންގް އެސް20ގެ ފޯނުތައް ތައާރަފްކޮށްފި

އުރީދޫން ސެމްސަންގް ގެލެކްސީ 20 ސީރީސްގެ ފޯނު ތައާރަފްކޮށްފި

02 މާޗް 2020

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20 ޕްލަސް ފޯންތަކަށް ޕްރީއޯޑާ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، ކަސްޓަމަރުންނަށް ފޯނު ގަތުމަށް ހާއްސަ ޕްލޭންތަކެއް އުރީދޫން ތައާރަފުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20 ޕްލަސް ފޯންތަކަށް ޕްރީއޯޑާ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، ކަސްޓަމަރުންނަށް ފޯނު ގަތުމަށް ހާއްސަ ޕްލޭންތަކެއް އުރީދޫން ތައާރަފުކޮށްފި އެވެ.

އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކު 1،058.33ރ. ދެއްކުމަށް ފަހު، ސެމްސަންގް ގެލެކްސީ އެސް20 ގަނެވޭނެ އެވެ. މިއީ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެކެވެ.

ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް20 ސީރީޒްގެ ފޯނަކާ އެކު، 2020 ވަނަ އަހަރު ނިމެންދެން ކޮންމެ މަހަކު 2020 އެމްބީ (2 ޖީބީ) ހިލޭ ޑޭޓާ ލިބޭނެ އެވެ. މީގެ އިތުރުން ޕްރީ އޯޑާ ކޮށްގެން ކޮންމެ ސެމްސަންގް ގެލެކްސީ އެސް20 ޕްލަސްއަކާ އެކު ގެލެކްސީ ބަޑްސް ހިލޭ ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް20 އަދި ގެލެކްސީ އެސް20 ޕްލަސް ގަތުން ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއް ވެސް ހަމަޖައްސާފައިވެ އެވެ.

ހާއްސަ ޕްލޭންތައް

- ޕޭމަންޓް ޕްލޭން

ސެމްސަންގް ގެލެކްސީ އެސް20: 128 ޖީބީ، 15،499ރ. އަށް

ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް: 128 ޖީީބީ، 17،199ރ. އަށް

- މަންތުލީ އިންސްޓޯލްމަންޓް ޕްލޭން

ކޮންމެ މަހަކު 1,058.33ރ. އެއް އަހަރު ދުވަހުގެ ތެރޭ ދައްކައިގެން ސެމްސަންގް ގެލެކްސީ އެސް20 ގަނެވޭނެ އެވެ. މި ޕްލޭންގެ ދަށުން ވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

Galaxy S20 | Galaxy S20+ | Ooredoo

Galaxy S20 | Galaxy S20+ | Ooredoo

Ooredoo

އުރީދޫ ވެބްސައިޓް

އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާ އެކު ސެމްސަންގު ގެލެކްސީގެ މި އާ ޑިވައިސްތަކަށް ޕްރީ އޯޑާ ކުރެވޭނެ އެވެ.

މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ20 ސީރީޒްގެ ފޯނަކަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.