Roadha Mihaaru
އުރީދޫން ގެލެކްސީ ނޯޓް 10ގެ ޕްރީއޯޑާ ހުޅުވާލައިފި

އުރީދޫން ސެމްސަން ގެލެކްސީ ނޯޓް 10ގެ ޕްރީ އޯޑަ ހުޅުވާލައިފި

21 އޯގަސްޓް 2019

އުރީދޫން ސެމްސަން ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސްގެ ޕްރީއޯޑާ ކުރުމަށް ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫން ސެމްސަން ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސްގެ ޕްރީއޯޑާ ކުރުމަށް ހުޅުވާލައިފި އެވެ.

ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑާ ކުރުމަށް އުރީދޫން ހުޅުވާލި އިރު ކަސްޓަމަރުން ފޯނު ގަތުމަށް ފަސޭހަ ހާއްސަ ޕްލޭންތަކެއް އުރީދޫން ވަނީ ތައާރަފް ކޮށްފަ އެވެ.

އެގޮތުން މަހަކު 1,100ރ. ދައްކައިގެން ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ހިމެނެ އެވެ.

އުރީދޫ މެދުވެރިކޮށް ސެމްސަން ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތެއްގޮތުގައި 50 ޕަސެންޓް ޑިސްކައުންޓާ އެކު ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް ގަނެވޭނެ އެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 10 ގެ 256 ޖީބީގެ ފޯނުގެ އަގަކީ 15،899 ރުފިޔާ އެވެ. އަދި ސެމްސަންގް ގެލެކްސީ ނޯޓް 10 ޕްލަސްގެ 56 ޖީބީ ފޯނުގެ އަގަކީ 18،399 ރުފިޔާ އެވެ.