Roadha Mihaaru
އިންކަމް ޓެކްސްއާ ބެހޭގޮތުން ފަނޑިޔާރުން މައުލޫމާތުދީފި

އިންކަމް ޓެކްސްގެ ގާނޫނާ ބެހޭގޮތުން ހައި ކޯޓުގެ ފަނޑިޔާރުން މައުލޫމާތު ދެއްވައިފި

29 ފެބުރުއަރީ 2020

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ ބެހޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހައި ކޯޓުގެ ފަނޑިޔާރުންނަށް މައުލޫމާތު ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ ބެހޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހައި ކޯޓުގެ ފަނޑިޔާރުންނަށް މައުލޫމާތު ދެއްވައިފި އެވެ.

މިދިޔަ އަހަރު ތަސްދީގުކޮށް، އަމަލުކުރަން ފެށި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އަންނަ އޭޕްރީލް މަހުން ފެށިގެން ޓެކްސް ނަގަން ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

މީރާ އިން ހައި ކޯޓުގެ ފަނޑިޔާރުންނާ އެކު ހައި ކޯޓުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ ބެހޭގޮތުން ފަނޑިޔާރުންނަށް މީރާ އިން މައުލޫމާތު ދެއްވި ކަމަށް ހައި ކޯޓުން ބުންޏެވެ.

އިންކަމް ޓެކްސް ގާނޫނުގެ ދަށުން 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކޮންމެ މީހެއްގެ އަތުން ޓެކްސް ނަގަން ވަނީ ގާނޫނުގައި ހިމަނައިފަ އެވެ. އެގޮތުން 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން 5.5 ޕަސެންޓް ޓެކްސްގެ ގޮތުގައި ނަގާއިރު 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން އަށް ޕަސެންޓް ޓެކްސްގެ ގޮތުގައި ނަގާނެ އެވެ.