08 އޮކްޓޯބަރ 2016
ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑު އުފަލެއް ލިބެނީ ދެ ކަމަކުންނެވެ. ކުޅުންތެރިޔަކު ނުވަތަ ޓީމަކުން ކާމިޔާބެއް ހޯދުމުންނާއި ހުނަރުވެރި ކުޅުންތެރިޔަކު އުފަންވުމުންނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކާމިޔާބަކަށް އަމާޒު ހިފާއިރު އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ ވެސް ޖޫނިއާ ލެވެލްގެ ހުނަރުވެރި ކުދިން ހޯދުމެވެ. ދެން ތަމްރީންކުރުމެވެ. ކާމިޔާބާ ހަމަޔަށް ދާން އޭރުން އޮންނާނީ ފަސޭހަ މަގެކެވެ.
ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑު އުފަލެއް ލިބެނީ ދެ ކަމަކުންނެވެ. ކުޅުންތެރިޔަކު ނުވަތަ ޓީމަކުން ކާމިޔާބެއް ހޯދުމުންނާއި ހުނަރުވެރި ކުޅުންތެރިޔަކު އުފަންވުމުންނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކާމިޔާބަކަށް އަމާޒު ހިފާއިރު އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ ވެސް ޖޫނިއާ ލެވެލްގެ ހުނަރުވެރި ކުދިން ހޯދުމެވެ. ދެން ތަމްރީންކުރުމެވެ. ކާމިޔާބާ ހަމަޔަށް ދާން އޭރުން އޮންނާނީ ފަސޭހަ މަގެކެވެ.
މިދިޔަ ހަފުތާގައި ރާއްޖޭގެ ކުޅިވަރުގެ އުދަރެހަށް އާ ތަރިއެއް އަރައި ވަނީ ވިދަން ފަށައިފަ އެވެ. އެ ކުޅުންތެރިއެއްގެ މައްޗަށް ކުރި ނުހޯދޭތާ 13 އަހަރުވެފައިވާ މުއީނާ މުހައްމަދު ބަލިކޮށް، ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އުމުރުން 13 އަހަރުގެ އައިޝަތު ރަފާ ނާޒިމްގެ ކާމިޔާބާ އެކު ކުޅިވަރު އާއިލާއަށް ވަނީ އުފާވެރިކަން ލިބިފަ އެވެ.
އޭގެ މަހެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު، މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގެ އެއް ވަނަ ރާއްޖޭގެ އުމުރުން 8 އަހަރުގެ ފާތިމަތު ދީމާ އަލީ ވަނީ ހޯދައިފަ އެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން މިއަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި ޓީމަށް ރަފާއާ އެކު ކުޅުނު ލައިސާ ފަތުހުﷲ އާއި އައިމިނަތު މަލީޝާ މުއާޒަކީ ވެސް އަލަށް ފާހަގަކުރެވުނު ކުޅުންތެރިންނެވެ. ޓެނިހަށް ބަލާއިރު ވެސް ޒަމާންތަކެއް ވަންދެއް ޗެމްޕިއަންކަން ހޯދަމުން އައި އަލީ ފާރިސް ބަލިކޮށް އަބްދުﷲ ފާއިހް ފަޒީލް ތަށި ހޯދާފައިވާއިރު މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުން ވެސް ވެސް އަންނަނީ ވަރަށް ޅަ އުމުރުގެ ހުނަރުވެރިން ފެންނަމުންނެވެ.
ޅަ އުމުރުގައި މީގެ ކުރިން ފާހަގަވި ކުޅުންތެރިން ވަނީ ސީނިއާ ލެވެލްގައި ރާއްޖެ އަށް ބޮޑެތި ކާމިޔާބީތައް ހޯދައިދީފަ އެވެ. އޭގެ ތެރޭގައި އުމުރުން 15 އަހަރުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ގައުމީ ފުޓްބޯޅަ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އުމުރުން 16 އަހަރުގައި ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެ އަށް މެޑަލް ގެނެސްދިން ޓީމަށް ދުވި ހަސަން ސާއިދު ހިމެނެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ދަގަނޑޭ: އުމުރުން 15 އަހަރުގައި ވިދާލި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެފަދަ ތަރިންތަކެއް އަނެއްކާ ވެސް ފެނުމުން ޔަގީންވާ ކަމަކީ ރާއްޖޭގައި ހުނަރުވެރި އެބަތިބި ކަމެވެ. އަދި މިހާރަށް ވުރެ ވެސް ބޮޑަށް ޖޫނިއާ އުމުރުފުރާގައި ކުދިން ސްކައުޓްކޮށް އެ ކުދިންނަށް އެކަށީގެންވާ ތަމްރީން ދޭން ފެށިއްޖެ ނަމަ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް އޮތްކަން އެނގިއްޖެ އެވެ. ރާއްޖެ އައިސްފައިވާ ބިދޭސީ ކޯޗުން ވެސް އަބަދު ދައްކާ ވާހަކައަކީ ރާއްޖެ އަކީ ހުނަރުން ފުރިފައިވާ ގައުމެއް ކަމަށާއި ބޭނުންވަނީ ޅަ އުމުރުގައި ރަނގަޅު ތަމްރީންތައް ކަމެކެވެ.
"ވަރަށް އުފާވި ހުނަރުވެރި ކުދިންތަކެއް ފެނުމުން. އެކަން ފާހަގަކުރަން ޖެހޭ އެކަމަކު ބޮޑަށް ވިސްނަންވީ އަދިވެސް އެ މަސައްކަތް ފުޅާކުރަން. އެފަދަ ކުދިންނަށް މިހާރުން ފެށިގެން ރަނގަޅު ތަމްރީން ދޭން ފަށަން ޖެހޭ. އަދިވެސް ބޮޑަށް ފީނައި، އެއަށް ވުރެ ޅަ އުމުރުގައި އެހެން ކުޅިވަރުތަކުން ވެސް ކުޅުންތެރިން ހޯދަންވީ ވަގުތު މިއީ،" ސީނިއާ ކުޅުންތެރިޔަކު ބުންޏެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ޅަ އުމުރުގައި ޓެލެންޓް ހޯދަން ސްކޫލްތަކާ ވާހަކަދައްކައިގެން ސްކޫލްތަކުން ސިލެކްޝަން މިހާރު ވެސް ހަދަމުން އަންނަ ކަމަށާއި އެއީ އެސޯށިއޭޝަނުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.
"ފަހަކަށް އައިސް ވަރަށް ޅަ އުމުރެއްގައި ހުނަރުވެރި ކުދިން އެބަ ފާހަގަވޭ. އަޅުގަނޑުމެންގެ އުއްމީދެއް ސައުތު އޭޝިއަން އިން ގޯލްޑެއް ނެގުމަކީ. އެހިސާބަށް ދާން ބަލާއިރު، ޅަ އުމުރުގައި ހުނަރުވެރި ކުދިން ފާހަގަކުރެވި ތަމްރީން ދިނުން މުހިއްމު،" އައްޔަ ވިދާޅުވި އެވެ.
އުމުރުން 8 އަހަރުގައި މެލޭޝިއާ މުބާރާތަކުން އެއް ވަނަ ހޯދި ރާއްޖޭގެ ޓީޓީ ތަރި ދީމާ.
ބައެއް ބެލެނެވެރިން ވެސް އަންނަނީ އަމިއްލަ އަށް އިސްނަގައިގެން ކުދިންނަށް ތަމްރީން ދެމުންނެވެ. ޓީޓީން ފާހަގަވި ދީމާ އަކީ އޭގެ މިސާލެކެވެ. ދީމާގެ މައިންބަފައިން އަންނަނީ ސްކޫލް ބަންދުތަކާ ދިމާކޮށް އޭނާ އަށް އެކި ދިމަދިމާލުން ތަމްރީން ހޯދައިދެމުންނެވެ.
އިންޑިވިޖުއަލް ކުޅިވަރުތަކުގައި އެ ޒިންމާ އެސޯސިއޭޝަނުގެ ބޮލުގައި އެޅިފައި އޮތް ނަމަވެސް ޓީމް ކުޅިވަރުތަކުގައި ކުޅުންތެރިން ޅަ އުމުރުގައި ހޯދައި ތަމްދީން ދިނުމުގެ ޒިންމާ ބޮޑީ ކްލަބްތަކުގަ އެވެ. އެކަމަކު އެކަން އެހާ ރަނގަޅަށް ކުރެވޭ މަންޒަރެއް ނުފެނެ އެވެ.
ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކްލަބެއްގެ އޮފިޝަލަކު ބުނީ ރަށްރަށުގައި ވަރަށް ޅަ އުމުރުގެ ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިން ގެނެސް ކުރިއެރުވުމުގެ ވިސްނުމުގެ ބަދަލުގައި ކްލަބްތަކުން ވިސްނަނީ ވަގުތީ ކާމިޔާބަށް ކަމަށެވެ.
"ކްލަބްތަކުން ބޭނުންވަނީ ލާރި ކޮޅެއް ދީފައި މަޝްހޫރު ކުޅުންތެރިޔަކު ގެނެސް ތަށި ހޯދައިގެން އެ ހިތްހަމަޖެހުން ހޯދަން. ނޫނީ ލީގުގައި ވީހާ ވެސް ގިނަ ދުވަހު އޮންނަން. އެގޮތަށް ވިސްނުމުން ކޮންމެ އަހަރަކު އެތަކެއް ފައިސާއެއް ބޭކާރުވެގެންދޭ. އެކަމަކު އޭގެ ބަދަލުގައި ކުޑަކުދިންތަކެއް ނަގައިގެން އެކުދިންނަށް ތަމްރީން ދޭން ފަށައިފިއްޔާ ކުޅިވަރު ވެސް ކުރިއަރާނެ އަދި ކްލަބަށް ވެސް ފައިދާކުރާނެ. އެކަޑަމީތަކަށް ވެސް އެންމެ ރަނގަޅު ގޮތުގައި އެކަން ނުކުރެވޭ ވަސީލަތްތައް ވެސް ނެތުމުން. އެކަމަކު އަސްލު މައްސަލައަކީ އެގޮތަށް ނުވިސްނުން،" އޭނާ ބުންޏެވެ.
އެތުލީޓުން ތަމްރީން ކުރުމަށް އެހީވުމުގެ ރަމްޒީ ލިޔުން އެސްޓީއޯގެ ޗެއާމަން ނިޔާޒް (ކ) އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގުއާ ހަވާލުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޮލިމްޕިކް ކޮމިޓީއަށް 2008 ވަނަ އަހަރު އައި ބަދަލާ އެކު އެންމެ ބޮޑު އިސްކަމެއް ދިނީ ޖޫނިއާ އަދި ޔޫތު ލެވެލްގެ ކުދިންނަށް ތަމްރީން ދިނުމަށެވެ. އެގޮތުން އެންމެ ފުރަތަމަ އޮލިމްޕިކް ކޮމިޓީން ފޮނުވި ކުދިންގެ ތެރޭގައި ހިމެނުނު ސާއިދު މިހާރު ވަނީ ބައިނަލްއަގްވާމީ މެޑަލްތައް ރާއްޖެ އަށް ހޯދައިދީފަ އެވެ.
އޮލިމްޕިކް ކޮމިޓީން އަންނަނީ މިހާރު ވެސް 32 ކުއްޖަކު ރާއްޖޭން ބޭރަށް ފޮނުވަން މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ ހުނަރުވެރި ޒުވާން އެތުލީޓުން ކުރިއެރުވުމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ފަށްޓަވާފައިވާ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" ގެ ދަށުން ބައެއް ކުންފުނިތަކުން މިހާރު ވެސް ވަނީ އެފަދަ ބައެއް ކުދިންގެ ތަމްރީން ސްކޮލަޝިޕް ސްޕޮންސާކޮށްދޭން އެއްބަސްވެފަ އެވެ.
"މިއީ ލިމިޓެޑް ބަޖެޓުން މިހާރު ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު އެހީތެރިކަމެއް،" މަރުޒޫގު ވިދާޅުވި އެވެ.
ކުރިއާ ހިލާފަށް ރާއްޖެ އަށް ތަމްރީން ގިނަ ފުރުސަތުތައް މިހާރު އަންނަނީ ލިބެމުންނެވެ. އެހެންކަމުން، ވީހާ ވެސް ޅަ އުމުރުގައި ހުނަރުވެރި ކުދިން ހޯދައި އެ ކުދިންނަށް އެ ފުރުސަތުތައް ހޯދައިދެވިއްޖެ ނަމަ ކުޅިވަރުގައި އޮތީ އުޖާލާ މުސްތަގުބަލެކެވެ.
ހުސެއިން އަށް އެމެރިކާގެ ޓްރެއިނިން ފުރުސަތެއް
ރޭންކިން މުބާރާތުން ވެސް ދީމާ އާއި ޝައްފާން އެއްވަނަ
"ހީނާ ގަސްދޮށުން" ނުކުތް މާ އުންމީދީ ތަރިއެއް
ރާއްޖޭގެ ދިދަ އުފުލާނީ ހިމްނާ އާއި ވިލްދާން
ޝަވީދާއި މަރުޒޫގަށް އޮޓޯމެޓިކުން މަގާމް ކަށަވަރުވެއްޖެ
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ސަޖަން
ގުރު ދިމާވެ ފުވައްމުލައް ކުއާޓާއަށް
މާލޭގެ ދެކުޅުންތެރިއަކު ރަށްވެހިކަން ބަދަލުކުރި މައްސަލަ
އޭދަފުއްޓަކީ ރާއްޖޭގެ ބްރެޒިލްތަ؟
ކީޕަރުގެ ޓެކުލްގެ ވީޑިއޯ އަށް 12 މިލިއަން ވިއުސް