09 އޯގަސްޓް 2022
މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ދުވުންތެރިޔާ އައިޝަތު ހިމްނާ ހުސައިން އާއި ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިސްމާއީލް ވިލްދާން އަށް ދީފި އެވެ.
މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ދުވުންތެރިޔާ އައިޝަތު ހިމްނާ ހުސައިން އާއި ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިސްމާއީލް ވިލްދާން އަށް ދީފި އެވެ.
ތުރުކީގެ ކޮންޏާގައި މިހާރު ވެސް ކުރިއަދާ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާނެ އެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށް ދިއުމުގެ ކުރިން ހިމްނާ ވާދަކުރީ ކޮމަންވެލްތު ގޭމްސްގަ އެވެ. އެ ގޭމްސްގައި އެތުލެޓިކްސްއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ހިމްނާ އެވެ. އޭނާ ވަނީ 100 މީޜަރުގެ ސްޕްރިންޓްގައި ވާދަކޮށް 21 އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފަ އެވެ. ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ އިވެންޓްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 12.17 ސިކުނތުންނެވެ. މީގެ 21 އަހަރު ކުރިން ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ޝަމްހާ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.
މި އަހަރު މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެތުލެޓިކްސްގެ އެއްވަނަ އަންހެން އެތުލީޓްގެ މަގާމު ހޯދި ހިމްނާ އަތުގައި ރާއްޖޭގެ 400 މީޓަރުގެ ގައުމީ ރެކޯޑް ވެސް އެބަ އޮތެވެ. އެ އިވެންޓަށް ފަރިތަ ހިމްނާ ވަނީ 400 މީޓަރުގެ ރެކޯޑް މިހާތަނަށް ފަސް ފަހަރު މުގުރާލައިފަ އެވެ. އޭނާ އެންމެ ފަހުން އެ ރެކޯޑް މުގުރާލީ ޖޫން މަހު ބޭއްވި ގައުމީ ޓައިމް ޓްރެއަލްގައި ވާދަކޮށް 57.56 ސިކުންތުންނެވެ\
އޭރު އޭނާ ރެކޯޑް މުގުރާލީ ކުރިން ހެދި ރެކޯޑަށް އެއް އަހަރު ވެސް ނުވަނީހެވެ. މިދިޔަ އަހަރު އޯގަސްޓް މަހު ކެންޔާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 58.90 ސިކުތުންނެވެ. އޭގެ ކުރިން އޭނާ އެ ރެކޯޑް ހެދީ ހޮންކޮން ގައި 2019 ގައި ބޭއްވި އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި އޭނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ.
ދެވަނަ ފަހަރު އޭނާ ގުރާލީ ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި 2018 ގައި 59.73 ސިކުންތުން ރޭސް ނިންމައި އެންމެ ފުރަތަމަ އޭނާ ރެކޯޑް މގުރާލީ 2018 ގައި ބޭއްވި، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އޭގެ އޭރު އޭނާ ރޭސް ނިންމީ 59.76 ސިކުތުންނެވެ. އޭނާގެ ކުރިން އެ ރެކޯޑް އޮންނަނީ މިރްފަތު އަހްމަދު، އަތުގަ އެވެ. އިންޑީގެ ނިއު ދެއްލީގައި 2010 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި މިރުފަތު ރޭސް ނިންމީ 59.76 ސިކުންތުންނެވެ.
ހިމްނާ މިހާރު ވެސް ވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 400 މީޓަރުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ބާސެކްޓްބޯޅަ ޓީމަށް ވެސް ކުޅޭ ވިލްދާން ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާނީ ތްރީ އޮން ތްރީ ބާސްކެޓްބޯޅަ ޓީމުގަ އެވެ. ޓީރެކްސް ބާސްކެޓް ބޯޅަ ކްލަބަށް ވެސް ކުޅޭ ވިލްދާން ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ވެސް ވާދަ ކުރި ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ.
ކޮންޏާގެ އެތުލެޓިކްސް ވިލެޖުގައި ބޭއްވި ކުޑަ ރަސްމިއްޔާތުގައި ވިލްދާން އާއި ހިމްނާ އަށް ވެސް ދިދަ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ގޭމްސްތަކުގައި ދިދަ އުފުލުމުގެ ފުރުސަތު އަންހެން އެތުލީޓަކާ ފިރިހެން އެތުލީތަކަށް ވެސް ދޭން ޖެހެ އެވެ. ދުނިޔޭގެ އޮލިމްޕިކްގެ މައި ޖަމިއްޔާއިން އެގޮތަށް ނިންމީ 2020 ގަ އެވެ. މިދިޔަ އަހަރު ބޭއްވި އޮލިމޕިކް ގޭމްސްގައި ކޮންމެ ގައުމަކުން ވެސް އަންހެން އަދި ފިރިހެން އެތުލީޓަކު ދިދަ އުފުލާފައި ވެއެވެ.
ގާތްގާތުގައި ހިމްނާ 400 މީޓަރު ރެކޯޑް އާކޮށްފި
ހުސެއިން އަށް އެމެރިކާގެ ޓްރެއިނިން ފުރުސަތެއް
ދެއަހަރުގެ ތަމްރީނަށް ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް
މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ
200 މީޓަރުން ވެސް ސާއިދު އެއްވަނަ ހޯދައިފި
100 މީޓަރުގައި ސާއިދު އާއި ހިމްނާއަށް އެއްވަނަ
ހަ ދުވަސްތެރޭ ގައުމީ ރިލޭ ޓީމަށް ދެވަނަ ރެކޯޑް
200 މީޓަރާއެކު ސްޕްރިންޓްގެ ރެކޯޑްތައް ހިމްނާއަށް
ޒަމާންވީ 100 މީޓަރުގެ ރެކޯޑް ހިމްނާ މުގުރާލައިފި
400 މީޓަރުގެ ގައުމީ ރެކޯޑް ހިމްނާ މުގުރާލައިފި