Roadha Mihaaru
200 މީޓަރުން ވެސް ސާއިދު އެއްވަނަ ހޯދައިފި

ސާއިދު ބަލިކުރެވޭނެ ދިވެއްސަކު ނެތް 200 މީޓަރުންވެސް އެއްވަނަ

26 އޯގަސްޓް 2022

އެސޯސިއޭޝަން ކަޕުގައި މިއަދު 200 މީޓަރުގެ ރޭސް ކާމިޔާބުކޮށް، އެއްވަނަ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާ އާ ވާދަކުރެވޭނެ ދިވެއްސަކު ނެތްކަން އަނެއްކާ ވެސް އޭނާ ސާބިތު ކޮށްދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެސޯސިއޭޝަން ކަޕުގައި މިއަދު 200 މީޓަރުގެ ރޭސް ކާމިޔާބުކޮށް، އެއްވަނަ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާ އާ ވާދަކުރެވޭނެ ދިވެއްސަކު ނެތްކަން އަނެއްކާ ވެސް އޭނާ ސާބިތު ކޮށްދީފި އެވެ.

މިއަދު ވެސް 200 މީޓަރުގެ ފައިނަލުގައި ސާއިދު އާ ވާދަކުރީ އިއްޔެ 100 މީޓަރުގެ ފައިނަލުގައި ވެސް އޭނާ އާ ވާދަކުރި އިބާދުﷲ އާދަމް އެވެ.

އިއްޔެ ވެސް އަދި މިއަދު ވެސް އިބާދުﷲ ވަނީ ސާއިދު އާ ވަރަށް ކައިރިން ރޭސް ނިންމައިފަ އެވެ. މިއަދު 200 މީޓަރުގެ ފައިނަލު ސާއިދު ނިންމީ 21.74 ސިކުންތުންނެވެ. އިބާދުﷲ ރޭސް ނިންމީ 21.87 ސިކުންތުންނެވެ. އެ ދެ ދުވުންތެރިންގެ ފަހަތުން ތިންވަނަ ހޯދީ އިއްޔެ 100 މިޓަރުގައި ވެސް ތިން ވަނަ ހޯދި އިބްރާހިމް ނާހިލް ނިޒާރު އެވެ.

މިއަދު 200 މީޓަރުގައި ހިމްނާ ވާދަ ކުރަނީ: އެ ކަޓަގަރީގެ ފައިނަލުގައި ވެސް އޭނާ ވަނީ ކާމިޔާބު ހޯދާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިއަދު 200 މީޓަރުގައި ހިމްނާ ވާދަ ކުރަނީ: އެ ކަޓަގަރީގެ ފައިނަލުގައި ވެސް އޭނާ ވަނީ ކާމިޔާބު ހޯދާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަންހެނުން 200 މީޓަރުގެ ރޭހުން އައިޝަތު ހިމްނާ ހަސަން އެއްވަނަ ހޯދީ 24.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަހުނާ ރޭސް ނިންމީ 25.77 ސިކުންތުންނެވެ. ތިންވަނަ ހޯދީ އައިޝަތު ލަޔާނާ ރޭސް ނިންމީ 26.51 ސިކުންތުންނެވެ. ހަތަރުވަނަ ހޯދީ ދަ ބްލެކް މާލިން އިން ވާދަކުރި ރިފާ މުހައްމަދެވެ. މިފަހަރު ކޮމަންވެލްތު އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ ރެކޯޑް ހެދި އަންހެނުން ރިލޭ ޓީމުގައި ހިމުނު ރިފާ ރޭސް ނިންމީ 27.40 ސިކުންތުންނެވެ.

ކުޅިވަރު އެކުވެނި ސިންތެޓީކް ޓްރެކުގައި މިއަދު ކުރިއަށް ގެންދިޔަ އިވެންޓްތަކުގެ ތެރެއިން 200 މީޓަރުގެ އަންހެނުނުންގެ ހީޓް އިވެންޓްގައި ހީޓް 1 ގައި ވާދަކޮށް ހިމްނާ އެއްވަނަ ހޯދީ 28.47 ރޭސް ނިންމައިގެންނެވެ. ދެވަނަ ގައި ރޭސް ނިންމި ރިފާ ރޭސް ނިންމީ 28.63 ސިކުންތުންނެވެ. ހީޓް 2 ގައި ވާދަކޮށް އަހުނާ ނިޒާރު އެއްވަނަ ހޯދީ 28.55 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އުމުރުން 15 އަހަރުން ދަށުގެ ފިރިހެން 200 މީޓަރުން އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރު އެވެ. އޭނާ ރޭސް ނިންމީ 25.35 ސިކުންތުންނެވެ. ދެވަނަ ހޯދި ސިޒާން އަލީ ރިޒާ ރޭސް ނިންމީ 25.70 ސިކުންތުންނެވެ. ތިންވަނަ ހޯދީ 25.77 ން ރޭސް ނިންމި އަހުމަދު ނޫހް ވަލީދު އެވެ.

އެ އުމުރުފުރާގެ އަންހެން 200 މީޓަރުގެ އެއްވަނަ ހޯދީ ސ، ހިތަދޫ ސްކޫލުން ވާދަކުރި ފާތިމަތު ދަނާ އެވެ. އޭނާ ރޭސް ނިންމީ 28.96 ސިކުންތުންނެވެ. ދެވަނަ ހޯދީ އައްޑޫ އަފީފުއްދީން ސްކޫލުން ވާދަކޮށް 29.48 ސިކުންތުން ރޭސް ނިންމި އާސިޔަތު އަދުފާ އެވެ. ތިންވަނަ ހޯދި ދަ ބްލެކް މާލިންގެ އައިޝަތު ހަނާން ރޭސް ނިންމީ 29.83 ސިކުންތުންނެވެ.

މުބާރާތުގެ އެންމެ ފަހުގެ އިވެންޓްތައް މާދަމާ އޮންނާނެ އެވެ.