08 ސެޕްޓެމްބަރ 2019
ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށްޓަކައި ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަނުކުރަން ހަސަން ސާއިދު ނިންމުމުން، އެ މުބާރާތަށް އައިޝަތު ހިމްނާ ހުސެއިން ފޮނުވަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށްޓަކައި ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަނުކުރަން ހަސަން ސާއިދު ނިންމުމުން، އެ މުބާރާތަށް އައިޝަތު ހިމްނާ ހުސެއިން ފޮނުވަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ސާއިދު ބުނީ އޭނާގެ ހުރިހާ ވެސް ފޯކަސްއެއް މިވަގުތު ހުރީ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން މެޑަލް ހޯދުމަށް ކަމަށާއި މި މަހު 27 ގައި ގަތަރުގައި ވޯލްޑް ޗެމްޕިއަންޝިޕަށް ދާ ނަމަ ދެ ހަފުތާގެ ޓްރެއިނިން ގެއްލި، ޓްރެއިނިން ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވެސް ވިދާޅުވީ ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ލިބުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންވެ ވޯލްޑް ޗެމްޕިއަންޝިޕަށް ނުދާން ސާއިދު ނިންމި ނިންމުން ބަލައިގަންނަ ކަމަށެވެ.
"ސާއިދާއި އޭނާގެ ކޯޗު އެގޮތަށް ނިންމުމުން އަޅުގަނޑުމެން އެސޯސިއޭޝަނުގެ އެކްސްކޯގައި މަޝްވަރާކުރިން އަދި ޓެކްނިކަލް އެޑްވައިޒަރީ ޕެނަލުގެ ލަފާ ވެސް ހޯދިން. އެއަށް ފަހު އަޅުގަނޑުމެން ނިންމީ ސާއިދުގެ ނިންމުން ރަނގަޅު ކަމަށް،" 2017 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގެ ޕްރިލިމިނަރީ ބުރު ކަޑައްތުކޮށް ދެ ވަނަ ބުރަށް ދަތުރުކުރި ދުވުންތެރިޔާއާ ބެހޭގޮތުން ތޮލާލް ވިދާޅުވި އެވެ.
ސާއިދުގެ އިންޑިވިޖުއަލް ދެ އިވެންޓުގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން މެޑަލް ލިބުމުގެ ފުރުސަތު އޮތުމުން އެ ޓީމަށް ވެސް ސާއިދުގެ މުހިއްމުކަން ބޮޑެވެ. އޭނާ އާއި ސަރީސް އަހުމަދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އަދި ނުޖޫމް ހަސަންގެ ޓީމުން ވަނީ ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ލޯ މެޑަލް ހޯދައިފަ އެވެ.
ސާއިދު ވަނީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި 2016 ވަނަ އަހަރު 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ކުރީ އަހަރު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އެކަމަކު މިދިޔަ މަހު އޮތް މި އަހަރުގެ އައިއޯއައިޖީން އޭނާ 200 މީޓަރުން ލޯ މެޑަލް ހޯދި ނަމަވެސް 100 މީޓަރު ދުވުމުން ލިބުނީ ހަތަރު ވަނަ އެވެ.
ސާއިދުގެ ބަދަލުގައި ހިމްނާ އަށް ފުރުސަތު ދިނީ އޭނާ އަކީ އިއްޔެ ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ ނަތީޖާއަށް ބަލާއިރު ރޭންކިންގެ ދެ ވަނަ ދުވުންތެރިޔާ އަށް ވާތީވެ އެވެ. އުމުރުން 17 އަހަރުގެ ހިމްނާ ވަނީ ދާދި ފަހުން އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ތިން ވަނަ ފަހަރަށް އާކޮށްފަ އެވެ. އަދި މި ފަހަރުގެ ގައުމީ މުބާރާތުގައި 400 މީޓަރު، 200 މީޓަރު އަދި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އެވެ.
މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ
200 މީޓަރުން ވެސް ސާއިދު އެއްވަނަ ހޯދައިފި
100 މީޓަރުގައި ސާއިދު އާއި ހިމްނާއަށް އެއްވަނަ
ގްރޯން ޕްރީގައި ވެސް ޑޮމިނޭޓްކުރީ ސާއިދު އާއި ހިމްނާ
ސާއިދާއި ހިމްނާ އަށް ކާމިޔާބު ދުވަހެއް
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
ގައުމީ މުބާރާތުގެ އެއްވަނަ ސާއިދާއި އައިނީ އަށް
ގާތްގާތުގައި ހިމްނާ 400 މީޓަރު ރެކޯޑް އާކޮށްފި
އިންޑިއާގެ ފަހު މުބާރާތުން ވެސް ސާއިދު މެޑަލް ހޯދައިފި
ގްރޯންޕްރީ 3 ގައި ސާއިދާއި ޒިވާ މެޑަލް ހޯދައިފި